ސްރީލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު މަގާމުން ވަކިކޮށްފި

ސްރީލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދެޔަ ގައްމަންޕިލަ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދެޔަ ގައްމަންޕިލަ. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (މާޗް 3) - ބޭރު ފައިސާގެ ދަތިކަމާ ހެދި ތެޔޮ ނުލިބި، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ސްރީލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު މަގާމުން ވަކިިކޮށްފި އެވެ.

އުދެޔަ ގައްމަންޕިލަ މަގާމުން ވަކިކުރި އިރު، މީގެ އެއް ދުވަސް ކުރިން އޭނާ ވަނީ ސަރުކާރުގެ ފައިސާއާ ބެހޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަމީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބެސިލް ރާޖަޕަކްސަ އެވެ. ގައްމަންޕިލައާ އެކު ކެބިނެޓުގެ އިތުރު މެމްބަރަކު ވެސް ވަކިކުރި އެވެ.

"ރައީސަށް ލިބިދޭ ބާރުގެ ދަށުން އިންޑަސްޓްރީ މިނިސްޓަރު ވިމާލް ވީރަވަންސަ އަދި ހަކަތައާ ބެހޭ މިނިސްޓަރު އުދެޔަ ގައްމަންޕިލަ ވަނީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައި،" ރައީސްގެ ތަރުޖަމާނު ކިންގްސްލީ ރަތްނަޔަކަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

ދެ މިނިސްޓަރުން މަގާމުން ވަކިކުރި ސަބަބު ހާމަނުކުރި ނަމަވެސް، މަސްދަރުތަކުން ބުނީ އިގްތިސާދީ ކާރިސާއާ ގުޅިގެން ފާޑުކިޔުމުން ރައީސް ހިތްހަމަނުޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނީ ލަންކާގެ ބޭރުގެ ދަރަނި "ނުދެމެހެއްޓޭނެ" ކަމަށާއި ހާލަތުން އަރައިގަތުމަށް ފައިސާގެ އަގު ތިރިކޮށް، ޓެކްސް މަތިކުރަން މަޖުބޫރު ކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ލަންކާގެ ހުރިހާ ހިސާބަކުން ވެސް ކޮންމެ ދުވަހަކު ގާތްގަނޑަކަށް އަށް ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަނޑާލަ އެވެ.

މިއީ 1996 ވަނަ އަހަރަށް ފަހު އެ ގައުމުގެ ހަކަތައިގެ ހާލަތު މިހާ ގޯސްވި ފުރަތަމަ ފަހަރެވެ. ތެޔޮ ނުލިބޭތީ އާއްމު ދަތުރުތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.

ބައެއް ބަސް ޑްރައިވަރުން ބުނީ ޕެޓްރޯލާއި ޑީސެލް އަޅަން ކިޔުގައި ހަތް ގަޑިއިރު މަޑު ކުރަން ޖެހޭ ކަމަށެވެ. ލަންކާއަށް ތެޔޮ އިމްޕޯޓް ނުކުރެވެނީ ބޭރު ފައިސާ ނެތުމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ބޭރު ފައިސާގެ ރިޒާވް ހުރޫ 2.3 ބިލިއަން ޑޮލަރުގަ އެވެ. އެއީ ޑިސެމްބަރު މަހު އަޅާ ބަލާއިރު 25 ޕަސެންޓު މަދު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox