އެމްބާޕޭ ފިޓު، ރެއާލާ ދެކޮޅަށް ކުޅޭނެ: ޕޮޗެޓީނޯ

Mar 9, 2022, 5:48 AM
އެމްބާޕޭ ފިޓު، ރެއާލާ ދެކޮޅަށް ކުޅޭނެ: ޕޮޗެޓީނޯ

މެޑްރިޑް (މާޗް 9) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނައިރު، އެ ޓީމުގެ މުހިންމު ފޯވާޑް ކިލިއަން އެމްބާޕޭ ފިޓު ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ރެއާލްގެ މައްޗަށް 1-0 އިން އެ ޓީމު ކުރި ހޯދީ އެމްބާޕޭ ޖެހި ލަނޑަކުންނެވެ.

ހޯމަ ދުވަހު އޮތް ޕީއެސްޖީގެ ޓްރެއިނިންގައި އެމްބާޕޭ އަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވެފަ އެވެ. އެހެންކަމުން، މިރޭގެ މެޗަށް އޭނާ ފިޓުވާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު، އިއްޔެ އޮތް ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.

Advertisement

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ މިރޭގެ މެޗަށް އެމްބާޕޭ ފިޓުވެފައިވާ ކަމަށެވެ.

"އެ އަނިޔާ ލިބުނު ވަގުތު އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވި. އެކަމަކު ދެ ތިން ގަޑިއިރަށް ފަހު އޭނާ އަށް ރަނގަޅަށް ހިނގޭ. އެހެންވީމަ ބުނެވޭނީ އޭނާ މި މެޗަށް ފިޓުވާނެކަމަށް،" ޕޮޗެޓީނޯ ބުންޏެވެ.

މި މެޗަށް ރެއާލް އާއި ޕީއެސްޖީ ނުކުންނައިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އެމްބާޕޭ ރެއާލަށް ބަދަލުވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޕޮޗެޓީނޯ ބުނީ އެމްބާޕޭ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި ދަނޑު ބޭރުން އިވޭ އަޑުތަކުގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުނުކުރާނެ ކަމަށެވެ.

"އެމްބާޕޭ ދައްކާ ކުޅުމަކަށް، ބޭރުން މި ހިނގާ ކަންތައްތަކުގެ އަސަރެއް ނުކުރާނެ،" ޕޮޗެޓީނޯ ބުންޏެވެ.

ރެއާލް ދޫކޮށް މި ފަހަރު ޕީއެސްޖީއާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް މިރޭގެ މެޗުގައި ނުކުޅެވުނު ނަމަވެސް އޭނާ ވަނީ މެޑްރިޑަށް ޓީމާ އެކު ދަތުރުކޮށްފަ އެވެ. މެޑްރިޑް ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox