ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން އަށް ތައްޔާރުވާން ގައުމީ ބީޗްވޮލީބޯޅަ ޓީމު ގަތަރުގެ ކޭމްޕަކަށް

Mar 11, 2022, 3:52 AM
ގައުމީ ބީޗްވޮލީބޯޅަ ޓީމު ގަތަރު ކޭމްޕަށް ފުރުމުގެ ކުރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- (.ކ.ވ) - ކޯޗު ވިނީޝިއުސް، އެޑަމް، ކުޑަކާއްޓެ، ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް، ޑެންޒޯ، ކޯކޭ އަދި މަންކޭ.

ގައުމީ ބީޗްވޮލީބޯޅަ ޓީމު ގަތަރު ކޭމްޕަށް ފުރުމުގެ ކުރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- (.ކ.ވ) - ކޯޗު ވިނީޝިއުސް، އެޑަމް، ކުޑަކާއްޓެ، ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް، ޑެންޒޯ، ކޯކޭ އަދި މަންކޭ.

މި އަހަރު ޖުލައި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިވުމަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ބީޗްވޮލީބޯޅަ ޓީމު ގަތަރުގައި ކޭމްޕްކޮށްފި އެވެ.

އިއްޔެ ގަތަރުގެ ކޭމްޕަށް ދިޔައީ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އެވެ. އަދި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ވިނީޝިއުސް މާޓީން އާއި އެސިސްޓަންޓް ކޯޗު ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އިއްޔެ، ގަތަރަށް ގޮސް ފުރަތަމަ ޓްރެއިނިންތައް ވަނީ ބާއްވައިފަ އެވެ.

ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން މެޗުތައް އޮންނާނީ ސްރީ ލަންކާގެ ނިގަމްބޯގައި މި މަހު 18، 19 ގަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕް ނިންމާފައި، ގައުމީ ބީޗްވޮލީބޯޅަ ޓީމު ލަންކާ އަށް ދާނީ ގަތަރު މަގުން މި މަހު 15 ވަނަ ދުވަހު އެވެ. ގައުމީ ބީޗްވޮލީބޯޅަ ޓީމުން ވަނީ މިދިޔަ މަހު ނިގަމްބޯގައި ބޭއްވި ސެންޓްރަލް ޒޯން ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ތެރެއިން ކޮމަންވެލްތު ކޮލިފައިންގައި ކުޅޭނެ ޕެއާއެއް ކޯޗު ވިނީޝިއުސް އިއުލާނުކުރާނެ އެވެ. ކޮލިފައިންގައި ރާއްޖޭގެ އެއް ޕެއާއެއް ނުކުންނަން ޖެހޭނީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށެވެ. އެ ތަނުން މުބާރާތަށް ކޮލިފައިވާނީ އެއް ޕެއާ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ، އެންމެ ފަހުން ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ދެއްކި ކުޅުމަށް ބަލާއިރު، ކޮމަންވެލްތު ގޭމްސް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox