ހައިކޯޓުގެ ނިންމުމެއް ސަސްޕެންޑް ކުރި މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއިން ބަލަނީ

ހިތަދޫ މެޖިސްޓްރޭޓްކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން: އޭނާ ހައިކޯޓްގެ އަމުރެއް ސަސްޕެންޑްކޮށް މީހަކު ދޫކޮށްލާ، ޕީޖީގެ ފާޑުކިޔުމަށް ރައްދު ދިން މައްސަލަ ޖޭއެސްސީއިން ބަލަނީ --

ހިތަދޫ މެޖިސްޓްރޭޓްކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން: އޭނާ ހައިކޯޓްގެ އަމުރެއް ސަސްޕެންޑްކޮށް މީހަކު ދޫކޮށްލާ، ޕީޖީގެ ފާޑުކިޔުމަށް ރައްދު ދިން މައްސަލަ ޖޭއެސްސީއިން ބަލަނީ --

ހައިކޯޓުގެ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ދޫކޮށްލި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފި އެވެ.

ބަންދުގައި ހުރި އެރަށު މަންދޫބުގެ، ރުޝާން އަހްމަދު ދީދީގެ ބަލި ހާލަތަށް ރިޔާއަތްކޮށް، އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުދީން އަހްމަދު ނެރުނު ހުކުމުގައި ވަނީ ހައިކޯޓުން ނެރިފައިވާ އަމުރެއް 90 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފަ އެވެ.

އެއީ ކަނޑައެޅިގެން ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލެއް ކަން ފާހަގަކޮށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވި އެވެ.

އެ ނިންމުމަށް ފާޑުވިދާޅުވެ، ޕީޖީ ކުރެއްވި ޓްވީޓަށް ރައްދުދީ، ނޫސްބަޔާނެއްވެސް މެޖިސްޓްރޭޓް ނެރެފައިވާތީ، މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީއިން ވަނީ މިއަދު ނިންމާފަ އެވެ.

"...ރަފީއުއްދީން އަހްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ތަހްގީގުކުރުމަށް،" އެ ކޮމިޝަނުން އިއްޔެ ބޭއްވި ޖަލްސާގައި އެ މެޖިސްޓްރޭޓްގެ މައްސަލަ ބެލުމަށް ނިންމާ، ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީއިން ދެންމެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ރަފީއުއްދީން ނެރެފައިވާ ބަޔާނުގައި ވަނީ އެ އަމުރު ނެރުމުގެ ކުރީގައި އެއީ ކުރެވިދާނެ ކަމެއްތޯ ޝަރީއަތުން ސުވާލު އުފެއްދި ކަމަށާއި އެކަމާމެދު ދެ ހަސްމުން ދެކޭގޮތް ހުށަހަޅަން ފުރުސަތު ދިން ކަމަށާއި އޭގެ ތެރޭގައި ދައުލަތް ތަމްސީލުކުރަން ޕީޖީގެ ހަތަރު ވަކީލުން ތިއްބެވިކަން ފާހަގަކުރައްވާފަ އެވެ.

މެޖިސްޓްރޭޓް ވިދާޅުވި ގޮތުގައި އެ އަމުރު ނެރުނީ ޕީޖީއިން އެކަމާ އިއުތިރާޒްކޮށްފައި ނުވާތީ އެވެ. އަދި އެ އަމުރު ނެރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ދެކުމުންނެވެ.

އެހެންވެ އެއީ ޕީޖީ ޝަމީމަށް ނޭނގި ނެރުނު އަމުރަކަށް ނުވާނެ ކަމަށް ވިދާޅުވެ، ރަފީއުއްދީން ވަނީ ޕީޖީއަށް ނޭނގި ހިނގާފައިވާ ކަމެއްކަމަށް ދޭހަވާ ގޮތަށް ޝަމީމް ކުރެއްވި ޓްވީޓަކީ އޭނާގެ މަގާމާ އެކަށީގެންނުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފަ އެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox