ނީސް އިން ފަހު ވަގުތު ޕީއެސްޖީ ބަލިކޮށްފި

Mar 6, 2022, 3:02 AM
ނީސްގެ ލެމާ (ވ) ޕީއެސްޖީގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ނީސްގެ ލެމާ (ވ) ޕީއެސްޖީގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ޕެރިސް (މާޗް 6) - ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ނީސް އިން ފަހު ވަގުތު ގޯލު ޖަހައި 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.

ރޭގެ މޮޅާ އެކު ނީސް ވަނީ ދެ ވަނަ އަށް ޖެހިލައި، އެއް ވަނައިގައި އޮތް ޕީއެސްޖީގެ ލީޑު 13 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނީސް އަށް 27 މެޗުން ހަމަވީ 49 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މާސޭ އަށް 26 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. މެޗު ހަމަކުރާއިރު،. މޮޅުވެގެން މާސޭ އަށް ދެ ވަނަ އަށް އެރޭނެ އެވެ.

މެޗުގެ އަށް ވަނަ މިނިޓްގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ އަށް ކައުންޓަ އެޓޭކެއްގައި ގޯލު ޖަހަން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޕީއެސްޖީގެ ލިއޮނަލް މެސީ އާއި ނޭމާ އަށް ލިބޭ ބޯޅަތަކުގައި ނީސް އިން ދިޔައީ އެ ދެ ކުޅުންތެރިންނަށް މާ ބޮޑު ޖާގައެއް ނުދީ ޑިފެންސްކުރަމުންނެވެ. އެހެންވެ، ނީސްގެ ގޯލާ އަމާޒުކޮށް މެސީ އާއި ނޭމާ އަށް ވެސް މާ ނުރައްކާ ހަމަލާއެއް ފޮނުވާނުލެވުނެވެ.

ޕީއެސްޖީގެ އެޓޭކުގައި ރޭ އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ އެ ޓީމަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކީލިއަން އެމްބާޕޭ ނެތުމެވެ. ސަސްޕެންޝަންގެ ސަބަބުން އެމްބާޕޭގެ ރޭގެ މެޗުގައި ނުކުޅެ އެވެ.

ނީސް މޮޅުވި ގޯލު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި އެންޑީ ޑެލޯޓް އެވެ. މެޗުގެ 88 ވަަނަ މިނިޓްގައި ކެލްވިން ސްޓެންގް ނެގި ހުރަހަކުން ޑެލޯޓް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީދާގަނޑަށެވެ. މި ގޯލާ އެކު ނީސް މޮޅުވިއިރު، މިއީ ލީގުގައި ޕީއެސްޖީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ނީސް އަށް ލިބުނު ދެ ވަނަ މޮޅެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ ހަގީގަތުގައި ދަށްކޮށް ކުޅެވުނު މެޗެއް ކަމަށާއި އެކަމަކު މެޗުން ބަލިވުމަކީ ވެސް އެންމެ އިންސާފުވެރި ނަތީޖާ ކަމަށް ބުނެވެން ނެތް ކަމަށެވެ.

ނީސްގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ޕީއެސްޖީ ކަހަލަ ޓީމެއް އަތުން ލީގު ސީޒަނެއްގެ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ނީސް އިން އެކަން ހާސިލްކުރީ ވިސްނުންތެރިކަމާ އެކު ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox