ރިޔާސީ ބަޔާނުގެ ޖަވާބު: " ސަރުކާރުގެ އިތުބާރު ގެއްލި ރައްޔިތުން މާޔޫސްވެއްޖެ"

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މިއަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މިއަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރުގެ އިތުބާރު ގެއްލި, ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާދެއްވަން، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އޭގެ ސަބަބަކީ މުޅި ދައުލަތް "ކޮރަޕްޝަނުގެ ހާއްޔަކަށް" ވެފައި އޮތުމެވެ.

"ވައުދުވި ތަނަވަސްކަމެއް، ރައްޔިތުންގެ ޖީބަށް ނުވަދެ، އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން. ވުމާ އެކު، މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭ ފަަދަ، އާ ސަރުކާރެއް އެކުލަވައިލުމަށް ޓަކައި، އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ގޮވައިލަން،" ސަލީމް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ސަރުކާރަށް އޭނާ ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. އެންމެ ފުރަތަމަ ތުހުމަތަކީ އިސްލާމްދީނަށް ގޮން ޖަހާ މީހުންނަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާކަމުގެ ތުހުމަތެވެ. ސަލީމް ތުހުމަތުކުރެއްވި ގޮތުގައި އެމްޑީއެންއާއި އުތެމަ ފަދަ ޖަމިއްޔާތަކުގެ އިސް ފަރާތްތައް މިހާރުވެސް ތިބީ ސަރުކާރުގެ މަގާމުތަކުގަ އެވެ. އެއީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ސަލީމް ކުރެއްވި އަނެއް ތުހުމަތަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކުރިއަށްދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމުގެ ތުހުމަތެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލުކުރުމަކީ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވުން ކަމަށް ސިފަކުރައްވައި ސަލީމް ވިދާޅުވީ ޖާމީން ޖަލަށް ލެވޭނެ އިތުރު ގޮތްތަކެއް ހޯދަން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.

"ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ ޝަރީއަތުގެ ތާވަލް ބަދަލުކުރުމަކީ ބިރުދެއްކުން،" ސަލީމް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއާ ގުޅުވައި ސަރުކާރަށް ސަލީމް ފާޑުވިދާޅުވި އަނެއް ކަަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެކުލެވުން ބަދަލުކުރަން ވީ ވައުދު ސަރުކާރުން ނުފުއްދައި އޮތުމެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ މެދު އިދިކޮޅުން ކުރާ ތުހުމަތުތައް ވެސް ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ސަލީމް ތުހުމަތުކުރެއްވި އެވެ. އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލަން ވެސް އޭނާ ގޮވައިލެއްވި އެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް މި ސަރުކާރުން އަދި ފަށާފައި ނުވާ ކަމަށެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ކޮންމެ އަހަރަކު ވެސް ވިދާޅުވާ ކަމަށާއި މިދިޔަ ތިން އަހަރު ވެސް އަޅާނެ ފްލެޓްތަކުގެ އަދަދުތައް ވިދާޅުވި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ނަމަވެސް މިހައިތަނަށް އެންމެ ދިވެހި ރައްޔިތަކަށް ވެސް މިސަރުކާރުން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދެވިފައެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ސަލީމަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވީ އޭނާއަށް ފުރުސަތު ދެެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox