ފިތުރޯނު މަގު: ދިރިއުޅެން އެންމެ ހިތްފަސޭހަ ސަރަހައްދު

Mar 6, 2022, 1:17 AM
ސޮލިޓިއާ ފްލެޓް އިމާރާތުގެ ކުރެހުމެއް

ސޮލިޓިއާ ފްލެޓް އިމާރާތުގެ ކުރެހުމެއް

މަގުގެ ދެ ފަރާތުގައި އެއްކޮޅުން އަނެއް ކޮޅަށް ހެދިފައިވާ ބިޔަ ގަސްތަކާއި އެ ގަސްތަކުގެ ފެހި ކަމާއި ހެދިފައިވާލެއް ހިތްގައިމު ކަމުން އެއީ ހުޅުމާލޭގެ އެންމެ ހިތްގައިމު، އެންމެންގެ ވެސް މަގުބޫލު މަގެކެވެ. ފޮޓޯގްރާފަރުންނާއި ވީޑިއޯތަކަށް ހާއްސަ ލޮކޭޝަނެކެވެ. ޖާގަ ތަނަވަސް ރީތި ފިތުރޯނު މަގުގައި ކައިވެނީގެ ހާއްސަ ފޮޓޯތަކާއި، އާއިލާތައް ފޮޓޯނަގަން އައިސް އުޅޭ ތަން އާންމުކޮށް ފެނެއެވެ.

ހުޅުމާލެއާއި މާލެ ބްރިޖަކުން ގުޅާލުމުން މިހާރު ފިތުރޯނު މަގު އަދި މާ ހިތްގައިމުވެފައި ރީއްޗެވެ. މީހުންނާއި ޓްރެފިކް މަދެވެ. މިހާރު ހުޅުމާލޭގައި އެންމެ އަރާމު ހިސާބަކީ މި މަގެވެ. ފިތުރޯނު މަގުގައި ތަރައްގީކުރަމުން އަންނަ ލަގްޒަރީ އިމާރާތްތަކުން ބޯހިޔާވެހިކަން ހޯދައިގެން، ކާރޫބާރު މާލެއިން ހުޅުމާލެ އަށް ދިރިއުޅުން ބަދަލުކޮށްލުމަކީ ދެކޭނެ އުއްމީދެކެވެ.

ޓްރެފިކް މަދު، އަޑު މަޑު ހެނދުނަކަށް ހޭލެވުމަކީ ދުޅަހެޔޮކަމަށް އެދެވޭ ބަދަލެއް އަންނާނެކަމެކެވެ. ސާފުވައި ލިބުމާއި ބޭރުން ފެންނަ ރީތި މަންޒަރުން ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ފިތުރޯނު މަގުގައި ތަރައްގީކުރަމުން އަންނަ ގިނަ އިމާރާތްތަކުގެ ތެރެއިން މިފަދަ ހާއްސަ އެއް ތަނަކީ ސޮލިޓެއާ އެވެ. އުފާވެރި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމަކަށް ބައްޓަންކޮށް ފަރުމާކޮށްފައިވާ ސޮލިޓެއާ އަކީ ގިނަ ގޮތް ގޮތުން ދިރިއުޅުން ފަސޭހަ ކޮށްދޭނެ ތަނެކެވެ.

ކައިރީގައި ޕެޓްރޯލް އަޅާތަނާއި އޭޓީއެމް އަދި ތާޒާ ކާނާ ލިބޭނެ މާރުކޭޓެއް ހުރެއެވެ. މީގެ އިތުރުން ސޮލިޓެއާގެ އިމާރާތުގެ ތެރޭގައި، ދުވަހުން ދުވަހަށް ބޭނުންވާ ގިނަ ކަންކަން މަގުފަހިވެފައި ހުންނާނެ އެވެ. ރެސްޓޯރަންޓާއި ކެފޭތަކާއި ފިހާރަތަކެވެ. ސޮލިޓެއާގައި ދިރިއުޅޭ މީހުންގެ ކާރާއި ސައިކަލް ޕާކުކުރަން އިމާރާތުގެ ތެރެއިން ޖާގަ ކަނޑައަޅާފައި އޮތުމަކީ ވެސް ދިރިއުޅުން ފަސޭހަވެގެންދާނެކަމެކެވެ.

ދިރިއުޅޭ އެޕާޓްމަންޓް ތެރެއިން ކުނި ބޭރުކުރުމަށް ގާބޭޖް ޗޫޓްއެއް ހުންނާނެ އެވެ. މިއީ ކުނި ކޮތަޅު ކޮރިޑޯއަށް ނުވަތަ އިމާރާތުގެ އެހެން ތަނަކަށް ގެންދިއުމަށް ވުރެ ފަސޭހަ ސާފު ތާހިރު ގޮތެކެވެ.

އުފާވެރި ދިރިއުޅުމަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުންވެސް މުހިއްމެވެ. ނަމަވެސް ކަސްރަތު ކުރާނެ ވަގުތާއި ޖާގަ ހޯދުމަކީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އުނދަގޫ ކަމަކަށްވެ އެވެ. ސޮލިޓެއާގައި މިކަމަށްވެސް ހައްލެއް އެބައޮތެވެ. މި އިމާރާތުގެ ރޫފްޓޮޕަކީ ކަސްރަތު ކޮށްލުމާއި ސިކުނޑި ތާޒާ ކޮށްލަން ފުރިހަމަ ތަނެކެވެ. ކަސްރަތަށް ބޭނުންވާ ހުރިހާ ޒާމާނީ ވަސީލަތެއް ހިމެނޭ ޖިމެއް ހުރެ އެވެ. ކަސްރަތު ކުރަން ހުންނަ އިރު ބޭރުން ފެންނަ މަންޒަރު އިތުރު ހިތްހަމަޖެހުމެއް ލިބެ އެވެ. އިންފިނިޓީ ޕޫލަކާއި ހިތްފަސޭހަ މައިޒާނެއް ހުރެ އެވެ. މުނިފޫހިފިލުވާލަން ޕޫލު ކުޅޭނެ ތަނެއްވެސް ހުރެ އެވެ. ސޮލިޓެއާގެ ރޫފްޓޮޕުން، ކޮންމެ ދިމާލަކަށް ބަލާލިއަސް މަންޒަރު ޗާލުވެފައި ހިތްގައިމެވެ. އެއްފަރާތުން ސެންޓްރަލް ޕާކު، އަނެއް ފަރާތުން ބިޔަ ނޫކަނޑުގެ ހިތްގައިމު މަންޒަރެވެ.

މި ހުރިހާ ކަމަކާއެކު ސޮލިޓެއާ އަކީ ފޫހިނުވާނެ ލަގްޒަރީ ތަނެކެވެ. މި ފްލެޓް ތަރައްގީކުރާ ނިއު ދިއްލީގެ އެސޮޓެކް ރިއަލްޓީ ކުންފުނީގެ އެފިލިއެޓް ސެންޑަލް މޮރިޝަސްއަކީ ލަގްޒަރީ މަޝްރޫއުތައް ތަރައްގީކުރުމުގައި ކާމިޔާބު، ތަޖުރިބާ ގިނަ ކުންފުންޏެކެވެ. ސެންޑަލް މޮރިޝަސްއަކީ ރާއްޖޭގައި ލަގްޒަރީ ހައުސިން އަދި ހޮސްޕިޓަލިޓީ މަޝްރޫއުތައް ތަރައްގީކުރުމަށް ހާއްސަ އެސޮޓެކް ރިއަލްޓީގެ ގޮތްޕެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox