ސައުދީ އަރަބިއްޔާގައި އެއް ދުވަސް ތެރޭ 81 މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

މަރުގެ ހުކުމް ތަންފީޒު ކުރާތީ އެހެން ގައުމުތަކުގައި އުޅޭ ސައުދީ މީހުން މީގެ ކުރިން މުޒާހަރާކޮށްފައިވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

މަރުގެ ހުކުމް ތަންފީޒު ކުރާތީ އެހެން ގައުމުތަކުގައި އުޅޭ ސައުދީ މީހުން މީގެ ކުރިން މުޒާހަރާކޮށްފައިވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސައުދީ އަރަބިއްޔާގައި ހޮނިހިރު ދުވަހު އެކަނި 81 މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެއީ ފާއިތުވި އަހަރުގެ ތެރޭގައި އެ ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރި ޖުމްލަ އަދަދަށް ވުރެ ވެސް ގިނަ އެވެ. އެ މީހުންގެ ތެރޭގައި ޔަމަނުގެ ހަތް މީހުންނާއި ސީރިއާގެ ރައްޔިތަކު ހިމެނެ އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ ޓެރަރިޒަމް ފަދަ "ގިނަ ނުބައި ކުށްތަކެއް" އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)، އަލް ގައިދާ އަދި ހޫތީންނަށް ނިސްބަތްވާ މީހުން ކަމަށް ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ތުހުމަތު ކުރާ ގޮތުގައި ތުހުމަތު ކުރެވޭ ގިނަ މީހުންނަށް ސައުދީ އަރަބިއްޔާގައި އިންސާފުވެރި ޝަރީއަތެއް ނުލިބެ އެވެ. ނަމަވެސް އެ ގައުމުން އެކަން ދޮގުކުރެ އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ މިއަދު ހުކުމް ތަންފީޒު ކުރި އެންމެންނާ މެދު ނިޔާ ކަނޑައެޅުމުގައި 13 ފަނޑިޔާރުން ބައިވެރިވި ކަމަށާއި އެ މީހުންނަށް ހުކުމް ތަންފީޒު ކުރުމާ ހަމައަށް ދިޔައީ ކޯޓުގެ ތިން މަރުހަލާ ވެސް ނިންމުމަށް ފަހު ކަމަށެވެ.

ދުނިޔޭގައި ފަސް ވަނައަށް އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒު ކުރަނީ ސައުދީ އަރަބިއްޔާގަ އެވެ. މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި 69 މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރި އެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ޗައިނާ، އިރާން، މިސްރު އަދި އިރާގެވެ. ސައުދީ އަރަބިއްޔާއަށް ފަހު ދެން އެ ލިސްޓުގައި ހިމެނެނީ އެމެރިކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox