ސްޓޭޓް މިނިސްޓަރު ސޯލިހު މައްސަލާގައި މި މަހު ހުކުމް ކުރަނީ

ސްޓޭޓް މިނިސްޓަރު ސޯލިހު މައްސަލާގައި މި މަހު ހުކުމް ކުރަނީ

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގައި ހުކުމްކުރުން މި މަހުގެ 29 ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ.

ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަކި ރަށްތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކަކާ ގުޅިގެންނެވެ. ދައުލަތުން އެ ފާހަގަކުރާ ސިޓީތަކަކީ ކ. އަތޮޅުގެ ދެ ފަޅަކާއި ވ. ފޮއްތެޔޮބޮޑުފުއްޓާ ގުޅޭ ގޮތުން މިނިސްޓްރީން ދޫކޮށްފައި ހުރި ސިޓީތަކެކެވެ.

ނިމުމަކާ ގާތަށް ވާސިލްވެފައިވާ އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ދެފަރާތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ވާހަަކަދެއްކުމެވެ. މައިގަނޑު ގޮތެއްގައި މިއަދު ދައުލަތުން ފާހަގަކުރީ ދައުވާ ހުށަހެޅި ހެކިތަކުން ސާބިތުކުރަން ބޭނުންވާ ނުކުތާތަކެވެ.

"މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި، ހެކިންގެ ބަޔާނުން ވެސް ފާހަގަވި މައިގަނޑު ކަމަކީ، ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެއްވެސް ސިޓީއެއްގައި ޕްރެޒިޑެންޝަލް ކޮމިޝަން ނުވަތަ އެއްވެސް ތަހުގީގީ އިދާރައަކުން އަންގާފައިވަނިކޮށް އެއްވެސް ރަށެއްގެ ހެޑް ލީސް ޓްރާންސްފާ ނުވަތަ ޝެއާ ޓްރާންސްފާ ކުރުމުގެ ހުއްދަ ދީފައިވާކަން އެނގެން ނެތްކަން. އަދި މިނިސްޓްރީން ދޫކުރި ސިޓީއެއްގެ ސަބަބުން އެފަދަ މުއާމަލާތަކަށް މަގުފަހިވެފައި ވެސް ނެތްކަން." ޑރ. ސޯލިހްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ލެކްސަވީ ޗެމްބާސްގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވި އެވެ.

އޭނާގެ މުވައްކިލުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ 24 ކިތާބީ ހެއްކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޝަފައީ ހެކިވެރިންނެވެ.

ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި ވަކި ރަށާކާ ގުޅިގެން މަކަރާއި ހީލަތް ނުވަތަ ރިޝްވަތުގެ އަމަލުވާ ކަމަށް ޝައްކުކުރެވޭ ރަށެއް ހުއްޓުމަކަށް ގެންނަންޖެހޭނަމަ، އެކަން ކުރަން ފެންނަ މުއްދަތު އޮޅުންފިލުވުމަށް ކޮމިޝަނުގައި އެދުމަށް ރައީސް އޮފީހުގެ ސިޓީއަކުން އަންގާފައި އޮތް ނަމަވެސް، އެގޮތަށް ކޮމިޝަނުން އަންގާފައި ނުވާ ކަމެވެ.

ދިފާއުންނާއި ދައުލަތުން ބުނީ އެ މައްސަލައާ ގުޅޭ އިތުރު ވާހަކަތައް ހުލާސާ ބަޔާނުގައި ފާހަގަކުރާނެ ކަމަށެވެ. އެހެންވެ, މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހުލާސާ ބަޔާން އިއްވުމަށް މި މަހުގެ 17 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލްކޮށްފަ އެވެ. އަދި މި މަހުގެ 29 ވަނަ ދުވަހަށް ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox