ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނަރެއް ތައާރަފްކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ހަނިމާދޫ ސްކޫލުގެ ލައިބްރަރީ ތަރަައްގީކުރުމަށް އެހީތެރިވެއްޖެ އެވެ.
ހަނިމަދޫ ޒުވާނުންގެ ޖަމިއްޔާއިންް ތަރައްގީކުރި އެ ލައިބްރަރީގެ މަސައްކަތަށް ބީއެމްއެލްއިން އެހީތެރިވީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށެވެ.
އެގޮތުންް އެ ލައިބްރަރީގައި މިހާރު ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނަރެއް ހުންނައިރު ކަބަޑާއި ގޮނޑި އަދި މޭޒު ބީއެމްއެލްގެ އެހީގައި ވަނީ އެ ލައިބްރަރީއަށް އިތުރުކޮށްފަ އެވެ.
އެ މަސައްކަތުގެ ދަށުން ހަނިމާދޫ ސްކޫލުގެ ލައިބްރަރީއަށް 700 ފޮތް އިތުރުކުރިއިރު، އޭގެ ތެރެއިން 450 ފޮތް ހަދިޔާކޮށްފައިވަނީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުންނެވެ.
އެ މަސައްކަތާ ގުޅިގެން ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑުން އެ ސްކޫލުގެ ލައިބްރަރީއަށް އެހީތެރިވެދިން މައިގަނޑު އަމާޒަކީ ވާހަކަކިޔުމަށާއި އެކި ކަންކަން އުނގެނުމަށް ޝައުގުވެރިކަން އިތުރުކޮށްދޭ ޖާގައެއް ކުދިންނަށް ފޯރުކޮށްދިނުން ކަމަށެވެ.













