ހައިކޯޓު ދެކުނު ގޮފީގެ މައްސަލަތައް ބަލަން ފަނޑިޔާރުން ފޮނުވައިފި

ހައިކޯޓު ދެކުނު ގޮފީގެ މައްސަލަތައް ބަލަން ފަނޑިޔާރުން ފޮނުވައިފި

އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމުގެ ބިލެއް މަޖިލީހަށް ވައްދާފައި ވަނިކޮށް، އައްޑޫގައި ގާއިމްކޮށްފައިވާ ދެކުނު ގޮއްޕަށް ހުށަހެޅިފައިވާ މައްސަލަތައް ބަލަން ތިން ފަނޑިޔާރެއް އެ ކޯޓުން ފޮނުވައިފި އެވެ.

މިހާރު މި ދެ ގޮފި ހިންގަނީ އެކި ދުވަސްވަރު ފަނޑިޔާރުންގެ ވަފުދުތައް އެ ދެ ގޮއްޕަށް ޒިޔާރަތް ކުރައްވައިގެންނެވެ. އެތަނުގައި ދާއިމަށް ފަނޑިޔާރުން ނުތިއްބަވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ތިން ފަނޑިޔާރެއް ދެކުނު ގޮފީގައި ހުރި މައްސަލަތައް ބެލުމަށްޓަކައި އައްޑޫއަށް ވަޑައިގަތެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްފަހު، އެ ފަނޑިޔާރުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ކުރާ މި ދަތުރުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

އެ ތިން ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުމާ އެކު، މިހާރު އެ ކޯޓުގައިވާ މައްސަލަތައް ކުރިއަށް ގެންދިއުމަށްޓަކައި ޝަރީއަތުގެ އަޑުއެހުންތައް ވެސް ވަނީ ތާވަލްކޮށްފަ އެވެ.

މިދިޔަ ސަރުކާރުގައި ހައިކޯޓުގެ ގޮފިތައް ތައާރަފްކުރުމަށްފަހު، އުތުރުގޮފި ހދ. ކުޅުދުއްފުށީގައި ގާއިމްކުރި އެވެ. އުތުރު ގޮފީން ބައްލަވަމުން ގެންދާނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމަވާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ނަމަވެސް، ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސް އާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ އެ ގޮފިތައް އުވާލުމަށް ނިންމާ، އެ އިސްލާހު ކޯޓުތަކާއި ބެހޭ ގާނޫނަށް ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox