ހުލާސާކޮށް އިއްޔެ: ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު ބޮޑުކުރުން

ފިއުލް ސަޕްލައި މޯލްޑިވްސް އިން ވަނީ ޕެޓްރޯލް ލީޓަރަކުން 2.54ރ.، ޑީސަލް ލީޓަރަކުން 2.36ރ. ބޮޑުކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފިއުލް ސަޕްލައި މޯލްޑިވްސް އިން ވަނީ ޕެޓްރޯލް ލީޓަރަކުން 2.54ރ.، ޑީސަލް ލީޓަރަކުން 2.36ރ. ބޮޑުކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ހުއްޓުމެއް ނެތި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުކުރީ އިއްޔެ އެވެ.

އެންމެ ގިނައިން ރާއްޖެ އަށް ތެޔޮ އެތެރެކުރާ، އެސްޓީއޯއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން އިއްޔެ އިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް 12.06ރ. ވިއްކަމުން ދިޔައިރު، ޑީސަލް ލީޓަރެއް ވިއްކީ 12.44 ރ. އަށެވެ. އެހެންކަމުން މިއީ މިއީ ޕެޓްރޯލް ލީޓަރަކުން 2.54ރ.، ޑީސަލް ލީޓަރަކުން 2.36ރ. ގެ ބޮޑުވުމެކެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމުގެ ނެތި އުފުލެމުން ދަނިކޮށް، ފެބްރުއަރީ މަހު ފަހުކޮޅު ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ ތެލުގެ އަގު މައްޗަށްދާ ނިސްބަތް ވަނީ އިތުރަށް ހަލުވިވެފަ،" އެސްޓީއޯ އިން އިއްޔެ ބުނެފައިވެ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ ޖެނުއަރީ 21 ގަ އެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއް ވިއްކީ 12.06ރ. އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ބޮޑުވީ 12.44ރ. އަށެވެ.

އޭގެ ކުރިން އެ ކުންފިނިން ތެލުގެ އަގު ބޮޑުކުރީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ. އެފަހަރު އަގަށް ގެނައި ބަދަލާއެކު، ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް 11.84ރ. އަށެވެ.

އެހެންކަމުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ ގާތްގަނޑަކަށް 24 އިންސައްތަ އުފުލިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑު ޑުބާއީގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހާމަކުރީ އިއްޔެ އެވެ.
  • ރާއްޖޭގައި ފަޅު ރަށެއް ވަރުވާއަށް ދޭ އެންމެ ދިގު މުއްދަތު ފަސް އަހަރު ދުވަހުން 10 އަހަރު ދުވަހަށް އިތުރުކޮށް, ރަށް ނަގަން ޖެހިއްޖެ ހާލަތެއްގައި ސަރުކާރުން ބަދަލުދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި ރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީ އިން އިސްލާހު ގެނައީ އިއްޔެ އެވެ.
  • ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް، ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާ ބައްދަލުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ތަރައްގީގައި ކުރިއަށް ދިއުމަށްޓަކައި ދިގު ރާސްތާގެ ތަރައްގީގެ ޕްލޭނެއް ރާއްޖެ އަށް ބޭނުންވާ ކަމަށް ހާމަކުރައްވަމުން އދ. އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ:

"ތަކުރާރުކޮށް މި ދައްކާ ވާހަކަ އަކީ، އުމުރާނީ ވަސީލަތްތަކަށް ވުރެ މުހިންމީ މީހުން ބިނާ ކުރުމޭ، ތަރައްގީ ވާނީ މީހުން ކުރިއަރައިގެން، ދިގު ރާސްތާގެ ޕްލޭނެއް އެބަ އޮންނަން ޖެހޭ، އެހެން ކަންކަމުގެ ކުރިއަށް އެ ޕްލޭން އެބަ ނެރެން ޖެހޭ،"

ދުވަހުގެ ފޮޓޯ

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ވާދަކުރުމުގެ ކުރިން މި މަހު ތައިލެންޑްގައި ބާއްވާ އިންވިޓޭޝަނަލް ކަޕެއްގައި ރާއްޖޭގެ ޓީމުން ކުޅޭނެ. މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން -- ފޮޓޯ: އަބްދުﷲ ޔަޝާއު
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ވާދަކުރުމުގެ ކުރިން މި މަހު ތައިލެންޑްގައި ބާއްވާ އިންވިޓޭޝަނަލް ކަޕެއްގައި ރާއްޖޭގެ ޓީމުން ކުޅޭނެ. މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން -- ފޮޓޯ: އަބްދުﷲ ޔަޝާއު

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ވާދަކުރުމުގެ ކުރިން މި މަހު ތައިލެންޑްގައި ބާއްވާ އިންވިޓޭޝަނަލް ކަޕެއްގައި ރާއްޖޭގެ ޓީމުން ކުޅޭނެ. މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން -- ފޮޓޯ: އަބްދުﷲ ޔަޝާއު

ދިރާސާތަކުން ކިޔާލުމަށް

"އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ޕާސަންސް ވިތު ޑިސްއެބިލިޓީސް އިން މޯލްޑިވްސް"

މިއީ މާޗް 2020 ގައި ޑަބްލިއުއެޗްއޯ އިން އިއުލާންކުރި ކޮވިޑް-19 ޕެންޑެމިކާއެކު ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް އެ ޖަމްއިއްޔާއިން ކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox