ރަޝިއާ ބިލިއަނަރުންގެ ތިން ޔޮޓާއި ޕްރައިވެޓް ޖެޓެއް މިވަގުތު ރާއްޖޭގައި

އާކަޑީ ރޮޓެންބާގް (ކ)، ވިކްޓާ ރަޝްނިކޯވް (ކ-1)، އެލެކްޒެންޑާ އަބްރަމޯވް (މ) އަދި އިގޯ ކަސަޔޭވް (ވ). ރަޝިއާގެ ބިލިއަނަރުންގެ ޔޮޓްތަކާއި ޖެޓުތަކުގެ މަންޒިލަކަށް ރާއްޖެ ވެފައި ވަނީ ރާއްޖެ އަކީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އެމެރިކާ އާއެކު ވެފައި ނެތުމުން ކަމަށް ބެލެވޭ -- ފޮޓޯ: މުހައްމަދު އިސާމް/އަދަދު

އާކަޑީ ރޮޓެންބާގް (ކ)، ވިކްޓާ ރަޝްނިކޯވް (ކ-1)، އެލެކްޒެންޑާ އަބްރަމޯވް (މ) އަދި އިގޯ ކަސަޔޭވް (ވ). ރަޝިއާގެ ބިލިއަނަރުންގެ ޔޮޓްތަކާއި ޖެޓުތަކުގެ މަންޒިލަކަށް ރާއްޖެ ވެފައި ވަނީ ރާއްޖެ އަކީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އެމެރިކާ އާއެކު ވެފައި ނެތުމުން ކަމަށް ބެލެވޭ -- ފޮޓޯ: މުހައްމަދު އިސާމް/އަދަދު

ރަޝިއާގެ ބިލިއަނަރުންނަށް ނިސްބަތްވާ ތިން ޔޮޓަކާއި ޕްރައިވެޓް ޖެޓެއް މިވަގުތު ރާއްޖޭގައި އޮތްކަން "އަދަދު" އިން ހޯދި ހޯދުންތަކުން އެނގިއްޖެ އެވެ.

ރަޝިއާއިން އިސްވެ ފެބްރުއަރީ 24، ގައި ޔޫކްރެއިނަށް ހަމަލާ ދީ އެގައުމަށް އަރައިގަތުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅާފަ އެވެ. އޭގެ ތެރޭގައި، ރަޝިއާގެ މިހާރުގެ ރައީސް ލެޑިމިއާ ޕުޓިންގެ އަރިސް ބިލިއަނަރުންނާއި އެ މީހުންގެ ކުންފުނިތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅި އެވެ. އެއާއެކު، އެ މީހުންގެ ޔޮޓްތަކާއި ޕްރައިވެޓް ޖެޓްތައް އަމާޒުކުރި އެއް މަންޒިލަކީ ރާއްޖެ އެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައި ރަޝިއާގެ ބިލިއަނަރުންގެ އެސެޓްތައް ފްރީޒްކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވި އެވެ. އެމެރިކާއިން އެފަދަ ކަމެއް ކުރުމަށް ރާއްޖޭގައި އެދިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

އެގޮތުން ބަލާއިރު މިވަގުތު ވެސް ރަޝިއާގެ ބިލިއަނަރުންނަށް ނިސްބަތްވާ ތިން ޔޮޓެއް ރާއްޖޭގެ ސަރަހައްދުގައި އެބައޮތެވެ. އެ މީހުންގެ ޔޮޓްތައް ރާއްޖެއަށް އަމާޒުކުރުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ބެލެވެނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ރާއްޖެއިން އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތަކާއެކު ވެސް ގާއިމުކޮށްފައި ނުވުމެވެ.

ވިކްޓާ ރަޝްނިކޯވް ގެ ޔޮޓް "އޯޝަން ވިކްޓްރީ" ވެސް މިވަގުތު އޮތީ ރާއްޖޭގަ އެވެ. ގާތްގަނޑަކަށް 459 ފޫޓު ހުރި މި ޔޮޓް މިވަގުތު އޮތީ ޕެރަޑައިސް އައިލެންޑް ރިސޯޓް ކައިރީގަ އެވެ. މިއީ 294 މިލިއަން ޑޮލަރުގެ އަގުހުރި ޔޮޓެކެވެ.

ވިކްޓާ ރަޝްނިކޯވްގެ އޯޝަން ވިކްޓްރީ -- ފޮޓޯ: ގެޓީ އިމޭޖަސް
ވިކްޓާ ރަޝްނިކޯވްގެ އޯޝަން ވިކްޓްރީ -- ފޮޓޯ: ގެޓީ އިމޭޖަސް

ވިކްޓާ ރަޝްނިކޯވްގެ އޯޝަން ވިކްޓްރީ -- ފޮޓޯ: ގެޓީ އިމޭޖަސް

ރަޝްނިކޯވް އަކީ ވެސް ދަގަނޑު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި 9.6 ބިލިއަން ޑޮލަރު ހުރި ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އެލެކްޒެންޑާ އަބްރަމޯވްގެ ޔޮޓް "ޓައިޓަން" ރާއްޖެ އައިސްފައި ވަނީ ތުރުކީގެ ހުޅަނގު ދެކުނު ގައި އޮންނަ ޕޯޓް ސިޓީއަކުން ފެބްރުއަރީ 28، ގަ އެވެ. މިވަގުތު އެ ޔޮޓް އޮތީ ދެކުނު މާލެ އަތޮޅުގައި އޮންނަ ވެލައްސަރު ރިސޯޓް ކައިރީގަ އެވެ. އެއީ 257 ފޫޓު ހުންނަ 82 މިލިއަން ޑޮލަރުގެ ޔޮޓެކެވެ.

އެލެކްޒެންޑާ އަބްރަމޯވްގެ ޓައިޓަން -- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ
އެލެކްޒެންޑާ އަބްރަމޯވްގެ ޓައިޓަން -- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ

އެލެކްޒެންޑާ އަބްރަމޯވްގެ ޓައިޓަން -- ފޮޓޯ: އަލަމީ ސްޓޮކް ފޮޓޯ

ދަގަނޑު އުފައްދައި އެކްސްޕޯޓް ކުރުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަބްރަމޯވްގެ މިލްކިއްޔާތުގައި 5.9 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން އަންދާޒާ ކުރެ އެވެ. އޭނާގެ ވިޔަފާރި ޕާޓްނަރުންގެ ތެރޭގައި ޗެލްސީ ވިއްކާލާނެކަން މިހާރު އިއުލާންކޮށްފައިވާ ރޯމަން އަބްރަމޮވިޗް ވެސް ހިމެނެ އެވެ. އޭނާ އާ ދެކޮޅަށް 2018 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ހަމައެހެންމެ، އިގޯ ކަސަޔޭވްގެ ޔޮޓް "މައި ސްކައި" ވެސް އޮތީ ރާއްޖޭގައި ކަމަށް ޑޭޓާތަކުން ދައްކަ އެވެ. މިވަގުތު އެ ޔޮޓް އޮތީ ގިރާވަރު ފަޅު ބޭރުގަ އެވެ. މިއީ 30 މިލިއަން ޑޮލަރުގެ އަގު ހުރި 168 ފޫޓުގެ ޔޮޓެކެވެ.

އިގޯ ކަސަޔޭވްގެ ޔޮޓް މައި ސްކައި -- ފޮޓޯ: ސުޕާޔޮޓް ޓައިމްސް
އިގޯ ކަސަޔޭވްގެ ޔޮޓް މައި ސްކައި -- ފޮޓޯ: ސުޕާޔޮޓް ޓައިމްސް

އިގޯ ކަސަޔޭވްގެ ޔޮޓް މައި ސްކައި -- ފޮޓޯ: ސުޕާޔޮޓް ޓައިމްސް

ކަސަޔޭވްގެ މިލްކިއްޔާތުގައި 3.6 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން އަންދާޒާ ކުރެ އެވެ. ރަޝިއާގެ ސިގަރެޓް މާކެޓުގެ 70 ޕަސެންޓް ކޮންޓްރޯލް ކުރަނީ ކަސަޔޭވް އާއި އޭނާގެ ޕާޓްނަރު ސަރްގޭ ކަތުސިއޭވް އެވެ.

ރަޝިއާގެ އެންމެ މުއްސަދި ބިލިއަނަރު ކަމަށްވާ ލެޑިމިއާ ޕޮޓަނިންގެ ޔޮޓް "ނިރްވާނާ" ވެސް ރާއްޖޭގައި އޮތުމަށްފަހު މިހާރު ދަތުރުކުރަމުން އަންނަނީ މެދުއިރުމަތީގެ ގައުމަކަށެވެ. އެ ޔޮޓްގެ މަންޒިލް ސާފެއް ނޫނެނެވެ.

ހަމައެހެންމެ، އޮލެގް ޑެރިޕަސްކާގެ ޔޮޓް "ކްލިއޯ" ވެސް ރާއްޖޭގައި އޮތް ކަމަށް ރިޕޯޓްކުރި އެވެ. ލަންކާގެ ގޯލް ޕޯޓުން ފުރައިގެން އައިސް މާޗް 2، ގައި ރާއްޖޭގައި އެ ޔޮޓް ބަނދަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، މިވަގުތު އެ ޔޮޓް ރާއްޖޭގައި ނެތް ކަމަށް ޑޭޓާތަކުން ދައްކަ އެވެ. އެންމެ ފަހުގެ ޑޭޓާ ދައްކާ ގޮތުން އެ ޔޮޓް ދަތުރުކުރަމުން ދަނީ ގަލްފް އޮފް ސުއެޒް އިންނެވެ.

ޕުޓިން އަށް ވާގިވެރިވާ ބިލިއަނަރުންގެ ލިސްޓުގައި ހިމަނައި އެ ދެ މީހުންނާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އޭގެ އިތުރުން، އާކަޑީ ރޮޓެންބާގްގެ ޕްރައިވެޓް ޖެޓު ވެސް މިވަގުތު އޮތީ ރާއްޖޭގައި ކަމަށް ފްލައިޓް ޓްރެކިން އެޕް "ފްލައިޓް ރޭޑާ" ގެ ޑޭޓާތަކުން ދައްކަ އެވެ. މޮސްކޯގެ ނުކޯވޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެ ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަށް ގަޑިއިރާ 12 މިނެޓުގެ ދަތުރެއް ކުރުމަށްފަހު އައިސްފައި ވަނީ މާޗް 1، ގަ އެވެ. އެއީ 60 މިލިއަން ޑޮލަރުގެ ޖެޓެކެވެ.

ރޮޓެންބާގްއަކީ ވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރެކެވެ. އޭނާއަކީ، ޕޫޓިންގެ ކުޑައިރުގެ ރަހުމަތްތެރިއެކެވެ. އަދި، މިހާރު ވެސް ޕޫޓިން ގެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި 2.5 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން އަންދާޒާކުރެ އެވެ.

އެ ޖެޓުގެ އިތުރުން ރަޝިއާގެ ބިލިއަނަރަކަށް ނިސްބަތްވާ އެހެން ޖެޓެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް ނުދައްކަ އެވެ.

ރާއްޖޭގައި މި މީހުންގެ އެސެޓްތައް އެއްވެސް ހުރަހެއް ނެތި ގެންގުޅެމުންދާއިރު ޖަރުމަނުން ވަނީ އިއްޔެ އަލީޝާ އުސްމަނޯވްގެ ޔޮޓް "ދިލްބަރު" އެގައުމުގެ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 14.2 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ރާއްޖޭގެ އިތުރުން، ބަހާމާސް، ސީޝެލްސް، މޮނާކޯ އަދި ބާސެލޯނާ އަށް ވެސް ރަޝިއާ ބިލިއަނަރުންގެ ޔޮޓްތައް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ރަޝިއާގެ ބިލިއަނަރުންނަށް ނިސްބަތްވާ 32 އަށްވުރެ ގިނަ ސުޕާޔޮޓް އޮތްއިރު އޭގެ އަގު 3.7 ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox