މަތިވެރީގައި ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް

Mar 13, 2022, 7:22 AM
މަތިވެރީގައި ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް

ސަރުކާރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރަން ކުރާ މަސައްކަތުގެ ތެރެއިން ރަށްރަށުގައި ގާއިމްކުރާ ވޮލީކޯޓުތަކުގެ ތެރެއިން އއ. މަތިވެރީގައި އެޅި ވޮލީ ކޯޓު ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.

އިއްޔެ ހަވީރު މަތިވެރި ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ..

މި އިވެންޓްގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރެވޭ މަސައްކަތުގައި ރަށްރަށުގައި ރަނގަޅު ފެންވަރުގެ ގިނަ ވޮލީ ކޯޓުތަކެއް އެޅުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެ ގޮތުން މިހާތަނަށް ވެސް ބައެއް ރަށްރަށުގައި ވޮލީ ކޯޓުތައް އަޅާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު 50 ރަށެއްގައި ވޮލީ ކޯޓުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވީ، ސަރުކާރުން ވޮލީބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ގާއިމްކުރާ ވޮލީ ކޯޓުތަކުގައި ވީއޭއެމްގެ ހަރަކާތްތައް ކުރިއަށް ގެންގޮސް މުޅި ކުޅިވަރު ކުރިއަރުވަން ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އަތޮޅުތަކަށް ހާއްސަ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ކުރިއަށް އޮތްތަނުގައި އެ މުބާރާތުގެ މެޗުތައް ރަނގަޅު ފެންވަރުގެ ވޮލީ ކޯޓުތަކުގައި ކުޅެވޭ ގޮތްވުމަކީ އެ މުބާރާތުގެ ފެންވަރު ރަނގަޅުވުމަށް ފަހިވާނެ ފުރުސަތެއް ކަމަށް މީގެ ކުރިން ވީއޭއެމްގެ ރައީސް ރަނޭޝް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

މަތިވެރި ވޮލީ ކޯޓު ހުޅުވުމަށްފަހު ވަނީ ގައުމީ ސީނިއާ އަންހެން ވޮލީބޯޅަ ޓީމާއި މަތިވެރި ޓީމުގެ މެޗެއް ކުޅެފަ އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރި ގައުމީ އަންހެން ވޮލީ ޓީމެވެ. އޭގެ އިތުުރުން ރޭ ވަނީ ވެޓަރަންސް ވޮލީބޯޅަ މެޗެއް ވެސް ކުޅެފަ އެވެ. މި މެޗުގައި މިނިސްޓަރު މަހުލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ރ. ކިނޮޅަހާއި އދ. ދިއްދޫގައި އައުޓް ޑޯ ވޮލީ ކޯޓް އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox