އިގްތިސޯދީ ކާރިސާއެއްގައި އޮތް ސްރީލަންކާ ސިޔާސީ އަނދަވަޅަކަށް ވެއްޓިއްޖެ

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. (ކ-ވ) -- ފޮޓޯ: އޭޕީ

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. (ކ-ވ) -- ފޮޓޯ: އޭޕީ

އިގްތިސޯދީ ކާރިސާއެއްގެ ސަބަބުން ސްރީލަންކާގައި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫ އަރާފައި ވަނިކޮށް، މިދިޔަ ހަފްތާގައި ދެ މިނިސްޓަރަކު މަގާމުން ވަކި ކުރުމާ އެކު ސިޔާސީ ހަލަބޮލިކަން އުފެދިއްޖެ އެވެ.

ހަކަތައާ ބެހޭ މިނިސްޓަރު އުދެޔަ ގައްމަންޕިލަ އަދި އިންޑަސްޓްރީއާ ބެހޭ މިނިސްޓަރު ވިމާލް ވީރަވަންސަ މަގާމުން ވަކި ކުރީ "ރައީސަށް ލިބިދޭ ބާރުގެ ދަށުން" ކަމަށް ސަރުކާރުން ބުންޏެވެ.

މަގާމުން ވަކިކުރި ސީދާ ސަބަބު ހާމަނުކުރި ނަމަވެސް، އެ ދެ ބޭފުޅުން ވެސް ވަނީ އިގްތިސާދީ ކާރިސާއާ ގުޅިގެން ފިނޭންސް މިނިސްޓަރު އަދި ރައީސްގެ ކޮއްކޯފުޅު ބެސިލް ރާޖަޕަކްސައަށް ފާޑުވިދާޅުވެފަ އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ދެ މިނިސްޓަރުން މަގާމުން ވަކި ކުރުމުން، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އިތުރު 11 މެމްބަރުން ސަރުކާރާ ވަކިވާން ވިސްނަމުންދާ ކަމަށެވެ.

އެހެންކަމުން، ޕާލިމެންޓުގެ ކުރިއަށް އޮތް ބައްދަލުވުމުގައި އެ 11 މެމްބަރުން ތިއްބަވާނީ މިނިވަން މެމްބަރުންގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވީ ސަރުކާރާ އެކު މަސައްކަތް ނުކުރެވޭ އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅު ފަރާތްތަކަށް "މި ސަރުކާރުގައި ޖާގައެއް ނެތް" ކަމަށެވެ.

އެހެން ނަމަވެސް ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ގެންދަވަނީ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ސަރުކާރާ ވަކިވާން ވިސްނަމުންދާ ކަމަށް އިއުލާނު ކުރި 11 މެމްބަރުންނާ އެކު މަޝްވަރާކޮށް ހައްލެއް ހޯދޭތޯ ބައްދަލުވުމަކަށް ހުކުރު ދުވަހު ދައުވަތު ދެއްވި އެވެ.

ނަމަވެސް ބައްދަލުވުމަށް އެއްވެސް މެމްބަރަކު ވަޑައިނުގެންނެވި އެވެ. އެކަމާ ގުޅިގެން މަހިންދަ ވިދާޅުވީ އިގްތިސާދީ ކާރިސާ ހައްލުކޮށް، ރައްޔިތުންނަށް ލުއި ހޯދުމަށް ފަހު ނޫނީ ސިޔާސީ ގޮތުން "ކޯޅުމަކަށް" ދެވެން ނެތް ކަމަށެވެ.

ހާލަތު ހަމައަކަށް އަޅުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް، އާއްމު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، މުޒާހަރާ ކުރަން ވަނީ ފަށާގަ އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު މަގުތަކުގައި މުޒާހަރާ ކުރަން ނުކުންނަ މީހުންނަކީ އެއްވެސް ސިޔާސީ ފިކުރަކާ ގުޅުމެއް ނެތް އާއްމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox