ޕީއެސްޖީގެ ސަޕޯޓަރުން އެ ޓީމުގެ ކުޅުންތެރިންނާއި ރައީސާ ދެކޮޅަށް ޝުއޫރުފާޅުކުރަނީ

Mar 13, 2022, 3:07 PM
ޕީއެސްޖީގެ ވެރިންނާއި އޮފިޝަލުންނާ ދެކޮޅަށް ސަޕޯޓަރުން ޝުއޫރުފާޅުކުރަނީ.

ޕީއެސްޖީގެ ވެރިންނާއި އޮފިޝަލުންނާ ދެކޮޅަށް ސަޕޯޓަރުން ޝުއޫރުފާޅުކުރަނީ.

ޕެރިސް (މާޗު 13) - ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމާ އެކު، އެ ކްލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ، މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް އެ ކްލަބުގެ އަލްޓްރާ ސަޕޯޓަރުންގެ ގުރޫޕުން ގޮވާލާފައިވަނިކޮށް، ފްރެންޗް ލީގުގައި މިއަދު ބޯޑޯ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ގިނަ ކުޅުންތެރިންނާ ދެކޮޅަށް ސަޕޯޓަރުން ޝުއޫރުފާޅުކޮށްފި އެވެ.

ބޯޑޯ އަތުން މިއަދު ޕީއެސްޖީ މޮޅުވި މެޗުގައި ގޯލުތައް ޖެހީ ކީލިއަން އެމްބާޕޭ އާއި ނޭމާ އަދި ލެއަންޑްރޯ ޕަރޭޑޭސް އެވެ. މި މެޗުގައި ޕީއެސްޖީގެ ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ލިއޮނަލް މެސީ ފައިގައި ބޯޅަ ޖެހުމާ އެކު ސަޕޯޓަރުން ވަނީ ނުރުހުމުގެ ގޮތުން އަޑުގަދަކޮށްފަ އެވެ.

މިއަދުގެ މެޗުގެ ކުރިން ޕީއެސްޖީގެ އެކި ސަޕޯޓަރުންގެ ގުރޫޕް ތަމްސީލްކުރާ ކޮލެޓްޓިފް އަލްޓްރާސް ޕެރިސް (ސީޔޫޕީ) އިން ސޯޝަލް މީޑިއާގަައި ބުނެފައިވަނީ "މެނޭޖްމަންޓުން އިސްތިއުފާ ދޭންޖެހޭ،" މިހެންނެވެ. "މި ކްލަބުގެ އެންމެ މަތީ ހަރުފަތަށް ގެންގޮސްދިނުމުގައި ނާސިރު އަލް ހެއްލާފީ ހިއްސާ ބޮޑުކަން ގަބޫލްކުރަން. މިއީ ޒާތީ ކަމެއް ނޫން. އެކަމަކު އޭނާ އަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ފެންވަރުގެ މީހެއް ނޫން."

ޕީއެސްޖީން މިހާތަނަށް ހޯދި ނުވަ ލީގު ޗެމްޕިއަންޝިޕްގެ ތެރެއިން ހަތް ޗެމްޕިއަންޝިޕް ހޯދީ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް ގުރޫޕުން އެ ކްލަބާ ހަވާލުވި ފަހުންނެވެ. އެކަމަކު ޗެމްޕިއަންސް ލީގު ހޯދުމަށް އެ ކްލަބުން ދެކެމުންދާ ހުވަފެންތައް އަދި ހަގީގަތަކަށް ނުވެ އެވެ.

ގަތަރަށް ނިސްބަތްވާ އަލް ހަލީފާ އަކީ ޕީއެސްޖީގެ ރައީސްގެ އިތުރުން، ބެއިން މީޑިއާ ގުރޫޕާއި ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓްގެ ޗެއާމަނެވެ. "ކްލަބުގެ މެނޭޖްމަންޓް އެންމެ މަތީ ފަންތިން ފެށިގެން، ބަދަލެއް އެބަ ބޭނުންވޭ،" ސީޔޫޕީން ބުންޏެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުން ޕީއެސްޖީ ކެޓީ މިދިޔަ ހަފުތާ ކުޅުނު ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އަތުން 3-1 އިން ރަށުން ބޭރުގައި ބަލިވުމުންނެވެ.

އެ މެޗުގެ ރެފްރީގެ ބައެއް ނިންމުންތަކާ ހިތްހަމަނުޖެހިގެން، ހެއްލާފީ ވަނީ މެޗަށް ފަހު ރެފްރީޒް ރޫމަށް ވަންނަން މަސައްކަތްކޮށް، އެސިސްޓަންޓް ރެފްރީގެ ބައެއް ސާމާނުތަކަށް ގެއްލުން ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox