އެމްބާޕޭ އަށް އުންމީދެއް، ރާމޯސް ރެއާލާ ދެކޮޅަށް ނުކުޅޭނެ

Mar 7, 2022, 7:24 PM
ޕީއެސްޖީގެ ފަރިތަކުރުންތަކެއްގެ ތެރެއިން އެމްބާޕޭ (ކ) އާއި ރާމޯސް.

ޕީއެސްޖީގެ ފަރިތަކުރުންތަކެއްގެ ތެރެއިން އެމްބާޕޭ (ކ) އާއި ރާމޯސް.

ޕެރިސް (މާޗް 7) - ޓްރެއިނިން ތެރެއިން ލިބުނު އަނިޔާ ސީރިއަސް ނޫންކަން އެނގުމުން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އަށް ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޕީއެސްޖީން ބުނެފި އެވެ.

އެކަމަކު، 16 އަހަރަށް ފަހު ރެއާލް ދޫކޮށް މި ފަހަރު ޕީއެސްޖީއާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް މި ފަހަރު ވެސް ކުރީގެ ޓީމާ ދެކޮޅަށް ނުކުޅެވޭނެ އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ޕީއެސްޖީ ދަނޑުގައި އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލުން 1-0 އިން ރެއާލް ބަލިކުރި މެޗުގައި ވެސް ރާމޯސް ނުކުޅެ އެވެ. ރާމޯސް މި ވަގުތު އަންނަނީ ކުޑަކަޅުވާ މަަސްގަނޑަށް ލިބިފައިވާ އަނިޔާ އިން ފަރުވާ ހޯދަމުންނެވެ.

ޕީއެސްޖީން މިއަދު ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެމްބާޕޭގެ ފަޔަށް އަނިޔާވެގެން އޭނާ އަށް ރެއާލާ ދެކޮޅަށް ނުކުޅެވޭނެ ކަަމަށް ފްރާންސްގެ ބައެއް ނޫސްތަކާއި މެޑްރިޑްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ޕެރިހުގެ ބައެއް ޓީވީތަކުން ރިޕޯޓްކުރިގޮތުގައި އެމްބާޕޭ ރެއާލާ ދެކޮޅަށް ކުޅެން ބޭނުންނުވަނީ މި ސީޒަނަށް ފަހު އޭނާ އެ ޓީމަށް ބަދަލުވާން ބޭނުންވާތީ ކަމަށެވެ. އެކަމަކު، ޕީއެސްޖީގެ އޮފިޝަލަކު ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ފަހުން ޕީއެސްޖީގެ ރަސްމީ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްބާޕޭގެ އަނިޔާގެ ކަންކަން ދެނެގަންނަމުން އަންނަ ކަމަށާއި ސީރިއަސް އަނިޔާއެއްގެ މައްސަލައެއް ނެތުމުން ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާފައި އޭނާ މެޗުގައި ފެނުމުގެ އުންމީދު އެބައޮތް ކަމަށެވެ.

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އެންމެ ފަހުން ފްރެންޗް ލީގުގައި ނީސް އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގައި ނުކުޅެ އެވެ. އެމްބާޕޭ ހުރީ ކާޑުހަމަވެގެން ސަސްޕެންޝަނެއްގަ އެވެ.

އަނިޔާގެ ސަބަބުން ޕީއެސްޖީގެ ސްޕެއިން މިޑްފީލްޑަރު އެންޑަ ހެރޭރާ ވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox