މިލާނަށް ފަސް ޕޮއިންޓުގެ ލީޑެއް، ޔުވެންޓަސްގެ ފޯމު ކުރިއަށް

Mar 13, 2022, 2:58 AM
ެއެމްޕޮލީ ދެ ކުޅުންތެރިން ކައިރިން މިލާންގެ ބްރަހިމް (ކ) ބޯޅަ ހިފައިގެން.-

ެއެމްޕޮލީ ދެ ކުޅުންތެރިން ކައިރިން މިލާންގެ ބްރަހިމް (ކ) ބޯޅަ ހިފައިގެން.-

މިލާން (މާޗް 13) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ 1-0 އިން ބަލިކޮށް އޭސީ މިލާނުން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ސަމްޑޯރިއާ އަތުން 3-1 އިން މޮޅުވެ، ޔުވެންޓަސް އިން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ރޭގެ ނަތީޖާއާ އެކު މިލާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މިލާނަށް 29 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އަށް 27 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 28 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުވެންޓަސްގެ އޮތީ 29 މެޗުން 56 ޕޮއިންޓެވެ.

މިލާނުގެ މެޗު ފަށައިގެން މާގިނައިރެއް ނުވެ، އެ ޓީމުގެ އަލެސަންދްރޯ ފްލޮރެންޒީ ޖެހި ބޯޅައެއް އެމްޕޮލީގެ ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފަ އެެވެ. މިލާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 19 ވަނަ މިނިޓްގަ އެވެ. އޮލީވިއޭ ޖިރޫޑް ޖެހި ހިލޭޖެހުމެއް އެމްޕޮލީގެ ދިފާއީ ފާރުގައި ޖެހިފައި އައިވަގުުތު މިލާނުގެ ޕިއޭރޭ ކަލޫލޫ ހަމަޖެހިލާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ލީޑުފުޅާކުރަން މިލާނުން ކުރި މަސައްކަތުގައި ޖިރޫޑް ފޮނުވާލި ބޯޅައެއް ކީޕަރު ވިކާރިއޯ މަތަކުރިއިރު، ޖޫނިއާ މެސިއަސް ފޮނުވާލި ބޯޅަ ވެސް ހުއްޓުވީ ވިކާރިއޯ އެވެ. އެމްޕޮލީން ގޯލެއް ޖެހޭތޯ ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާގައި، ސެބަސްޓިއާނޯ ލުޕެރްޓޯ ބޮލުން ޖެހި ބޯޅަ މިލާން ކީޕަރު މައިކް މައިންޔޯން ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ އޭނާގެ ޓީމު އެއް ވަނައިގައި އޮތް ކަމުގައި ވިޔަސް އަސްލު މަންޒަރެއް ފެންނަން އޮތީ ފަހަތުގައި އޮތް ޓީމުތައް މެޗުތައް ހަމަވުމުންނެވެ.

ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސަމްޑޯރިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ލީޑުނެގީ 23 ވަނަ މިނިޓްގައި ސަމްޑޯރިއާގެ މާޔާ ޔޮޝީޑާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ހުއާން ކުއަޑްރާޑޯ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޔޮޝީޑާ ފައިގައި ޖެހި ބޯޅަ ވަނީ ބައިކޮޅަށެވެ.

ޔުވެންޓަސް އިން ލީޑުފުޅާކުރީ މެޗުގެ 34 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. މިއީ ޔުވެންޓަސްގެ މޮއިސް ކީން އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ސަމްޑޯރިއާގެ ކަންޑްރޭވާ ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 84 ވަނަ މިނިޓްގައި ސަމްޑޯރިއާގެ އަބްދުލްހަމީދު ސަބީރީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ވަނީ ގޯލަށް ވަދެފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން މެނުއަލް ލޮކަޓެއްލީ ނެގި ހުރަހަކުން މޮރާޓާ ބޮލުން ގޯލެއް ޖަހައި ޔުވެންޓަސް އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް ވަނީ އިޓާލިއަން ލީގުގައި ބަލިނުވެ، 15 މެޗު ހަމަކޮށްފަ އެވެ. މިއީ މި ވަގުތަށް މި ސީޒަނުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ވެސް ބަލިނުވެ، ޓީމެއްގެ އޮތް އެންމެ ރަނގަޅު ރެކޯޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox