އެއް ފައި ނެތް އަންހެނަކު 100 ދުވަހުން 100 މެރެތަން ނިންމަން ދުވަނީ

Mar 11, 2022, 3:09 AM
އެއް ފައި ނެތް އަންހެނަކު 100 ދުވަހުން 100 މެރެތަން ނިންމަން ދުވަނީ

އެމެރިކާ އަށް އުފަން 46 އަހަރުގެ ޖެކީ ހަންޓް-ބްރޮއެސްމާ އަކީ އާދަޔާ ހިލާފު މެރެތަން ދުވުންތެރިއެކެވެ. އުމުރުން 26 އަހަރުގައި ވާތު ފައިގައި އުފެދުނު ލަމްޕެއްގެ ސަބަބުން ކެންސަރު ޖެހި، އެކަމުން ސަލާމަތްވުމަށް، ފައި، ކަކޫހުޅުން ބުރިކޮށްލި ފަހުން ދުވުމުގެ ޝައުގުވެރިކަން އުފެދުނު ޖެކީ އަކީ މިހާރު އެތައް ބަޔަކަށް އިންސްޕިރޭޝަނެކެވެ.

މީގެ ހަ އަހަރު ކުރިން، 2016 ގައި ދުވަން ފެށި ޖެކީ އަކީ ޕްރޮސްތެޓިކް ފަޔަކާ އެކު ޓްރެޑްމިލް އެއްގައި 100 ކިލޯމީޓަރަށް ދުވި ފުރަތަމަ މީހާ އެވެ. އެ ޗެލެންޖް ފުރިހަމަކުރުމަށް، ޓްރެޑްމިލްގައި 23 ގަޑި އިރާއި 38 މިނިޓު ނުހުއްޓައި ޖެކީ ދުވި އެވެ. އެއީ އޭނާގެ ފުރަތަމަ ދުނިޔޭގެ ރިކޯޑެވެ.

ދެވަނަ ފަހަރަށް އެއަށްވުރެ ބޮޑު ރިކޯޑެއް މުގުރާލީ، 2020 ވަނަ އަހަރު އެމެރިކާގެ ކޮލޮރާޑޯގެ ފަރުބަދަމަތީ ރޭހެއް ފުރިހަމަ ކޮށްގެންނެވެ. އެއް ފައި ގައި އެ ރޭސް މިހާތަނަށް ފުރިހަމަ ކުރި ހަމަ އެކަނި އެކަކީ ވެސް އޭނާ އެވެ.

Advertisement

އަނެއްކާ ވެސް ޖެކީ ގެ އާ ޗެލެންޖެކެވެ. މިފަހަރު އޭނާގެ އަޒުމަކީ 100 ދުވަސް ވަންދެން ކޮންމެ ދުވަހަކު މެރެތަން އެއް ފުރިހަމަ ކުރުމެވެ. ބޭނުމަކީ ކަސްރަތާއި ސްޕޯޓްސް ގައި އުޅުމަށް އެކަށޭނަ ގޮތަށް ހަދާފައިވާ އޭނާގެ ދަނގަނޑު ފައި ކަހަލަ ފައި ބޭނުންވާ އެހެން މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ފަންޑް ހޯދުމެވެ.

އެތްލެޓިކް ޕްރޮސްތެޓިކް ފައެއްގެ އަގަކީ ދިހަ ހާހާއި ވިހި ހާހާއި ދެމެދު އަދަދެއްގެ ޑޮލަރެވެ. އެމެރިކާގެ އިންޝުރެންސް ކުންފުނިތަކުން މިފަދަ ހަރަދު ކަވާ އެއް ނުކުރެ އެވެ. އެހެންވެ، ޖެކީ މިފަހަރު ދުވަނީ އޭނާ ފަދަ އެތައް ބަޔަކަށް އެހީތެރިވުމުގެ މަގުސަދުގައި ކަމަށް އިންސްޓަގްރާމް ޕޯސްޓެއްގައި ޖެކީ ބުނެފައިވެ އެވެ.

ސަތޭކަ ދުވަހުން ސަތޭކަ ކިލޯމީޓަރަށް ދުވުމަށް މިހާރު ފަށާފައިވާ ޗެލެންޖު ކާމިޔާބުކުރެވިއްޖެނަމަ ޖެކީ ވެގެންދާނީ މިހާތަނަށް ނުހުއްޓައި މެރެތަން ޖެހި ދުނިޔޭގެ ފުރަތަމަ އަންހެން ދުވުންތެރިޔާ އަށެވެ.

މިހާރު އެ ރިކޯޑު އޮތީ، 95 ދުވަހުން 95 މެރެތަން ހަމަ ކުރި އަންހެނެއްގެ އަތުގަ އެވެ.

ޖެކީ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، އިންސްޕަޔާވީ ނުވަދިހަ ފަސް ދުވަހުން ނުވަދިހަ ފަސް މެރެތަން ޖަހާފައިވާ އެ ޗެލެންޖުން ކަމަށެވެ. އަދި އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޭނާ ކަނޑައަޅާފައި 100 ދުވަހުން 100 މެރެތަން އަޒުމް އޭނާ އަށް ފުރިހަމަ ކުރެވިދާނެ އެވެ.

"އަހަރެން ހައިރާންވޭ އިންސާނާގެ ހަށިގަނޑު ކަންކަމަށް އާދަވާ ހަލުވިކަމާ މެދު. ޖެހި ޖެހިގެން ކޮންމެ ދުވަހަކު މެރެތަން ޖަހަން ފެއްޓި އިރު ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއްވި. އެކަމަކު އޭގެ ފަހުން އަހަރެން މި ދުވާ ޑިސްޓެންސަށް ހަށިގަނޑު އާދަ ވެއްޖެ. ބަނޑުހައިވުމާއި، ނިދުމާއި، ގައިގެ މަސްތައް މި ދުވާ ޑިސްޓެންސް އަށް މިހާރު އެޑެޕްޓް ވެއްޖެ. އަހަރެން ބުނާނީ މިފަދަ ޗެލެންޖެއް ކުރާ ނަމަ ހަށިގަނޑު ދޭ އިޝާރާތްތައް ބަލާށޭ، އަޑު އަހާށޭ އަނިޔާ އިން ރައްޚާތެރިވުމަށް،" ޖެކީގެ ޕޯސްޓު ގައި ލިޔެފައިވެ އެވެ.

މިއަދާ ހަމައަށް ޖެކީ ވަނީ އޭޏާގެ މި ޗެލެންޖެއްގައި 24 މެރެތަން ފުރިހަމަ ކޮށްފަ އެވެ. ދެން ބާކީ އިންނާނީ 77 ދުވަހެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox