ގައްދޫގެ ސާފަރުން ރާއްޖޭގެ ރާޅުތަކުގެ މަތީގައި އުދުހެނީ!

ގައްދޫގެ ސާފަރުން ރާއްޖޭގެ ރާޅުތަކުގެ މަތީގައި އުދުހެނީ!

ހުވަދުއަތޮޅުގެ އެންމެ ދެކުނުގައި އޮތް ގައްދޫގެ މި ޒުވާނުންގެ ކޮންމެ ދުވަހެއް ފުރިހަމަވަނީ ރަށުގެ ފުއްޓަރު ފަރާތުން ނަގާ ރާޅުތަކުގެ ތެރޭގައި ވަގުތު ހޭދަކޮށްލުމުންނެވެ. ފިލާގަނޑެއް ހިފައިގެން އޭނާ އެ ރާޅުތަކުގެ ފޮނުގަނޑު މެދުން އުނދުހިލާފައި އެ ދަނީ މިކަމުން ލިބޭ ހިތްހަމަޖެހުމާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ. ކޮންމެ ދުވަހަކީ އާ ހުނަރެއް ދަސްކޮށް އެކަމުގެ ތެރެއަށް އިތުރަށް ހިތްޖެހޭ ދުވަހެއް ކަމަށް ބަލައިގެން ދިޔައީ ކުރިއަށެވެ. ފަރުމައްޗާ ދިމާލުން ނަގާ ރާޅުގެ ބިޔަކަމާއި އުސްކަމަކަށް އޭނާ ފަރުވާލެއް ނެތެވެ. ހިތުގައި ބިރުވެރިކަމެއްވެސް ނެތެވެ. އެ އަށް ވުރެ ބޮޑަށް މިކަމުން އޭނާއަށް ލިބޭ ހިތްހަމަޖެހުމާ އުފާވެރިކަން ބޮޑެވެ. ދުވާލުގެ 12 ގަޑިއިރުގެ ގިނަ ވަގުތު އޭނާ ހޭދަކުރަނީ "ކަޅެގަލެގޮޑާ"އޭ ރަށު މީހުން ކިޔާ ދެކުނު ފުއްޓަރުގެ ރާޅުގަނޑުގެ ތެރޭގައެވެ.

މިއީ މި ފަހުން ރާއްޖޭގެ ސާފިންގެ މަލަމަތި ބަދަލުކޮށްލި ގައްދޫގެ "ޓައިގަ ވޭވްސް" ސާފަރުންގެ ފެށުމެވެ. ގައްދޫގެ ސާފިން ބާނީ އަހުމަދު ރަޝީދު (ހަންވީ)ގެ މަސައްކަތުން ރަށުގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރުގެ ފެށުމެވެ.

ކިޔެވުމަށް ވުރެ އޭރު ވެސް އޭނާގެ ޝައުގުވެރިކަން އޮތީ މޫދު ކުޅިވަރަށެވެ. ރަށުގެ ގިނަ ޒުވާނުން ފުޓްބޯޅައާއި ވޮލީބޯޅައަށް ޝައުގުވެރިކަން ހުންނައިރު، ގޭގެ ކުރިމަތީގައި އޮންނަ މޫދަކީ އޭނާގެ ކުޅިވަރު މައިދާނެވެ. މި ދާއިރާ އިން އޭރު މާ ގިނަ ފުރުސަތުތަކެއް ލިބެން ނެތްކަމުގައި ވިޔަސް ސާފިން އަށް ހުރި ޝައުގުވެރިކަމާއި ފޯރިއެއް ކަނޑުވައެއް ނުލެވުނެވެ.

ގައްދޫގައި ސާފިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަހުމަދު ރަޝީދު (ހަންވީ): ފޮޓޯ / އެމްއެސްއޭ
ގައްދޫގައި ސާފިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަހުމަދު ރަޝީދު (ހަންވީ): ފޮޓޯ / އެމްއެސްއޭ

ގައްދޫގައި ސާފިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަހުމަދު ރަޝީދު (ހަންވީ): ފޮޓޯ / އެމްއެސްއޭ

މިހާރު މިއީ އޭގެ 15 އަހަރު ފަހެވެ. ގައުމީ ފެންވަރުގައި ސާފިން އަކީ މަގުބޫލު ކުޅިވަރެކެވެ. ސާފަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ފުރުސަތުތަކެއްވެސް އެބައޮތެވެ. ފަތުރުވެރިކަމުގެ މުހިންމު ބަޔަކަށް މިކަން ވެއްޖެ އެވެ. އާމްދަނީގެ ގޮތުން ބަލާއިރު ރަނގަޅު ވަޒީފާއަކަށް ވެސް މިކަން ވެއްޖެ އެވެ. ރާއްޖޭގެ ގައުމީ ސާފިން ޓީމެއް އެކުލަވާލައި ބައިނަލްއަގްވާމީ މުބާރާތްތަކަށްވެސް މިހާރު ރާއްޖެ ވާދަކުރަން ފަށައިފި އެވެ. މި ވަގުތު ރާއްޖޭގެ ގައުމީ ޓީމުގެ ހަތަރު ސާފަރުންގެ ތެރެއިން ތިން ސާފަރުންނަކީ ގައްދޫ އަށް ނިސްބަތްވާ ސާފަރުންނެވެ.

މިވަގުތު ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނޭ ގައްދޫގެ ތިން ސާފަރުންނަކީ ވެސް ހަންވީ އަތުގައި ހިފައިގެން ރާޅަށް ނިކުތް ކުދިންނެވެ. އެންމެ ފަހުން ބޭއްވި ގައުމީ ލީގުގެ "ކަޅެގަލެކޮޑާ 2022"ގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) އަކީި ހަންވީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު (ހޯޖާ) އަކީ ހަންވީގެ ދެ ބެއިންގެ ދެ ދަރި ކޮއްކޮ އެވެ. އުންމީދީ ސާފަރު ނަޖާހު މުހައްމަދު (ކަނބޯ)ގެ ކެރިއަރުގެ ފެށުމަކީ ހަންވީގެ އިރުޝާދާ އެހީތެރިކަމެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ އެންމެ ފަހުގެ ބަލާއިރު ރާއްޖޭގައި ބޭއްވި ކޮންމެ ސާފިން މުބާރާތެއްގައި ގައްދޫގެ ސާފަރުންގެ ވިދުން ގަދައެވެ.

ގައްދޫގެ ސާފިން ޓީމްގެ ބައެއް މެންބަރުން : ފޮޓޯ / އެމްއެސްއޭ
ގައްދޫގެ ސާފިން ޓީމްގެ ބައެއް މެންބަރުން : ފޮޓޯ / އެމްއެސްއޭ

ގައްދޫގެ ސާފިން ޓީމްގެ ބައެއް މެންބަރުން : ފޮޓޯ / އެމްއެސްއޭ

ބޮޑު ކާމިޔާބީ އަށް ބަލާއިރު، ގައްދޫ ސާފަރުންގެ ޗެޕްޓަރު ފަށަން ޖެހެނީ 2019 އިންނެވެ. ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި "ދަ ޓްރަޔަލްސް" ކާމިޔާބުކުރީ ސްމައިލީ އެވެ. އޭގެ ފަހުން ގައުމީ ޓީމާ އެކު ސްމައިލީ ވަނީ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ޝޯޓްބޯޑް ކެޓަގަރީގެ ފައިނަލް ހީޓުގައި ވާދަކޮށްފަ އެވެ. އޭގެ ޖެހިގެން އައި އަހަރު މުޅި ދުނިޔެ އަށް ބަލިމަޑުކަމެއްގެ ސިފައިގައި ބިންދާލި ކޮވިޑް-19ގެ އެކި ރާޅުތަކުގެ ސަބަބުން މޫދުކުޅިވަރުތައް އޮތީ ހުއްޓިފަ އެވެ.

ދެ އަހަރެއްހާ ދުވަހުގެ ހުއްޓުމަކަށް ފަހު 2021 ވަނަ އަހަރުގެ ގެ ފުރަތަމަ މުބާރާތް ކަމަށްވާ ގައްދޫ ޕްރޯގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޯދީ ވެސް ގައްދޫގެ ދެ ސާފަރުންނެވެ. ކުއާޓާ ފައިނަލުގައި ވާދަކުރި އަށް ސާފަރުންގެ ތެރެއިން ފަސް ސާފަރުންނަކީ ގައްދޫގެ ޒުވާނުންނެވެ.

އޭގެ ފަހުން ބޭއްވީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ އެއް ވަނަ ހޯދީ ހޯޖާ އެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ކަނބޯ އެވެ. ގައުމީ މުބާރާތުގެ އެއް ވަނަ ޓީމަކަށް މާލެ ހޮވުނުއިރު ދެ ވަނަ ހޯދީ ގައްދޫ އެވެ. މައިގަނޑު ސަބަބަކަށްވީ ގައްދޫގެ ސާފަރުން ވާދަކުރި އިވެންޓްތައް މަދުވުމެވެ.

މި އަހަރުގެ ސީޒަން ފެށި ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ގައްދޫ ޕްރޯ މުބާރާތާ އެކުގަ އެވެ. މިފަހަރު ވެސް ފައިނަލުގައި ވާދަކުރީ އެ ރަށުގެ ދެ ސާފަރުންނެވެ. ސެމީ ފައިނަލުގައި އެރަށުގެ ތިން ސާފަރުން ވާދަކުރިއިރު، ކުއާޓާ ފައިނަލުގައި ވާދަކުރި ހަ ސާފަރުންގެ ތެރެއިން ހަތަރު ސާފަރުންނަކީ ގައްދޫގެ ސާފަރުންނެވެ.

ގައްދޫގައި ސާފިން އަށް ފޯރި ގައްދޫ އިން ދައްކާލީ ގައްދޫ ޕްރޯ ނުވަތަ "ކަޅެގަލެކޮޑާ 2022" ހުޅުވުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތު އެތައް ގޮތަކުން ފާހަގަކޮށްލެވެނެވެ. މުޅިން ތަފާތު ގޮތަކަށް ގައްދޫގެ ސަގާފަތާއި އާދަކާދަ ދައްކައިދޭ ގޮތަށް ފެނުނު މި ރަސްމިއްޔާތުގައި މައިކް ހިފައިގެން ހުރީ ގައްދޫގެ ސާފަރުންގެ ފިލްމުގެ ހަގީގީ ބަތަލު ހަންވީ އެވެ.

ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ބައިވެރިވި މި ރަސްމިއްޔާތުގައި ގައްދޫގެ ސާފަރުންނަށްޓަކަައި ރަށް ފަހުރުވެރިވާ މިންވަރު ފެނުނެވެ. ސާފިންގެ އަސްލު މަންޒަރު މި ވަގުތު ސިފަކޮށްދޭއިރު، ކުރީ ސަފުގައި ގިނަވާނީ ގައްދޫގެ ސާފަރުންނެވެ. އެއީ މި ވަގުތު އެ ރަށުގެ ސާފަރުންގެ ފަހަތަށް ޖައްސެލެވެން ނެތީމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox