މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ބ. އަތޮޅުގައި ފަށައިފި

Mar 6, 2022, 11:06 AM
މޯލްޑިވްސް އިސްލާމިކް ބޭންކް. އެ ބޭންކްގެ ހިދުމަތް މިއަދު ވަނީ ބ. އަތޮޅުގައި ހުޅުވާފައި

މޯލްޑިވްސް އިސްލާމިކް ބޭންކް. އެ ބޭންކްގެ ހިދުމަތް މިއަދު ވަނީ ބ. އަތޮޅުގައި ހުޅުވާފައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް އޭދަފުށީގައި ހުޅުވައި، އެ ބޭންކްގެ ހިދުމަތް ބ.އަތޮޅަށް ފުޅާކޮށްފި އެވެ.

އެމްއައިބީން ބުނީ އަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުށީގައި ބެހެއްޓި އޭޓީއެމްއާއިއެކު އެ ބޭންކްގެ ހިދުމަތް ބ. އަތޮޅުގައި ފައްޓަވައިދެއްވީ އެމްއައިބީގޭ އެކްޓިން ސީއީއޯ އަހްމަދު ރިޒާ ކަމަށެވެ. އެ ބޭންކުން ބުނި ގޮތުގައި އެ ބޭންކްގެ ބ. އަތޮޅު ބްރާންޗަކީ އެމްއައިބީގެ އެހެން ބްރާންޗްތަކާއި ހިލާފަށް ޓެކްނޮލޮޖީގެ އެހީގައި ހިންގޭ ބްރާންޗަކަށްވާނެ ކަމަށެވެ. އެގޮތުން އެކި ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު "އެޕްލައިނައު" ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލެވިފަ އެވެ. އަދި ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް 24 ގަޑިއިރު ޒަމާނީ އޭޓީއެމް މެޝިނެއް މެދުވެރިކޮށް ލިބޭނެ އެވެ.

ބ. އަތޮޅުގައި އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ އަހްމަދު ރިޒާ ވިދާޅުވީ އެ ބޭންކުން ތައާރަފްކުރާ އާ މޮޑެލްގައި އެ ބޭންކުގެ އެކައުޓުން ފައިސާ ނެގުމާއި ބޭންކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އޭދަފުށީގައި ބެހެއްޓި އޭޓީއެމް މެޝިން ބޭނުން ކުރެއްވެވޭނެ ކަމަށެވެ.

ރާއްޖޭގައި ބެހެއްޓިފައިވާ ކޮންމެ ޕީއޯއެސް މެޝިނަކުން ވެސް ބޭނުންކުރެވޭ ވިސާ ކާޑެއް ވެސް އެ ބޭންކުން ވަނީ ދާދިފަހުން ތައާރަފްކޮށްފަ އެވެ. އެއީ އެޕްލައިކުރުމާ އެކު ވަގުތުން ލިބޭ ކާޑެކެވެ.

އެމްއައިބީއިން ދަނީ ސ. ހިތަދޫ، ފުވައްމުލައް، ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި އަދި ހުޅުމާލޭގެ އިތުރުން މާލޭގައި ބްރާންޗަކާއި ކަލެކްޝަން ސެންޓަރެއް ހިންގަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 އޭޓީއެމް ހިންގަމުންނެވެ. ބ އަތޮޅަކީ އެމްއައިބީގެ ހިދުމަތް ދޭންފެށި ހަވަނަ އަތޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox