ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑް އެނބުރި ހަތަރަކަށް

Mar 12, 2022, 7:31 PM
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މާޗް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން 3-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ހަތަރު ވަނަ އަށް އެރީ 29 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް އާސެނަލް އޮތީ ޔުނައިޓެޑަށް ވުރެ ހަތަރު މެޗު މަދުން ކުޅެގެން، 25 މެޗުން 48 ޕޮއިންޓާ އެކު އެވެ. އާސެނަލުން މާދަމާރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ ބަލިކޮށް އަލުން ލީގުގެ ހަތަރު ވަނަ އަށް އެރޭނެ އެވެ.

މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ރޮނާލްޑޯ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެކަމަކު، މިރޭގެ މެޗުގެ ފުރަތަަަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅުނެވެ. މެޗަށް ނުކުތްއިރު، ޔުނައިޓެޑަށް އޮތް ކަންބޮޑުވުމަކީ ބަލިވެ އުޅޭތީ ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސަށް މި މެޗުގައި ނުކުޅެވުނެވެ. އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް ރޮނާލްޑޯ، 37، ދެއްކި ތަފާތުން ޔުނައިޓެޑް މި ވަނީ ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފަ އެވެ.

Advertisement

މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ ޓޮޓެންހަމްގެ އެރިކް ޑަޔާ އަތުގައި ބޯޅަ ޖެހުމާ އެކު ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ ޖޯން މޮސް ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑް ލީޑުނެގީ އޭރިއާބޭރުން ރޮނާލްޑޯ ޖެހި މޮޅު ގޯލުންނެވެ. ރޮނާލްޑޯ ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް އަތްމަތިން ގޮހެވެ.

ފުލުފުލުގައި ޓޮޓެންހަމުން ކުރަމުންދިޔަ އެޓޭކްތަކުގެ ބޭނުންހިފައި އެ ޓީމުން އެއްވަރުުކުރީ މެޗުގެ 35 ވަނަ މިނިޓްގައި ޖެހި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ކޭން އެވެ. މިއީ ޓޮޓެންހަމްގެ ޑޭޖާން ކުސުލެވްސްކީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ވާތުބެކް އަލެކްސް ޓެލޭސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހައި، ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. މިއީ ޓޮޓެންހަމްގެ ޑިފެންސް ލައިންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޖޭޑަން ސަންޗޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި ރޮނާލްޑޯ ޖެހި 806 ވަނަ ގޯލެވެ. މިއާ އެކު ރޮނާލްޑޯ ވެފައިވަނީ ފީފާގެ ރެކޯޑްތަކަށް ބަލާއިރު، ފުޓްބޯޅައިގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ޓޮޓެންހަމް އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މިއީ ޓޮޓެންހަމްގެ ސާޖް ރެގީއޯން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައި، ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ކްލަބް ކެރިއަރުގައި ހެދި 59 ވަނަ ހެޓްރިކް ފުރިހަަމަ ކުރި ގޯލު ރޮނާލްޑޯ ކާމިޔާބުކުރީ އަލެކްސް ޓެލޭސް ނެގި ކޯނަރަކުން ބޮލުން ގޯލު ޖަހައިގެންނެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ރޮނާލްޑޯ ޔުނައިޓެޑް ޖޯޒީގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox