ބައިސްކަލް މަރާމާތުކޮށްދީގެން ލިބޭނީ ކިހާވަރެއް؟

މުހައްމަދު އަތީކުލް އިސްލާމް (އަތީކު) ވިލިމާލޭގައި ބައިސްކަލް މަރާމާތު ކުރަނީ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

މުހައްމަދު އަތީކުލް އިސްލާމް (އަތީކު) ވިލިމާލޭގައި ބައިސްކަލް މަރާމާތު ކުރަނީ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

މިދިޔަ ހުކުރު ދުވަހު ހަވީރު ފިނި ޖެހިގެން އައިއިރު ވިލިމާލޭގެ މަގެއްގެ ޕޭވްމަންޓް މަތީގައި ބައިސްކަލެއްގެ ފުރޮޅު ނައްޓާލާފައި ބާްއްވައިގެން، ވޮއްޓާއި ޓަޔަރާ ދޭތެރެ އަށް ދެ ކަށިގަނޑު ލައްވާ މަތަމުން މީހަކު ގެންދިޔަ އެވެ. އޭނާގެ ކައިރީގައި ދެ ބައިސްކަލް ހުއްޓެވެ. އެއް ބައިސްކަލް ހުރީ ދެ ފުރޮޅު ނައްޓާލާފައި އުއްޑުން ޖަހާފަ އެވެ. ކައިރީ ބަހައްޓަފައި ހުރި ވަރުގަދަ ކުޑަ ފޮއްޓެއްގައި ނަރު ކެނޑިއަކާއި ސިފްޓަރަކާއި ކަށިގަނޑު ފަދަ ސާމާނު އަޅާފައި ހުއްޓެވެ.

ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 38، އަހަރުގެ މުހައްމަދު އަތީކުލް އިސްލާމް (އަތީކު)، މީގެ ހަ އަހަރު ކުރިން ރާއްޖެ އައީ ލ. އިސްދޫ ކަލައިދޫ ގެ ވޯކްސޮޕެއްގަ ބައިސްކަލާއި ސައިކަލް މަރާމާތު ކުރާށެެވެ. އޭގެ ފަހުން ކައްކާ އަކަށް ވެސް އޭނާ އުޅުނެވެ.

އޭނާ ބުނާ ގޮތުގައި ވިލިމާލެއަށް އައީ އޭނަ ގެނައި ފަރާތުން "ދޫކޮށްލުމުން" ކުރާނެ މަސައްކަތެއް ހޯދާށެެވެ. ވިލިމާލެއަކީ އިންޖީނުލީ އުޅަނދު ފަހަރު ނުދުއްވާ، ބައިސްކަލާއި ބެޓެރި ސައިކަލަށް ޑިމާންޑް އޮތް އަވަށެވެ. އަތީކު ކުރަން ދަންނަ މަސައްކަތް ލިބޭނެކަން ޔަގީންވާ ތަނެކެވެ.

ސސސ
ސސސ

އަތީކުލް އިސްލާމު ބައިސްކަލެއްގެ ހަން ބަދަލުކުރަނީ: ގިނައިން ބައިސްކަލް ގަދަން ލިބެނީ ހުކުރު ދުވަހު-- އަދަދު ފޮޓޯ އަހުމަދު ސައީދު

އަތީކު ބުނި ގޮތުގައި ބައިސްކަލް މަރާމާތު ކުރުމުގެ މަސައްކަތް އޭނާ ކުރަނީ ލިބޭ ހުސް ވަގުތުގަ އާއި ހުކުރު ދުވަހު އެވެ.

"މަސައްކަތް ލިބުނީމަ ކޮންސްޓްރަންޝަން މަސައްކަތް ކުރަނީ، ބައިސިކަލް ހަދަނީ ބައިސްކަލް މަސައްކަތް ލިބުނީމަ، ކޮންމެ ދުވަސް ބައިސްކަލް ނުހަދަނީ،" ބަންގްލަދޭޝްގެ ގިނަ މީހުން ދިވެހިން ވާހަކަ ދައްކާ އުޅޭ ގޮތަށް އޭނާ ބުންޏެވެ.

އަތީކު ބުނި ގޮތުގައި ހުސް ވަގުތުގައި ބައިސްކަލް ހަދައިގެން ރަނގަޅު އާމްދަނީ އެއް އޭނާއަށް ލިބެ އެވެ. ބައިސްކަލެއްގެ ހަމެއް 20ރ. އަށް ބަދަލުކޮށްދޭއިރު، ދިވެހިންނާއި ބިދޭސީން ވެސް ބައިސްކަލް ހަދަން އޭނާއާ ހަވާލު ކުރާ ކަމަށް އަތީކު ބުންޏެވެ.

"މިއަދު ހަދަނީ ތިން ބައިސްކަލް، 400ރ. މިއަދު ލިބެނީ، ބައިސްކަލް ހެދީމަ އެއްބައި ފަހަރު، 100ރ. 150ރ. 200ރ. ވެސް ލިބެނީ، ގިނަ މަސައްކަތް ހުރީމަ ގިނަ ރުފިޔާ ލިބެނީ،" އޭނާ ބުންޏެވެ.

އެއްވެސް ތަނަކުން ހުއްދައެއް ހޯދުމެއް ނެތި، މަދު ޓޫލްސް ކޮޅެއް ހިފައިގެން މަގުމަތީގަ މަސައްކަތް ކޮށްލައިގެން ދެކޮޅު ޖެއްސޭނެ އާމްދަނީއެއް ލިބޭނެ ގޮތް އަތީކު ވަނީ ހޯދައިފަ އެވެ. ބައިސްކަލް މަރާމާތު ކޮށްދިނުމަކީ ވެސް އެކަށީގެންވާ އާމްދަނީއެއް ލިބިދާނެ މަސައްކަތެއްކަން، ކުރާނެ މަސައްކަތެއް ނުލިބިގެން އުޅޭ ފަރާތްތަކަށް އަތީކު ސާބިތު ކޮށްދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox