ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހަ މިލިއަނަށް އަރައިފި

އިންޑިއާގައި 2021 ވަނަ އަހަރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދާލަނީ. -- ފައިލް ފޮޓޯ

އިންޑިއާގައި 2021 ވަނަ އަހަރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދާލަނީ. -- ފައިލް ފޮޓޯ

ޕެރިސް، ފްރާންސް (މާޗް 8) - މީގެ ދެ އަހަރު ކުރިން ފެތުރެން ފެށި ކޮވިޑް ބަލީގައި މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ކޮވިޑް ބަލީގައި ހަ މިލިއަން މީހުން މަރުވެފައިވާ އިރު، އޭޝިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ހިސާބެއްގައި ވެސް ބަލި ފެތުރުން އަދި މީހުން މަރުވުން ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

އޭޝިއާގައި މި ވަގުތު އެންމެ ހާލަތު ގޯސްކޮށް އޮތީ ހޮންކޮންގަ އެވެ. އޭގެ އިތުރުން ނިއުޒީލޭންޑުގައި ވެސް ކޭސްތައް މަތިވާން ފަށާފައިވާ ކަމަށް ދައްކަ އެވެ.

ފާއިތުވި ހަފްތާގައި ކޮވިޑް ޖެހިގެން ދުވާލަކު އެވްރެޖުކޮށް މަރުވާ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 18 ޕަސެންޓު ދަށްވެ، 7،170 އަށް ވެއްޓިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އޮމިކްރޯން ވޭރިއެންޓް މަޑުޖެހުމާ އެކު ކޭސްތަކާއި މަރުތައް މަދުވާން ފަށާފައިވާ ކަމުގެ ޓްރެންޑެއް ފެށި، އަދިވެސް އެ ޓްރެންޑް ދަނީ ކުރިއަށެވެ.

އެމެރިކާގައި ކޮވިޑް ޖެހިގެން 960،311 މީހުން މަރުވެފައިވާ އިރު، ބްރެޒިލް އިން 652،341 މީހުން އަދި އިންޑިއާއިން 515،102 މީހުން މަރުވެފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑާ އެއްކޮށް ދިރިއުޅުން ކުރިއަށް ގެންދަން ނިންމައި، ފިޔަވަޅުތައް އުވާލަމުން ދިޔަ ނަމަވެސް، ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox