މަހުލޫފްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކްރިމިނަލް ކޯޓުގެ ބޭރުގައި. އޭނާގެ މައްޗަށް ކުރާ ރިޝްވަތު ހިފިކަމުގެ ދައުވާގެ މައްސަލަ މިހާރު ވަނީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކްރިމިނަލް ކޯޓުގެ ބޭރުގައި. އޭނާގެ މައްޗަށް ކުރާ ރިޝްވަތު ހިފިކަމުގެ ދައުވާގެ މައްސަލަ މިހާރު ވަނީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފިކަމުގެ ދައުވާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މިމަހުގެ 1 ގަ އެވެ. މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގަ ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ޕީޖީ އޮފީހުން ވަނީ އެ މައްސަލަ މިއަދު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރުގެ ގޮތުގައި ހުންނަވައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި އޭނާ ނެންގެވިކަމަށް ބުނެ އެވެ. އެ މައްސަލައިގައި ޕީޖީން ވަނީ މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އުފުލާފަ އެވެ.

މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

"މައްސަލައިގެ ޝަރީއަތެއްކޮށް ހެކީންގެ ހެކިބަސް ނެގިކަމުގައި ވިނަމަވެސް، އަދީބު، އެސްއޯއެފްގެ ނަންބަރު 000025 ޗެކު ބޭނުންކޮށްގެން ރިޝްވަތު ދިނުމުން، އަހްމަދު މަހުލޫފް ރިޝްވަތު ހިފީކަން ސާބިތުކޮށްދެވިދާނެ ފުރުސަތު އޮތް ހެކިތަކެއް ކަމަށް ބެލެވޭނެ ހެކިތަކެއް ހުށަހެޅިފައި ނެތް" އެ މައްސަލަ އާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވިއެވެ.

ނަމަވެސް، ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ ބޭރުކޮށްލީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިޔާގެ ބަހަށް އެކަނި ރިއާޔަތްކޮށް ރިޝްވަތު ދިން ކަމާއި، ހިފިކަމުގެ ދައުވާ ސާބިތު ކުރެވޭނެ ވަރުގެ އިތުރު ޝަފައީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ ދައުލަތުން ގިނަ ގޯސްތަކެއް ހަދާފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox