އަތުލައިގަތް ޑްރަގް ކަސްޓަމްސްގައި ބެހެއްޓުމުން ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ފުލުހުން ނައްތާލަނީ: ޑްރަގްގެ މައްސަލައެއް ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކަސްޓަމުން ޑްރަގް ގާނޫނާ އެއްގޮތަށް އަމަލު ނުކުރުމުން -- ފޮޓޯ: ހުސައިން ޝަޔާން / އަދަދު

މަސްތުވާތަކެތި ފުލުހުން ނައްތާލަނީ: ޑްރަގްގެ މައްސަލައެއް ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކަސްޓަމުން ޑްރަގް ގާނޫނާ އެއްގޮތަށް އަމަލު ނުކުރުމުން -- ފޮޓޯ: ހުސައިން ޝަޔާން / އަދަދު

ޝަހްސުއޮޅުވާލައިގެން ފޮތްފޮށިގަނޑެއް ތެރޭ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުވާ މައްސަލައެއްގައި، ކަސްޓަމަށް ހެދުނު ކުޑަ ގޯހަކާ ހެދި ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑައަޅައިފި އެވެ.

އަންހެނަކަށް ވެގެން، ސ. ހިތަދޫ، ދުގެތިމާގެ، އަލީ އަކްބަރު ހަސަން 198 ގްރާމްގެ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ އަތުލައިގަތީ ހަލީމަތު އުލްފާ ކަމަށް ހެދިގެން ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ޝައްކުކުރެވޭ އެއްޗެއްހުރިކަން ކަސްޓަމަށް ފާހަގަވުމުން، އެކަން ފުލުހުންނަށް އެންގުމަށްފަހު ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިންނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅީ މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް، ޑްރަގް ކަމަށް ޝައްކުކުރެވޭ ޕާރުސަލް ކެނޑުމަށްފަހު، އެތަކެތި ފުލުހާ ހަވާލުނުކޮށް، އެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުންނެވެ.

"މި މައްސަލާގައި ފެނިފައިވާ ތަކެތި ފަސޭހައިން އެއް ތަނަށް އަނެއް ތަނަށް ގެންދެވޭފަދަ ގޮތަކަށް އޮތްއިރުވެސް، އެތަކެތި 04 މާރިޗު 2021 ވަނަ ދުވަހުން ފެށިގެން 09 މާރިޗު 2021 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރީ،" އެއީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ގާޒީ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ގާޒީ ގަބޫލުކުރައްވާ ގޮތުގައި އެއްތަނުން އަނެއްތަނަށް ފަސޭހަކަމާ އެކު އުފުލޭނެ، އެފަދަ އެއްޗެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ފުލުހާ ހަވާލުކުރުމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނާނީ، ތަހުލީލު ކުރެވޭ ތަކެތީގެ ސައްހަކަން ދެމެހެއްޓުމަށެވެ.

ޑްރަގް ޕެކެޓު ބެހެއްޓި ކަސްޓަމްސްގެ ޑިޓެންޝަން ކޮޓަރީގައި ސީސީޓީވީ ކެމެރާ ހުންނަ ކަމަށާއި، އެތަނަށް ވަދެ ނުކުންނަ މީހުންގެ ލިސްޓު ބެލެހެއްޓޭ ކަމަށް ޝަރީއަތުގައި ބުނި ނަމަވެސް, އެއިން އެއްވެސް އެއްޗެއް ހެކީގެ ގޮތުގައި ހުށަހަޅާފައި ނުވާކަން ގާޒީ ފާހަގަކުރެއްވި އެވެ. އެހެންވެ، އެ ގޯސް ރަނގަޅު ކުރެވޭނެ ގޮތެއް ނެތް ކަމަށް ގާޒީ ނިންމަވާ އެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅުއްވި އެވެ.

"...ސެކިއާޑް [ރައްކާތެރި] ލޮކޭޝަނަކަށް މިތަކެތި ގެންދިޔުމަށް ތައްޔަރުކުރެވުނު ލިޔެކިޔުންތަކާއި، ލޮކަރު ބަހައްޓާފައިވާ ތަނުގެ ސީސީޓީވީ ފޫޓޭޖް ނުވަތަ ފޮޓޯ އާއި ތަކެތި ބަހައްޓާފައިވާ ލޮކަރާއި ރޫމްގެ ސްޓޭންޑާޑް އެނގޭނެ ލިޔެކިޔުން ހުށަހަޅާފައިވާނަމަ ނުވަތަ ލޮކަރާއި ލޮކަރު ބަހައްޓާފައިވާ ރޫމް ރަނގަޅަށް ސާފުވާނެގޮތަށް އަދި ސިފަކޮށްދެވޭނެ ގޮތަށް ހެކިންގެ ހެކިބަސް ލިބުނުނަމަ،" އެފަދަ ހެއްކެއް ހުށަހެޅި ނަމަ، ދައުލަތަށް ހެދުނު ގޯސް ރަނގަޅު ކުރެވި ޝައްކުތައް ސާފުކޮށްދެވިދާނެ ކަމަށް ގާޒީ ދެކިވަޑައިގަތެވެ.

އަކްބަރުގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާއިން ވެސް އޭނާ ސަލާމަތްވީ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ސާބިތު ނުކުރެވުމާ އެކު އެވެ. އެއީ އޭނާގެ މައްޗަށް ދައުލަތުން އުފުލިދެ ދައުވާއަށް ވެސް އެއް ހެކިތަކެއް ހުށަހަޅާފައިވުމުންނެވެ. އަދި ހަލީމަތު އުލްފާ ކަމަށް ހެދިގެން އޭނާ އުޅުމުގެ ސަބަބުން އެހެން މީހަކަށް ލިބޭނެ ގެއްލުމެއް ވެސް ދައުލަތަކަށް ކިޔައިދެވިފައި ނުވާކަން ހުކުމުން އެނގެން އޮވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox