އިޖުރާއީ ގޯހަކާއި ހެދި އީރާން ޑްރަގް ބޯޓު މައްސަލަ އަނބުރާ ގެންގޮސްފި

އިޖުރާއީ ގޯހަކާއި ހެދި އީރާން ޑްރަގް ބޯޓު މައްސަލަ އަނބުރާ ގެންގޮސްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ކަމަށް ބުނާ އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ޑްރަގް ބޯޓުގެ މައްސަލައިގައި ފަސް ދިވެއްސަކާއި އީރާންގެ ހަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކުރި އެވެ. އަދި ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. ނަމަވެސް އެ އިދާރާއިން ބުނާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭގެތެރެއިން ތިން މީހެކެވެ.

އޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާއިރު، ދިވެހިންގެ ތެރެއިން ދައުލަތުން ދައުވާ އުފުލީ އެ ކުށުގެ މޭސްތިރިޔެއް ކަމަށް ތުހުމަތުވާ އަލީ އަންވަރު މުހައްމަދު، 35 ގެ މައްޗަށާއި، ބައެއް ބިދޭސީންގެ މައްޗަށެވެ.

ޕީޖީ އޮފީހުން "އަދަދު" އަށް ކިޔައިދިން ގޮތުގައި އެ މައްސަލައިގެ ދައުވާ އަނބުރާ ގެންދިޔައީ ފުލުހުންގެ ތަހުގީގުގައި ހަދާފައިވާ އިޖުރާއީ ގޯސްތަކެއްގެ ސަބަބުންނެވެ.

"އެ މައްސަލައިގެ ތަހުގީގުގައި އިޖުރާއީ ގޯސްތަކެއް ހެދާފައި ހުރީމަ ދައުވާ ކުރި ދިވެހި މީހާގެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފަ، ފުލުހަށް އަނބުރާ ފޮނުވާލާފައި [ވަނީ]" ޕަބްލިކް ޕްރޮސެކިއުޓަރ އަދި ޕީޖީ އޮފީހުގެ ތަރުޖަމާން އަހްމަދު ޝަފީއު ވިދާޅުވި އެވެ.

އަންވަރަށް ދައުވާކުރީ ހއ. ތުރާކުނު ބޭރުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޯޓު ފުލުހުންނާއި ސިފައިން ހުއްޓުވާފައި ވާތީ އެވެ. ދައުލަތުން ބުނާ ގޮތުގައި އެ ބޯޓު ހިފަހައްޓާފައި ވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުންނެވެ.

ނަމަވެސް އެ ބޯޓު އަތުލައިގަނެފައި ވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު މާނަކޮށްދީފައިވާ ސަރަހައްދީ އިމުގެ ބޭރުން ކަމަށާއި އެ ސަރަހައްދަށް ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ނުފޯރުވޭނެ ކަމަށް ދިފާއުން ކޯޓުގައި ބުނެފައި ވެއެވެ.

އީރާން ޑްރަގް ބޯޓު -- ފޮޓޯ: ފުލުސް މީޑިޔާ
އީރާން ޑްރަގް ބޯޓު -- ފޮޓޯ: ފުލުސް މީޑިޔާ

އީރާން ޑްރަގް ބޯޓު -- ފޮޓޯ: ފުލުސް މީޑިޔާ

އެ ބަހުސާއި ގުޅިގެން ކޯޓުން ނިންމާފައި ވަނީ ދައުލަތުން އެ ބޯޓު ބަލާ ފާސްކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

"...ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖިނާއީ ގާނޫނުގެ ބާރު ހިންގޭނީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން" ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ވެއެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، އެ ހާލަތުގައި ރިއާޔަތްކުރަން ޖެހޭނީ 'އދ.ގެ ކޮންވެންޝަން އޮން އިލިސިޓް ޓްރެފިކް އިން ނަރކޮޓިކް ޑްރަގްސް 1998' މުއާހަދާ އަށެވެ. އީރާނާއި ރާއްޖެއަކީވެސް އެ މުއާހަދާގެ ބައިވެރިން ކަމުގައި ވާތީ، ރާއްޖޭގެ އިމުގެ ބޭރުން ޑްރަގް ޓްރެފިކް ކުރާ ގައުމެއްގެ ބޯޓެއް ފެނިއްޖެ ނަމަ އަމަލުކުރަން ޖެހޭނެ ހާއްސަ އުސޫލެއް އެ މުއާހަދާގައި ބުނެފައިވާކަން ކޯޓުން ފާހަގަކުރި އެވެ.

އެގޮތުން މުއާހަދާގައި ބައިވެެފައިވާ ގައުމަކަށް ނިސްބަތްވާ ދިދައެއްގައި ދަތުރުކުރަމުންދާ އުޅަނދެއްގައި މަސްތުވާތަކެތި ހުރިކަމުގެ މައުލޫމާތު ލިބެއްޖެ ނަމަ، އެ އުޅަނދެއް ނިސްބަތްވާ ގައުމަކަށް އެކަން އަންގަން ޖެހެ އެވެ. އަދި އެ އުޅަނދަށް އަރައި، ބަލާފާސްކޮށް، ފިޔަވަޅުތަކެއް އެޅޭނީ އެ ބޯޓެއް ނިސްބަތްވާ ގައުމެއްގެ ހުއްދަ ލިބިގެން ކަމަށް 2000 ވަނަ އަހަރު ރާއްޖެއިން ސޮއިކޮށްފައިވާ އެ މުއާހަދާގައި ވެއެވެ.

"ފުލުހުންނާއި ސިފައިން މަސްތުވާތަކެތި ފެނުނު ބޯޓު ހިފަހައްޓާފައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކުން ނޫނެވެ." ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްދީ ފުލުހުންނާއި ސިފައިންކަން އެނގެން އޮތް ކަމަށް ކޯޓު ނިންމުމުގައި ވެއެވެ.

މީގެ އިތުރުން އެ ބޯޓުގައި އީރާންގެ ދިދަ ނަގާފައިވާ ކަމަށް ދައުލަތުން ބުނެފައިވާއިރު، އެ ބޯޓު ބަލާ ފާސްކުރުމުގެ ކުރިން އެގައުމުގެ ހުއްދަ ހޯދިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް ވިޔަސް ދައުލަތުން ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، މިދިޔަ ޖެނުއަރީ މަހު ޝަރީއަތުން ނިންމީ އެ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

"...ފުލުހުންނާއި ސިފައިން މަސްތުވާތަކެތި ހިފަހެއްޓުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށްފަހު މި މައްސަލާގައި ހިންގާނެ ޝަރީއަތެއް އޮންނާނެ ކަމަކަށް ނުދެކެމެވެ." ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ރިޔާއަތްކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަމުން ކްރިމިނަލް ކޯޓުން ނިންމެވި އެވެ.

އީރާނު ޑްރަގް ބޯޓުން އަތުލާގަތް މީހުން ހައްޔަރުކޮށްފައި ތިއްބާ -- ފޮޓޯ: އެމްއެންޑީއެފް
އީރާނު ޑްރަގް ބޯޓުން އަތުލާގަތް މީހުން ހައްޔަރުކޮށްފައި ތިއްބާ -- ފޮޓޯ: އެމްއެންޑީއެފް

އީރާނު ޑްރަގް ބޯޓުން އަތުލާގަތް މީހުން ހައްޔަރުކޮށްފައި ތިއްބާ -- ފޮޓޯ: އެމްއެންޑީއެފް

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން

އީރާނުގެ ބޯޓުގައި ތިބީ މީހުންނަކީ، ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް، 50، އާއި ސާޖިދު، 50، އާއި ނަވިދު، 30، އާއި އީސާ ސުލައިމާން، 26، އަދި އަލީ ރާޖާ، 19، އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު، 35، އާއި ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ.

މަސްތުވާތަކެތި ބަލައި ދިޔަކަމަށް ބުނާ ދޯނިން ހައްޔަރު ކުރީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް، 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް، 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު، 24، އަދި ތުހުން، 36، އެވެ. މި މީހުންގެ ތެރެއިން އިނާޝަކީ ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެހެންނަމަވެސް މި މީހުންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox