ހަނގުރާމަ އާއި ހަމަނުޖެހުމުގައި އަންހެނުން

ސީރިއާގައި ހަނގުރާމަ ފެށުމުން 2015 ވަނަ އަހަރު ތުރުކީއަށް ދަތުރު ކުރަމުން ދިޔަ ރެފިއުޖީން. -- ފޮޓޯ: އޭއޭ

ސީރިއާގައި ހަނގުރާމަ ފެށުމުން 2015 ވަނަ އަހަރު ތުރުކީއަށް ދަތުރު ކުރަމުން ދިޔަ ރެފިއުޖީން. -- ފޮޓޯ: އޭއޭ

ހަނގުރާމަ އާއި ހަމަނުޖެހުން ފެތުރުމުން، އަނިޔާވެރިކަމާއި، ފަގީރުކަމާއި، ނަހަމަކަމުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ބަޔަކީ އަންހެނުންނެވެ. މި ވަގުތު ދުނިޔޭގެ ކޮންމެ 100 މީހަކު އެކަކު ނުވަތަ 82.4 މިލިއަން މީހުންނަކީ އެކި ސަބަބުތަކާ ހެދި ގެދޮރު ދޫކޮށް ގޮސްފައިވާ މީހުންނެވެ. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އާއްމު ހާލަތުގައި ވެސް ޖިންސީ ތަފާތު ކުރުމާ ހެދި އަންހެނުންނަށް ތައުލީމާއި އިގްތިސާދީ ފުރުސަތުތައް ހަނިވެ އެވެ. މުހިއްމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ކުޑަ އެވެ. ނަމަވެސް އެ ތަފާތު ކުރުންތައް، އެތައް ގުނައެއް އިތުރުވެ، އާއްމު ހާލަތަށް ވުރެ ގިނަ ގޮންޖެހުންތަކާ އަންހެނުންނަށް ކުރިމަތިވަނީ ހަނގުރާމަ އާއި ހަމަނުޖެހުމުގެ ތެރޭގަ އެވެ.

ގެދޮރު ދޫކޮށް ދާން ޖެހިފައިވާ އަންހެނަކު ތުއްތު ދަރިފުޅު އުރައިގެން.
ގެދޮރު ދޫކޮށް ދާން ޖެހިފައިވާ އަންހެނަކު ތުއްތު ދަރިފުޅު އުރައިގެން.

ގެދޮރު ދޫކޮށް ދާން ޖެހިފައިވާ އަންހެނަކު ތުއްތު ދަރިފުޅު އުރައިގެން.

ހަނގުރާމަތަކުގައި ނިޒާމީ ގޮތުން ރާވައިގެން އަންހެނުން ރޭޕް ކުރުމާއި ޖިންސީ އަނިޔާ ކުރުން އޮވެ އެވެ. އެ އަނިޔާވެރި އަމަލުތައް ބޭނުން ކުރަނީ ބިރުވެރިކަން އުފެއްދުމުގެ ހަތިޔާރެއްގެ ގޮތުގަ އެވެ. އަދި ވަކިވަކި މުޖުތަމައުތައް ބައިބައިކޮށް، ރޫޅާލުމުގެ ބޭނުމުގައި ވެސް ރޭޕް އާއި ޖިންސީ އަނިޔާ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނެ އެވެ.

titledesc

ހަނގުރާމައިގެ މައިދާނާއި ހަމަނުޖެހުން ހިނގާ ގައުމުތަކުގައި ބޮޑެތި ތަފާތު ކުރުންތަކާއި އަނިޔާ ކުރިމަތިވި ނަމަވެސް، އާއިލާއަށް އަޅާލުމާއި، ދިރިތިބެވޭނެ ގޮތްތައް ހޯދުމުގައި އަންހެނުން އަދާކުރަނީ ވަރަށް މުހިއްމު ދައުރެކެވެ.

ފިރިންނާއި އާއިލާގެ ފިރިހެން މެމްބަރުން ހަނގުރާމައަށް ދިޔުމުން، ނުވަތަ މަރުވުމުން، އާމްދަނީ ހޯދުމުގެ ޒިންމާ އުފުލަނީ އަންހެނުންނެވެ. އެ ޒިންމާއާ އެކު ދަރިން ބެލުމާއި މުސްކުޅި މައިންނާއި ބަފައިންނަށް އަޅާލުމުގެ ޒިންމާ ވެސް އުފުލަ އެވެ.

ފަހަކަށް އައިސް ހަނގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެނުންގެ އަދަދުތައް ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. ސީރިއާގެ ހަނގުރާމަ އާއި ޔޫކްރެއިންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ވެސް އަންހެނުން މައިދާނަށް ނުކުމެ އަމަލީ ގޮތުން އުޅޭ މަންޒަރު ފެނެ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާ އަންހެނެއް.
ޔޫކްރެއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާ އަންހެނެއް.

ޔޫކްރެއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާ އަންހެނެއް.

އެހެން ނަމަވެސް، ހަނގުރާމަ ނިންމައި ސުލްހައަށް ކުރާ މަސައްކަތުގައި މުހިއްމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ކުޑަ އެވެ. ނަމަވެސް އަންހެނުންގެ ބައިވެރިވުން ހިމެނޭ ނަމަ ސުލްހައަށް ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ދިރާސާތަކުން ދައްކަ އެވެ.

titledesc

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައި ވަނީ ވިމެންފޯވިމެން.އޯގް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox