ފެންބޮޑުވެފައިވާ އޮސްޓްރޭލިއާގެ މޫސުން އިތުރަށް ގޯސްވާނެކަމުގެ އިންޒާރު

ނިއު ސައުތު ވޭލްސްއަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ. -- ފޮޓޯ: އޭއެފްޕީ

ނިއު ސައުތު ވޭލްސްއަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ. -- ފޮޓޯ: އޭއެފްޕީ

ސިޑްނީ، އޮސްޓްރޭލިއާ (މާޗް 6) - ފާއިތުވި ހަފްތާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އޮސްޓްރޭލިއާގެ ހިސާބުތަކަށް މި ހަފްތާގައި ވެސް މޫސުން އިތުރަށް ގޯސް ވާނެ ކަމަށް ލަފާކޮށްފި އެވެ.

ގައުމީ މޫސުމާ ބެހޭ ބިޔުރޯއިން އިންޒާރު ދިން ގޮތުގައި ކުއީންސްލޭންޑް ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ބެލެވޭ އިރު، ވިދައި ގުގުރުން ވެސް އެކަށީގެންވެ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ހަފްތާގައި އެ ސްޓޭޓުން 11 މީހުން މަރުވި އެވެ.

ގާތްގަނޑަކަށް 2.6 މިލިއަން މީހުން ދިރިއުޅޭ ބްރިޒްބޭން ސިޓީގައި ކުއްލިއަކަށް ފެންބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޫސުމާ ބެހޭ ބިޔުރޯއިން ބުނެ އެވެ.

ދެކުނުގައި އޮންނަ ނިއު ސައުތު ވޭލްސްއަށް ވެސް ބޯކޮށް ވާރޭ ވެހި، އާދަޔާ ހިލާފަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިޔަ ހަފްތާގައި ފެންބޮޑުވުމުން، ފުރާނަ ސަލާމަތް ކުރަން ގިނަ ބަޔަކު ގެތަކު ފުރާޅު މައްޗަށް އަރަން ޖެހުނު ލިޒްމޯ އަވަށަށް ވެސް އެލާޓް ނެރިފައިވެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ނިއު ސައުތު ވޭލްސްއިން މަރުވި މީހުން އަދަދު ވަނީ ފަހަކަށް އިތުރުވެފަ އެވެ. އެންމެ ފަހުން މީހެއްގެ ހަށިގަނޑު ފެނުނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފުލުހުންނާއި، ސިފައިން އަދި އެމެޖެންސީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.

އެހެން ނަމަވެސް ޑިފެންސް މިނިސްޓަރު ޕީޓާ ޑަޓަން ވިދާޅުވީ ސިފައިން ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި ފާޑުކިޔާނެ ޖާގައެއް ނެތް ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އޮސްޓްރޭލިއާއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ އާއި ޖަންގަލީގައި ރޯވުމުގެ މައްސަލަ އާއި ތޫފާންތަކާއި ވާރޭ ނުވެހުމުގެ މައްސަލަ އަހަރަކަށް ވުރެ އަހަރެއް ގޯސްވަމުން ދަނީ މޫސުމީ ބަދަލުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox