ފްލެމިންގޯ، ދޫނި، ވެލާ، އަދި އިންސާނުން

ފްލެމިންގޯ، ދޫނި، ވެލާ، އަދި އިންސާނުން

އަންނަޙްލު ސޫރަތުގެ 8 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި އަހާއި، ބަޣުލާއި، ހިމާރުވެސް ހެއްދެވި އެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގަ އެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަ އެވެ. މިއާޔަތަށް ވިސްނާއިރު، ހިމާރާއި އަސް ފަދަ ޖަނަވާރުތަކަކީ ހަމައެކަނި ސަވާރުވުމަށް ލެއްވި ތަކެތި ނޫންކަން ދޭހަ ވެއެވެ. އެތަކެތީގައި އިންސާނުންގެ ހިތްހަމަޖެހުމަށް އޮތް ޒީނަތްތެރިކަމެއް ލައްވާފައިވާކަން މިއާޔަތުން ސާފުކޮށް އެނގެ އެވެ. އެއީ "އަދި ޒީނަތެއްގެ ގޮތުގަ އެވެ." މިގޮތަށް ބަޔާންކުރައްވާފައިވާތީ އެވެ. ޒީނަތޭ އޮތް ތަންކޮޅާއި އާޔަތް ނިންމަވާލައްވަމުން އޮތް ވާހަކަ ގުޅުވާލުމުން ވެސް އިތުރުކަމެއް ހިތްމައްޗަށް ގެނެސްގަނެވޭނެ އެވެ. އަހަރެމެންނަށް ނޭނގޭ ވަރަށް ގިނަ ތަކެތި ހައްދަވާފައިވާކަމެވެ. އަދި އެތަކެތީގައި ފޮރުވިފައިވާ ޒީނަތްތެރިކަމެއްވާނެ ކަމެވެ.

ޝައްކެތް ނެތެވެ. މަސްކެވޭ ކޮންމެ ޖަނަވާރެއްގެ މަސް ކެއުން ހުއްދަ އެވެ. ޝަރުއީ ހަމަތަކުގެ މަތީން އެތަކެތި ކަތިލައިގެން އެ ތަކެތީގެ މަސްކެއުން ހުއްދަ އެވެ. އެކަމަކު މި ބިންމަތީގައި އެކި ބާވަތުގެ ޖަނަވާރާއި، ދޫނިސޫފާސޫފި ލެއްވުމުގެ ހަމައެކަނި މަގުސަދަކީ އިންސާނުންގެ ބަނޑުފުރާނަ މުއްތިކުރުން ކަމަށް ހީވާނަމަ، އެއީ ޝަރުއީ ގޮތުން އެކަން އޮތްގޮތާމެދު ހީވެފައިވާ ކުށްހީއެކެވެ. މުސްލިމުންގެ ތެރޭގައިވެސް ފަލަބަލީގެ މައްސަލަ އެހާ ބޮޑުވެފައި އޮތުމުގެ އެއް ސިއްރަކީ މި ކުށްހީ ކަމަށްވުމަކީ ދުރުކަމެއް ނޫނެވެ.

ތަފާތު ބާވަތުގެ ތަކެތި އުފައްދަވައި، ތަފާތު ބާވަތުގެ ދިރޭތަކެތި ދުނިޔޭގައި ލައްވާފައިވުމަކީ، ﷲ ގެ ކުޅަދުންވަންތަކަން ވިސްނާފިކުރުމުގެ ވަސީލަތެއްގެ ގޮތުގައި ލައްވާފައިވާ ކަމެއްވެސްމެއެވެ. ނޫރު ސޫރަތުގެ 45 އަދި 46 ވަނަ އާޔަތަށް ބައްލަވާށެވެ. "އަދި ދިރޭ ކޮންމެ އެއްޗެއް، ﷲ ފެނުން ހައްދަވާފައި ވެއެވެ. ފަހެ، ބަނޑުލައި ލޫދެމުން ހިނގާ ތަކެތި އޭގެތެރެއިންވެ އެވެ. އަދި ދެފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެ އެވެ. އަދި ހަތަރެސްފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެ އެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަ އެވެ. ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، ބަޔާންކޮށްދެނިވި ހެކިތަކެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަ އެވެ."

ދިރޭތަކެތި މިބިންމަތީގައި ލެއްވުނު ހިކުމަތްތައް ގުނާ އަދަދެއް ނުކުރެވޭނެ އެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްގެ ގޮތުގައި އެތަކެތި ލައްވައި، އެތަކެއްޗަކީ ދުނިޔޭގެ ޒީނަތްތެރިކަމުން ބައެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. އަދި އޭގެ ތެރޭގައި އަހަރެމެންގެ ލޯތަކަށް ފިނިކަން ލިބޭފަދަ ރީތި ތަކެތި ލެއްވި އެވެ.

ފައިބެ އަހަރު ނިމެންދަނިކޮށް ރާއްޖެ ޒިޔާރަތްކުރި ރީތި ރީތި ފްލެމިންގޯތަކާއި، ރާއްޖެ އެތެރެކުރުން މަނާކޮށްފައިވަނިކޮށް، ރާއްޖެ އެތެރެކޮށް، އަދި މަނާކޮށް އެތެރެކުރިކަމަށްޓަކައި މަރާލެވުނު ގިނަ އަދަދެއްގެ ދޫނިތަކާއި، ޒަމާންތަކަކަށް ފަހު ހުސްވި ހަފުތާގައި، މާލެއަށް އެރި ވެލަޔާއި، މިކަންކަމަކީ ﷲ ގެ ކުޅަދުންވަންތަކަމާމެދު ވިސްނުމަށް ދިވެހިންނަށް ލިބިގެންދިޔަ އެއް ދައުވަތަށްވުރެ ގިނަ ދައުވަތްތަކެކެވެ. ރާއްޖެއަށް ނާންނަ ބާވަތަކުގެ ފްލެމިންގޯތަކެއް ރާއްޖެއައުމާއި އެތައް ޒަމާނަކަށްފަހު މާލެއަށް ވެލާ އެރުމުގައި ފޮރުވިފައިވާ ހިކުމަތްތަކަށް ވިސްނުމާއި، އޭގެ ގުދުރަތީ ސިއްރުތަކަކީ ކޮބައިކަން ބެލުމަކީ، ވިސްނާފިކުރުކުރުމުގެ އަޅުކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އަލްޣާޝިޔަތު ސޫރަތުގައި "ފަހެ ޖަމަލު ހެއްދެވިފައިވާ ގޮތާމެދު ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟" ކުރެވިފައި އޮތް ސުވާލަކީ ހަމައެކަނި ޖަމަލާމެދު އޮތް ސުވާލެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. ޒަމާންތަކަކަށްފަހު މާލެޔަށް ވެލާ އެރި ސަބަބާމެދު ނުވިސްނަނީ ހެއްޔެވެ؟ މިސުވާލު ވެސް އެއާޔަތުން ދޭހަވެ އެވެ. ފްލެމިންގޯތަކުގައި މާރީތި ފިޔާތޮށި ކުލައެއް ވުމުގެ ސިއްރަކީ ކޮބައިކަމާމެދު ވިސްނުމަށް އެއާޔަތުން ދައުވަތު ދެއެވެ. ކޮންމެއަކަސް މިވާހަކައަކީ މިމަޒުމޫނުގެ ހަގީގީ ޓާގެޓަށް ނުވާތީ އެވާހަކަ ކުރުކުރަމެވެ.

ދިރޭ ތަކެއްޗާމެދު އިސްލާމްދީނުގައި ޝަރުއީ ހައްގުތަކެއް ކަނޑައެޅި ބަޔާންވެފައި ވެއެވެ. މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ވެއެވެ. ބިންމަތީގައިވާހާ އެއްޗަކަށް ރަހުމު ބަހައްޓާށެވެ. އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންނަށް ރަހުމަތް ލައްވާނެ އެވެ. އެހެން ބަސްފުޅެއްގައި އައިސްފައިވަނީ ހައްގަކާ ނުލައި ދޫންޏެއް މަރައިފި މީހާއާ އެކަމާބެހޭ ގޮތުން ގިޔާމަތް ދުވަހު ސުވާލު ނުކުރައްވައި ދޫނުކުރައްވާނެ ކަމަށެވެ. ޖަނަވާރު ފަދަ ތަކެތީގެ މޫނުމަތީގައި ޖެހުމާއި ކުދި އަނިޔާކުރުން މާތް ނަބިއްޔާ މަނާކުރައްވާފައިވާކަމަށް އެތައް ގޮތަކުން ރިވާވެފައި ވެއެވެ. ބަލިވެފައިވާ ޖަނަވާރެއްގެ ކައިރިޔަށް ބަލި ނޫން ޖަނަވާރު ގެނެސްލުން ފަދަ ކަންކަން ވެސް މާތް ނަބިއްޔާ ވަނީ މަނާކުރައްވާފަ އެވެ.

ބައެއް މީހުން ދެކޭގޮތުގައި، މަސްކެވޭ ޖަނަވާރުގެ މަސްކެއުމަކީ އެތަކެތީގެ ނަސްލު އެކީ ނިމިގެން ދިޔަސް ހުއްދަވާނެ ކަމެކެވެ. އަދި ދިރޭތަކެތީގެ ވަކި ނަސްލެއް ނެތިގެން ހިނގައިދާނެކަމަށްޓަކައި، ވަކި ބާވަތެއްގެ އެއްޗެއް ހިމާޔަތްކޮށް އެތަކެތި ހިފުން މަނާކުރުމަކީ ޝަރުއީގޮތުން އަސްލެއް އޮތް ކަމެއް ނޫންކަމަށްވެސް ބައެއް ބޭފުޅުން ދެކެ އެވެ. އެކަމަކު ގުރުއާނާއި ސުންނަތުން އެކަމަކީ އަސްލެއް އޮތް ކަމެއްކަމުގެ މައްޗަށް ދަލާލަތު ކުރެ އެވެ.

ނޫޙްގެފާނުގެ ގައުމު ޣަރަގުކުރެއްވުނު ހާދިސާއިން ބައެއް ހޫދު ސޫރަތުގެ 40 ވަނަ އާޔަތުގައި ބަޔާންވެފައިވަނީ އަންނަނިވި ފަދައިންނެވެ. "ތިމަންރަސްކަލާނގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ ވަހީކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާންވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ނުވެ އެވެ." އަހުލުންވެސް ނާކޮޅަށް ލެއްވުމުގެ ކުރިޔަށް ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރެއްވުމުގެ އަމުރުފުޅު ތަންފީޒުކުރުމުގެ ދޭހައެއް މިއާޔަތުގައި ނުވޭ ހެއްޔެވެ؟

ކައުއިތުރު މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. ހަމަކަށަވަރުން ކުއްތާއަކީ އުންމަތްތަކުގެ ތެރެއިން އުންމަތެއްކަމުގައި ނުވީނަމަ އެތަކެތި ގަތުލުކުރެއްވުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ. މިހަދީސް ބަސްފުޅުން އެއް ބަޔަކު ކުރާ ދޭހައަކީ ކުއްތާއަކީ މުސްލިމުން ދޯޅުވުން ރަނގަޅު އެއްޗެއް ނޫންކަމުގެ ދޭހަ އެކަންޏެވެ. އެކަމަކު ހަދީސް ބަސްފުޅު އޮތީ އެ މިންވަރަށް ލިމިޓްކުރެވިފައެއް ނޫނެވެ. އުންމަތެއްގެ ގޮތުގައި ލައްވާފައިވާ އެއްވެސް ބާވަތެއްގެ ޖަނަވާރެއް އެކީއެކަށް ނައްތާލުމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއް ނޫންކަން އެ ހަދީސްފުޅުން ސާބިތުނުވޭތޯ އެވެ. އަލްއަންޢާމް ސޫރަތުގެ 38 ވަނަ އާޔަތުގައި އަންގަވަ އެވެ. "ބިމުގައި ހިނގާބިނގާވެއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، އެއީ ތިޔަބައިމީހުން ފަދަ އުންމަތްތަކެއް ކަމުގައި ނޫނީނުވެ އެވެ."

އެތައް ބާވަތެއްގެ އުފެއްދެވުންތަކުން ދުނިޔެ މުއްސަނދިކުރައްވައި، ދުނިޔޭގެ ބިމުގެ ޚަލީފާ ކަމުގައި އިންސާނާ ލައްވައި މާތްކުރެއްވުމުގެ މާނައަކީ ހުރިހައި އުފެއްދެވުންތަކެއްގެ ބެލެހެއްޓުންތެރިއެއް ކަމުގައި އިންސާނާ އައްޔަނުކުރެވުމެވެ. ދުނިޔޭގައި ލެއްވިހައި ދިރުންތަކަކީ އިންސާނުންގެ ކާނާކަމުގައި ދެކި، ދިރޭތަކެތީގެ ނަސްލުތައް ނައްތާލުމަކީ ދުނިޔެ އާރާސްތުކުރުމަށް މަތިކުރެވިފައި އޮތް ޒިންމާއާ ކަނޑައެޅިގެން އިދިކީލި ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox