އަބްރަހަމް ލިންކަންގެ ހަޔާތުން ލީޑާޝިޕްގެ ފިލާވަޅުތަކެއް

އަބްރަހަމް ލިންކަންގެ ހަޔާތުން ލީޑާޝިޕްގެ ފިލާވަޅުތަކެއް

ހަނގުރާމައެއްގެ ވަގުތަކީ ލީޑަރެއްގެ ހަޔާތުގައި އަންނާނެ އެންމެ އުނދަގޫ ވަގުތެވެ. މޮޅު، ކާމިޔާބު ލީޑަރަކީ އެފަދަ ހާލަތެއްގައި ހުރިހާ ވަގުތެއް ހަނގުރާމައިގެ ވިސްނުންތަކަށް ހުސްކުރާ މީހާ ހެއްޔެވެ؟ އެމެރިކާގެ 16 ވަނަ ރައީސް އަބްރަހަމް ލިންކަން އަކީ އެމެރިކާގެ މަދަނީ ހަނގުރާމައިގެ ތެރެއިން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވި ވަރުގަދަ ލީޑަރެކެވެ. އެމަނިކުފާނުގެ ލީޑާޝިޕް އެންމެ ބޮޑަށް ދައްކުވައިދެނީ ހަނގުރާމައިގެ ތެރޭގައި އަމަލުތައް ބެހެއްޓެވި ގޮތުންނެވެ.

ޑޮރިސް ކީންސް ލިޔުއްވި "ޓީމް އޮފް ރައިވަލްސް - ދަ ޕޮލިޓިކަލް ޖީނިއަސް އޮފް އަބްރަހަމް ލިންކަން" ގައިވާ ގޮތުން އެމަނިކުފާނަކީ ދުވަހުގެ ހާސްކަން ފިލުވާލައި އަނެއް ދުވަހަށް ސިކުނޑި ތާޒާކޮށް ބެހެއްޓެވުމަށް އަރާމުކުރެއްވުމާއި ހިތް އުފާކުރުމަށް އިސްކަންދެއްވި ބޭފުޅެއް ކަމަށެވެ. އެކަން ހަނގުރާމައިގެ ދުވަސްވަރު ވެސް ދޫކޮށެއްނުލައްވަ އެވެ. ލިންކަންގެ އަމަލުތަކުން އެނގެނީ މޮޅު ލީޑަރަކީ ކަމެއް ޖެހުމުން ހުރިހާ ވަގުތެއް އެކަމަކަށް ސިކުނޑި ހުސްކުރުމުގެ ބަދަލުގައި އެކަމުގެ ތެރޭގައި ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނިންމަން ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް، ސިކުނޑި އަށް އަރާމު ދޭން ޖެހިއްޖެ ކަން ވެސް އެނގޭ މީހާ ކަމެވެ.

ހަނގުރާމައިގެ ތެރޭގައި އެމަނިކުފާނަށް މުހިއްމު ނިންމުންތައް ރަނގަޅު ގޮތުގައި ނިންމެވުމުގެ ސިއްރަކީ ސިކުނޑި ރަނގަޅަށް ބެލެހެއްޓެވުމެވެ. ލިންކަން އަކީ އާއްމު ދުވަސްވަރު ވެސް މަޖާ، އުފާވެރި މާހައުލެއް އޮފީހުގައި ދެމެހެއްޓެވި ބޭފުޅެކެވެ. އޭނާ ގަވާއިދުން ފިލްމް ބައްލަވަން ތިއޭޓަރަށް ވަޑައިގަނެ އެވެ. އެކުވެރިންނާ އެކު ވަގުތު ހޭދަކުރައްވަ އެވެ.

Advertisement

އެމެރިކާގެ ރައީސްކަން 1861 އިން ފެށިގެން 1865 ގައި އަވަހާރަކޮށްލުމާ ހަމަޔަށް ކުރެއްވި ލިންކަންގެ ހަޔާތަށް، އެ ފޮތުގެ ތެރެއިން ބަލާލައިފި ނަމަ މިފަދަ އެތައް ފިލާވަޅުތަކެއް ލިބިގެންދާނެ އެވެ.

އެ ފޮތުގައިވާ ގޮތުގައި ލިންކަން އަކީ ލިބޭ ކާމިޔާބީ އެކުގައި މަސައްކަތްކުރާ މީހުންނާ ހިއްސާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަށް ހެއްދެވޭ ގޯސްތަކުގެ ޒިންމާ ނަންގަވަ އެވެ. އަދި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ހެއްދެވޭ ގޯސްތަކުގެ ޒިންމާ އެ މީހުންނާ އެއްވަރަށް ނަންގަވަ އެވެ. އޭގެ ސަބަބުން އެމަނިކުފާނަށް މީހުންގެ ވަފާތެރިކަން ބޮޑުވެ އެވެ.

މީހާގެ ޖަޒުބާތުތައް ކޮންޓްރޯލްކުރުމަކީ ވެސް ކާމިޔާބު ލީޑަރެއްގެ މުހިއްމު ސިފައެކެވެ. ތިމާ އަށް ހެދޭ ގޯސްތައް ދެނެގަނެ، އެކަންކަމަށް އެއްބަސްވެ އެކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހެ އެވެ. ފޮތުގައިވާ ގޮތުގައި ލިންކަން އަކީ ކުރިން ހެދިފައިވާ ގޯސްތައް މާޒީއަށް ދޫކޮށްލެއްވި ބޭފުޅެކެވެ. އެ ކަންކަން އަލުން ގެނެސް އެކަންކަމުގެ ތަދުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ނޫން ކަމެވެ.

އަބްރަހަމްގެ ހަޔާތުން ލިބިދޭ ބައެއް ފިލާވަޅުތައް

  • ސިކުނޑި އަށް އަރާމު ދިނުން
  • ކާމިޔާބީ އެހެން މީހުންނާ ހިއްސާކުރަން
  • ގޯސްތަކުގެ ޒިންމާ ނެގުން
  • ޖަޒުބާތުތައް ކޮންޓްރޯލްކުރުން
  • ހަމްދަރުދީވުން
  • އިދިކޮޅު ހިޔާލުތައް އަޑުއެހުން
  • މީހުންނާ ބައްދަލުކޮށް ވާހަކަތައް އަޑުއެހުން
  • ގާބިލް މީހުންނަށް ފުރުސަތު ދިނުން
  • ރަނގަޅަށް މުއާމަލާތު ކުރުން

ލިންކަން އަކީ ވެސް ކަންކަމާ ހިތްހަމަނުޖެހި ކޯފާފަދަވާ ބޭފުޅެކެވެ. އެފަދަ ވަގުތުތަކުގައި ލިންކަން ކުރައްވާ ކަމަކީ އެ ރުޅި އައި މީހަކަށް އެޑްރެސްކޮށް، އެމަނިކުފާނުގެ ބަހުން ނަމަ "ހޮޓް ލެޓާ" އެއް ލިޔުއްވަނީ އެވެ. އެ ސިޓީ އަށް ހުރިހާ ހިތްހަމަނުޖެހުންތަކެއް ބަންޑުންކޮށްލައްވަ އެވެ. އެކަމަކު ސިޓީ ނުފޮނުއްވަ އެވެ. އެއް ކައިރީގައި ބާއްވަނީ އެވެ. އެ މީހަކާ ވާހަކަދައްކަން ޖެހިއްޖެ ނަމަ ދައްކަނީ ކޯފާ މަޑުވުމުންނެވެ.

ފޮތުގައިވާ ގޮތުން ލިންކަން އަކީ އެހެން މީހުންނާ މެދު ހަމްދަރުދީވި މީހެކެވެ. އެމަނިކުފާނަށް ހަނގުރާމައިގެ ތެރޭގައި ހެއްދެވުނު އެންމެ ބޮޑު ގޯސް ހެއްދެވުނީ ވެސް އެހެން މީހުންގެ އިހުސާސްތަކަށް މާބޮޑަށް ބައްލަވަން ހައްދަވައިގެންނެވެ. އެމަނިކުފާނަކީ އަބަދުވެސް އެހެން މީހުންނަށް ދެ ވަނަ ނުވަތަ ތިން ވަނަ ފުރުސަތެއް ވެސް ދޭން ބޭނުންވި ލީޑަރެކެވެ. އެ ބަލިފައިގެ ސަބަބުން ހަނގުރާމައިގެ ކުރީކޮޅު ވަކިކުރަން ޖެހޭ ވެރިއަކު ވަކިނުކޮށް ބަހައްޓައިގެން ހަނގުރާމައިގައި ނާކާމިޔާބީތަކެއް ލިބުނެވެ.

ލިންކަން އަކީ ކަންކަމުގައި އެކި މީހުން ދެކޭ ގޮތް އަޑުއެހުމުގެ ގާބިލްކަން ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ އެކަކު އަނެކަކާ ޒާތީނުވެ ދެކޮޅުވެރިނުވެ، އެކަމަކު ކަންކަމާ ދެބަސްވުމުގެ މާހައުލެއް ގާއިމްކުރެއްވި އެވެ. އަދި ހަމައެއާ އެކު އެކި ހިޔާލުތައް އަޑުއައްސަވައި މަޝްވަރާ ނިންމަވާލައްވައި ގޮތް ނިންމަންވީ ވަގުތު އައިސް ޖެހުމުން އެކަން ވެސް އެނގިވަޑައިގެންނެވި އެވެ.

ހަނގުރާމައިގެ ދުވަސްވަރު ލިންކަން ހަނގުރާމައިގެ މައިދާންތަކާއި ހޮސްޕިޓަލަށް ވަޑައިގެންނެވި އެވެ. އޭގެ ސަބަބުން ސިފައިންގެ ރޫހު ރަނގަޅުވި އެވެ. އަދި ފައުޖުތަކާ ގުޅުން އުފެދުނެވެ. އަދި އާއްމު ބައްދަލުވުންތައް ބާއްވަވައި އެންމެންނާ ސަލާމްކުރައްވައި ވާހަކަދައްކަވައި ހެއްދެވި އެވެ. ބުނެވޭ ގޮތުގައި އެމަނިކުފާނު 1861 ވަނަ އަހަރު ގިނަ ވަގުތު ހޭދަކުރެއްވީ ވައިޓް ހައުސް އިން ބޭރުގަ އެވެ.

އެމަނިކުފާނަކީ އޯޕަން ޑޯ ޕޮލިސީއެއް ގެންގުޅުއްވި ބޭފުޅެކެވެ. ލިންކަންގެ ސެކެޓްރީންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާގެ 75 ޕަސެންޓް ވަގުތު ހޭދަކުރެއްވީ މީހުންނާ ބައްދަލުކުރެއްވުމުގަ އެވެ. އަދި މުހިއްމު ނިންމުންތައް ވަގުތުން ވަގުތަށް ނިންމެވުމަށްޓަކައި އަބަދުވެސް ހުންނަނީ ކަންކަމުގެ މައުލޫމާތު ހޯދައިގެންނެވެ. އަދި އެމަނިކުފާނަކީ ކަންކަމަށް އޯޑަރު ކުރެއްވުމުގެ ބަދަލުގައި ކަންކަން ކުރެއްވުމަށް އެދިލެއްވި ބޭފުޅެކެވެ.

ލިންކަން ފާހަގަކުރެވެނީ ވަރަށް ރަނގަޅަށް މުއާމަލާތުކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ އަޑުއަހަން ތިބޭ މީހުން ބައިވެރިކޮށްގެން ވާހަކަތައް ކުރިއަށް ގެންދެވި ބޭފުޅެކެވެ. އަދި ހުނަރުވެރި މޮޅު މީހުން ބައިވެރިކޮށްގެން ކަންކަން ކުރިއަށް ގެންދެވި ލީޑަރެއް ވެސް މެ އެވެ. އެކަމުގައި ވާދަވެރިން ވެސް އިސްތިސްނާ ނުކުރައްވަ އެވެ. އޭގެ ހެއްކަކީ ކެބިނެޓުން ސިޔާސީ ވާދަވެރިންނަށް ފުރުސަތު ދެއްވުމެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox