ފިޝަރީޒް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރަކު ހަމަޖައްސައިފި

Mar 7, 2022, 11:07 AM
ރައީސް އޮފީސް: ފިޝަރީޒް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރަކު ވަނީ ހަމަޖައްސާފައި

ރައީސް އޮފީސް: ފިޝަރީޒް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރަކު ވަނީ ހަމަޖައްސާފައި

ފިޝަރީޒް މިނިސްޓްރީގެ އާ ޑެޕިއުޓީ މިނިސްޓަރަކަށް އަހުމަދު ފާތިހް އައްޔަނުކޮށްފި އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރި ފާތިހް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފަ އެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފާތިހް ވަނީ އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފަ އެވެ.

ފާތިހު އެ މަގާމަށް އައްޔަން ކުރެއްވިއިރު ފިޝަރީޒް މިނިސްޓްރީގައި އިތުރު ދެ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ, އަލީ މާޖިދާއި ހަސަން ނާޝިދެވެ. ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ. އެއީ, ހަސަން ރަޝީދާއި މުހައްމަދު އަހުމަދެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އެވެ.

މިވަގުތު ސަރުކާރުގެ އެކި އިދާރާތަކުގައި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންގެ ގޮތުގައި ޖުމްލަ 55 ބޭފުޅުން ތިއްބަވާކަމަށް ރައީސް އޮފީހުގެ ވެބްސައިޓުން ދައްކަ އެވެ.

މިއަދު ފިޝަރީޱް މިނިސްޓްރީއަށް އާ ނައިބަކު އައްޔަނުކުރިއިރު، މިދިޔަ ހަފުތާ ވެސް ވަނީ ދެ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަނުކޮށްފަ އެވެ. އެގޮތުން އައްޔަނުކުރީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝެއިހް މުހައްމަދު އަނީލްއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ނާސިހު ރަޝީދު އެވެ. އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ލުއައްޔު ސައީދު ވެސް އައްޔަންކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox