ޔޫކްރެއިނަށް ތާއީދުކުރާ ހަރަކާތްތަކެއް އޮތުމުން ޗައިނާގައި އިނގިރޭސި ޕްރިމިއާ ލީގު ނުދައްކާނެ

Mar 5, 2022, 3:12 PM
ޔޫކްރެއިނަށް ތާއީދުކުރާ ހަރަކާތްތަކެއް އޮތުމުން ޗައިނާގައި އިނގިރޭސި ޕްރިމިއާ ލީގު ނުދައްކާނެ

ބެއިިޖިން، ޗައިނާ (މާޗް 5) - ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރެއިނަށް ސަޕޯޓް ދައްކުވައިދޭން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން މި ހަފްތާގެ މެޗުތަކުގައި ހަރަކާތްތަކެއް ކުރިއަށްގެންދާތީ ޗައިނާގައި މެޗުތައް ނުދައްކަން ނިންމައިފި އެވެ.

މިދިޔަ މަހު 24 ވަނަ ދުވަހުން ފެށިގެން ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި އަންނަނީ ހަނގުރާމަ ކުރަމުންނެވެ. އެ މައްސަލައިގައި ބައިނަލްއަގުވާމީ އެކިއެކި މައިދާނުގައި ރަޝިއާއާ ދެކޮޅު ހަރަކާތްތައް ބާއްވާއިރު، ޔޫކްރެއިނަށް ސަޕޯޓް ވެސް އަންނަނީ ދެމުންނެވެ. އެ ގޮތުން މި ހަފްތާގެ އިނގިރޭސި ޕްރިމިއާ ލީގުގެ 10 މެޗުގައި ވެސް ޔޫކްރެއިނަށް ސަޕޯޓް އޮތްކަން ދައްކުވައިދީ ހަރަކާތްތަކެއް އޮންނާނެ އެވެ.

އެ ގޮތުން ކޮންމެ މެޗެއް ފެށުމުގެ ކުރިން ސުކޫތެއް ގެނައުމުގެ އިތުރުން ކޮންމެ ޓީމެއްގެ ކެޕްޓަން ބޭންޑްގެ ކުލަތައް ހުންނާނީ ޔޫކްރެއިން ދިދައިގެ ކުލަތަކަށް ހާއްސަކޮށްފަ އެވެ.

ރަޝިއާ އާއި ޗައިނާ އަކީ ޑިޕްލޮމެޓިކް ގޮތުން އެކުވެރި ދެ ގައުމެވެ. މިދިޔަ މަހު ރަޝިއާގެ ރައީސް ލަޑިމިއޭ ޕުޓިން ވަނީ ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފަ އެވެ. ޗައިނާ އާއި ރަޝިއާގެ ގުޅުން ބަދަހިވަނީ އެމެރިކާގެ ނުފޫޒާ ދެކޮޅަށް ނުކުތުމަށެވެ.

ރަޝިއާ އަށް އޮތް ސަޕޯޓް ދައްކުވައިދޭން ޗައިނާގައި މި ހަފްތާގެ ޕްރިމިއާ ލީގުގެ މެޗުތައް ނުދައްކަން އެންގީ ޗައިނާ ސަރުކާރުންނެވެ. ފުރަތަމަ ނިންމީ ޓީވީ ބްރޯޑްކާސްޓަރުން މެޗުތައް ނުދައްކާގޮތަށެވެ. ފަހުން ވަނީ އޮންލައިން ސްޓްރީމިން ޕްލެޓްފޯމްތަކުގައި ވެސް މެޗުތައް ދެއްކުން މަނާކޮށްފަ އެވެ.

އިއްޔެ ޗައިނާގައި ފެށި ވިންޓަ ޕެރަލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އެންޑްރޫ ޕާސަން ދެއްކެވި ވާހަކައިގައި ރަޝިއާ އިން ކުރާ ހަނގުރާމަ ކުށްވެރިކޮށް ދެއްކި ވާހަކައިގައި ޗައިނާގެ އެންމެ ނުފޫޒުގަދަ ޗެނަލް، ސީސީޓީވީން ނިންމީ ތަރުޖަމާނުކުރާށެވެ.

މީގެ ކުރިން ވެސް ޕްރިމިއާ ލީގާއި ޗައިނާގެ ބްރޯޑްކާސްޓަރުންގެ މެދުގައި ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެ ގޮތުން 2020 ވަނަ އަަހަރު ކޮވިޑްގެ ތެރޭގައި ޗައިނާގެ ޕީޕީޓީވީން ޕްރިމިއާ ލީގަށް ދައްކަން ޖެހޭ 212 މިލިއަން ޑޮލަރު ދޭން ދެކޮޅު ހެދި އެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރު އާސެނަލަށް ކުރިން ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު ޗައިނާގެ މުސްލިމް ކޮމިއުނިޓީ، އުއިގޫރު މުސްލިމުންނަށް ސަޕޯޓް އޮތްކަން ދައްކުވައިދީ ވާހަކަ ދައްކަން ފެށުމުން އޮޒިލް އާއި އާސެނަލް ކުޅޭ މެޗުތައް ޗައިނާގައި އެޅުވުން މަނާކުރި އެވެ. އަދި އޮޒިލްގެ ނަން ޗައިނާގެ ގޭމްތަކުން ވެސް އުނިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox