ރޯދަ މަހަށް "އަދަދު" ގެ ހާއްސަ މެގެޒިނެއް ނެރެ، ވީޑިއޯ ޕްރޮގްރާމްތަކެއް އުފައްދަނީ

Mar 12, 2022, 3:45 AM
އަދަދު ނޫހުން ނެރޭ ރޯދަ ޕޭޖްގެ ޕްރިވިއުއެއް: ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ވީޑިއޯ ޝޯތަކެއް ގެނެސްދިނުމަށް ވަނީ ނިންމައިފަ -- ފޮޓޯ: އަދަދު ފައިލް

އަދަދު ނޫހުން ނެރޭ ރޯދަ ޕޭޖްގެ ޕްރިވިއުއެއް: ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ވީޑިއޯ ޝޯތަކެއް ގެނެސްދިނުމަށް ވަނީ ނިންމައިފަ -- ފޮޓޯ: އަދަދު ފައިލް

ކުރިއަށް އޮތް ރޯދަ މަހަށް "އަދަދު" ނޫހުގެ މެގަޒިނެއް ނެރެ، ހާއްސަ ވީޑިއޯ ޕްރޮގްރާމްތަކެއް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ނޫހުގެ މެނޭޖްމަންޓުން މިއަދު ބުނެފި އެވެ.

ރޯދަ މަހަށް ހާއްސަ ލިޔުމާއި ފޮޓޯ އަދި އެހެނިހެން ކޮންޓެންޓު ހިމެނޭ ގޮތަށް ނެރޭ 100 ސޮފްހާގެ "ރޯދަ އަދަދު" ނެރުމަށް ހަމަޖެހިފައި އޮތީ މި ހިނގާ މާޗު މަހުގެ ތެރޭގައި ކަމަށް ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

"މިފަހަރު އަދަދުގެ ރޯދަ ކޮންޓެންޓުތައް ވަރަށް ތަފާތުވާނެ. މެގަޒިންގެ އިތުރުން އޮންލައިން ކޮންޓެންޓު ވެސް ވަރަށް ފުރިހަމަވާނެ. ތަފާތު ރަހަތަކުގެ ވީޑިއޯ ޝޯތައް ވެސް ފެނިގެންދާނެ. މެގަޒިން މާ ލަސްތަކެއް ނުވެ ނެރޭނެ. އޮންލައިންގެ ޕޭޖް ވެސް ވަރަށް އަވަހަށް ލޯންޗް ކުރާނެ،" ފިޔާޒު ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރަށްތަކަކަށް މި މެގަޒިން ދާނެ."

އަންނަ އޭޕްރީލް 2، ގައި ފެށޭ ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އިން ހަތް ވީޑިއޯ ޝޯ އުފައްދަ އެވެ. އޭގެ ތެރޭގައި، މިދިޔަ ރޯދަ މަހު މަގްބޫލުކަން ހޯދި "ކުޅިކޮށް" ޕްރޮގްރާމާއި މުޅިން އަލަށް އުފައްދާ ސިޔާސީ ޕްރޮގްރާމެއް ކަމަށްވާ "ގޮނޑި" ހިމެނޭނެ ކަމަށް ނޫހުން ބުނެ އެވެ.

އޭގެ އިތުރުން، ދީނީ ޕްރޮގްރާމަކާއި ކައްކާ ޕްރޮގްރާމެއް، ވަރަށް ހާއްސަ ދެ މެހެމާނުންނާއެކު ގެނެސްދޭނެ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

"ހުރިހާ ވީޑިއޯ ޝޯތައް ވެސް ވަރަށް ފުރިހަމަވާނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އާންމުކޮށް ރޯދަ މަހު މީޑީއާތަކުން ގެނެސްދޭ ކޮންޓެންޓަށްވުރެ ކޮލިޓީ، ކިޔުންތެރިންނާ ގުޅޭ ކޮންޓެންޓު ގެނެސްދިނުމަށް. އިރާދަކުރެއްވިޔާ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާ ކަހަލަ ކޮންޓެންޓު ހުންނާނެ،" ކުރިން "ހަވީރު" އަދި ރާއްޖެ ޓީވީ" ގައި ވެސް އިސް ރޯލެއް އަދާކުރެއްވި ފިޔާޒް ވިދާޅުވި އެވެ.

ރޯދަ މަހަށް "އަދަދު" އިން ތައްޔާރު ކުރާ އޮންލައިން ޕޭޖުގައި ރެސްޓޯރަންޓުތަކުގެ މެނޫ އާއި ރެސިޕީ ވެސް ހިމެނޭނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox