ބެލޮންޑިއޯގެ ނަތީޖާ އަކީ ޝޮކެއް: ސަލާހު

Mar 4, 2022, 4:58 AM
ބެލޮންޑިއޯގެ ނަތީޖާ އަކީ ޝޮކެއް: ސަލާހު

ލިވަޕޫލް (މާޗް 4) - މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑްގެ ނަތީޖާތަކަކީ އޭނާ އަށް ޝޮކެއް ކަމަށް ލިވަޕޫލަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.

ސަލާހު، 29، އަކީ މިދިޔަ އަހަރު ފޯމަށް ބަލާއިރު، ބެލޮންޑިއޯ އެވޯޑް ހޯދާނެ ކަމަށް މީޑިއާގައި އަޑުފެތުރުނު ކުޅުންތެރިއެކެވެ. އެކަމަކު، ވޯޓަށް ފަހު ސަލާހު ދިޔައީ އެވޯޑް ނޮމިނޭޝަނުގެ ހަތް ވަނަ އެވެ. އެކަމާ ބެހޭގޮތުން ސަލާހު އޭރު މާ ބޮޑަށް ވާހަކަ ނުދައްކައި ހަމައެކަނި ބުނެފައިވަނީ މުސްތަގުބަލުގައި ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އާއި ފީފާގެ ބެސްޓް އެވޯޑްސް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބެސްޓް އެވޯޑްސްގައި ސަލާހު ދިޔައީ ތިން ވަަނަ އެވެ.

"ލިވަޕޫލް އެކޯ" އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ އޭނާ ދައްކަމުން އައި ކުޅުމަށް ބަލާއިރު، ބެލޮންޑިއޯގެ ހަތް ވަނަ އަކީ ހައްގު މަގާމެއްގެ ގޮތުގައި އެއްވެސް މީހަކު ނުބުނާނެ ކަމަށެވެ.

"އަހަންނާ ދެކޮޅަށް ކަމެއް އޮތީއެކޭ ވެސް ނުބުނެވޭނެ. އެއީ ވަރަށް ގިނަ ފަހަރު ނުރަނގަޅު ވޯޓު ދެވިފައި ހުންނަނީ. ސަބަބަކީ ވަރަށް ބައިވަރު ގައުމުން ވޯޓުދޭއިރު ރަނގަޅު ގޮތަށް ނުދެވި ހުރެދާނެ. މީގެ އަހަންނާ ދެކޮޅަށް ކޮންސްޕިރަސީ ތިއަރީއެއް އެބައޮތޭ ނުބުނެވޭނެ،" ސަލާހު ބުންޏެވެ.

ކޮންމެ މީހަަކަށް ވެސް އެ މީހެއްގެ އަމިއްލަ ވިސްނުމުގައި ވޯޓު ދިނުމުގެ ހައްގު އޮންނާނެ ކަމަށް ސަލާހު ވަނީ ބުނެފަ އެވެ. އޭނާ ކުޅެގެން ސާބިތުކޮށްދޭން ޖެހޭ ވަކި ކަމެއް ނޯންނާނެ ކަމަށާއި ބޭނުންވަނީ ރަނގަޅު ފޯމުގައި ކުރިއަށް ގޮސް ޓީމަށް އެހީވުމަށް ކަމަށް ސަލާހު ވަނީ ބުނެފަ އެވެ.

ފީފާ ބެސްޓް އެވޯޑްސްގައި ހޮވި ފިފްޕްރޯ، ޑްރީމް ޓީމުގައި ސަލާހު ނުހިމެނެ އެވެ. މިއީ ގިނަ މީޑިއާތަކުން ފާހަގަކޮށްފައިވާ ކަމެކެވެ. ދުނިޔޭގެ ޑްރީމް ޓީމުން ފުރުސަތު ނުލިބުމުން ސަލާހު ހުރީ ހިތްހަމަނުޖެހިފަ އެވެ.

"އެކަމަކު، މީގެ އޮތް ހިތްހަމަޖެހުމަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރޭ އަހަންނަށް އެ ޓީމުން ޖާގައެއް ހައްގުވާކަން،" ސަލާހު ބުންޏެވެ.

މި ފަހަރު ޕްރިމިއާ ލީގުގައި މިހާތަނަށް ލަނޑު ލިސްޓާއި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ތާވަލުގެ ކުރީގައި ވެސް އޮތީ ސަލާހު އެވެ. ޖުމްލަ 19 ގޯލު ޖަހާފައިވާއިރު، 10 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ. ގޯލު ޖަހަން އެސިސްޓް ކޮށްދިނުމުގައި ސަލާހާއި ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އޮތީ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox