މޭޔަރަށް ފޮނުވި ސިޓީގައި ސަރުކާރުން ބުނީ މާލޭ ރައްޔިތުން ގޯތި ދޫކުރާނީ ހިލޭ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ރިޔާސީ ބަޔާނުގައި މާލެ މީހުންނަށް ގޯތި ވިއްކާ ވާހަކައެއް ރައީސް ވިދާޅުނުވާކަމަށް ސަރުކާރުން ބުނޭ. ފޮޓޯ: ފައިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ރިޔާސީ ބަޔާނުގައި މާލެ މީހުންނަށް ގޯތި ވިއްކާ ވާހަކައެއް ރައީސް ވިދާޅުނުވާކަމަށް ސަރުކާރުން ބުނޭ. ފޮޓޯ: ފައިލް

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އިއުލާންކޮށްފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި އަދި ގޯތި ވިއްކުމުގެ އެއްވެސް ވާހަކައެއް ހިމަނާފައިނުވާނެ ކަމަށް ރައީސް އޮފީހުން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ރައީސް އޮފީހުން އެގޮތަށް އެންގީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1،000 ގޯތި ހިލޭ ދިނުމަށް ގޮވާލައި ސަރުކާރަށް ސިޓީއެއް ފޮނުއްވުމުން އޭގެ ޖަވާބުގަ އެވެ.

މޭޔަރު މުއިއްޒު, ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް ގޯތި ދޭ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށެވެ.

އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ގޯތި ވިއްކުމާ ގުޅޭ އެއްވެސް ވާހަކައެއް ހިމެނިފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު އިއުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރު ފަޅު ވެސް ހިއްކައިގެން ގޯތި ދިނުމަށް ކަމަށް ރައީސް އޮފީހުން މޭޔަރު މުއިއްޒުގެ ސިޓީގެ ޖަވާބުގައި ބުނެ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ސިޓީ ކައުންސިލްގެ ފަރާތުން ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަން ޕްލޭނިން މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން ގޯތި ދިނުމަށް އިންކަނޑައި ފަތް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox