ކޮމަންވެލްތުގެ ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ކުޅޭނީ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ

Mar 13, 2022, 2:10 PM
މިދިޔަ މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އެޑަމް މެޗަކަށް ތައްޔާރުވުމުގެ ތެރެއިން ވޯމްއަޕްކުރަނީ.-- ފޮޓޯ: އަދަދު

މިދިޔަ މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އެޑަމް މެޗަކަށް ތައްޔާރުވުމުގެ ތެރެއިން ވޯމްއަޕްކުރަނީ.-- ފޮޓޯ: އަދަދު

ސްރީ ލަންކާގައި މި މަހު ކުރިއަށްދާ ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭގެ ފަރާތުން ވާދަކުރާނެ ޕެއާ އަކަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ހަމަޖައްސައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި މި މަހު 18-19 ގައި ލަންކާގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އެވެ. އެ ގޮތަށް ނިންމީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ އެވެ.

މިއީ އެޑަމް އާއި ކުޑަކާއްޓެ، ޕެއާއެއްގެ ގޮތުގައި ކުރިމަތިލާނެ ދެ ވަނަ މެޗުތަކެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓަރަލް ޒޯންގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ޕެއާއެއްގެ ގޮތުގައި އެޑަމް އާއި ކުޑަކާއްޓެގެ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ފުރަތަމަ މެޗުން ވަނީ ލަންކާގެ ޕެއާއެއް އަތުން މޮޅުވެފަ އެވެ. އޭގެ ފަހުން ލަންކާގެ އެއް ވަނަ ޕެއާ އާއި ޕާކިސްތާންގެ ޕެއާ އަކާއި އީރާންގެ ޕެއާއެއް އަތުން ވަނީ ބަލިވެފަ އެވެ.

ކޮމަންވެލްތު ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ޓްރެއިނިންއެއްގެ ގޮތުން ގައުމީ ބީޗްވޮލީބޯޅަ ޓީމު ވަނީ ގަތަރުގައި ކޭމްޕްކޮށްފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕްގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ އިތުރުން ގައުމީ ކޯޗު ވިނީޝިއުސްއާ އެކު ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އަންނަނީ ޓްރެއިނިން ހަދަމުންނެވެ. ބީޗްވޮލީބޯޅަ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ހަރަކާތްތެރިވަމުން އަންނަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ކޮމަންވެލްތު ކޮލިފައިންގައި ރާއްޖޭގެ އެއް ޕެއާއެއް ނުކުންނަން ޖެހޭނީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށެވެ. އެ ތަނުން މުބާރާތަށް ކޮލިފައިވާނީ އެއް ޕެއާ އެވެ. ވަރުގަދަ މެޗުތައް ކުޅޭ ވަރަކަށް ގައުމީ ބީޗްވޮލީ ޓީމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ގައުމީ ކޯޗު ވިނީޝިއުސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox