ފެންބޮޑުވާތީ އެތައް ހާސް ބަޔަކު ސިޑްނީ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

އޮސްޓްރޭލިއާގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 20 މީހުން މަރުވެއްޖެ. -- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 20 މީހުން މަރުވެއްޖެ. -- ފޮޓޯ: އޭއެފްޕީ

ސިޑްނީ، އޮސްޓްރޭލިއާ (މާޗް 8) - ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ އޮސްޓްރޭލިއާއިން މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާ އިރު، އެތައް ހާސް ބަޔަކު ސިޑްނީ ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުން އެބަދެ އެވެ.

ހޯމަ ދުވަހު ސިޑްނީގައި ފެންބޮޑުވެފައިވާ ހިސާބަކުން ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، ފުލުހުން ބުނީ ބެލެވެނީ އެއީ މަންމައަކާއި އޭނާގެ ފިރިހެން ދަރިފުޅު ކަމަށެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގެތަކަށް އަސަރު ކުރަމުން ދާތީ، އާއްމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ ލަފާދީފަ އެވެ.

ގައުމީ މޫސުމާ ބެހޭ ބިޔުރޯއިން ބުނީ "ކުރިއަށް އޮތް 48 ގަޑިއިރު ވެސް ނުރައްކާތެރި" ކަމަށެވެ. ސިޑްނީގެ 60،000 މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ވަނީ އަންގާފަ އެވެ.

އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭތީ ސިޑްނީގެ ބްރިޖުތަކާއި މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެފައިވާ އިރު، ކާރުތައް އޮޔާދާ މަންޒަރު ވެސް ފޮޓޯ އާއި ވީޑިއޯއިން ފެނެ އެވެ. އޭގެ އިތުރުން ސުޕާމާކެޓެއްގެ ފުރާޅު ވެއްޓިފައިވާ މަންޒަރު ވެސް ފެނެ އެވެ.

މިދިޔަ ހަފްތާގައި ވެހެން ފެށި ވާރޭ، މި ހަފްތާގައި އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ އިރު ނިއު ސައުތު ވޭލްސްގެ އައްސޭރިފަށުގެ 2000 ކިލޯމީޓަރުގެ ސަރަހައްދަކަށް ވަނީ ފެންބޮޑުވާނެ ކަމުގެ އިންޒާރު ނެރިފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އޮސްޓްރޭލިއާއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ އާއި ޖަންގަލީގައި ރޯވުމުގެ މައްސަލަ އާއި ތޫފާންތަކާއި ވާރޭ ނުވެހުމުގެ މައްސަލަ އަހަރަކަށް ވުރެ އަހަރެއް ގޯސްވަމުން ދަނީ މޫސުމީ ބަދަލުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox