ހުޅުމާލޭން 1000 ގޯތި ހިލޭ ދޫކުރަން ރައީސަށް ހުށަހަޅައިފި

ހުޅުމާލެ ފޭސް ޓޫ: ސަރުކާރުން ބިން ދޫކުރަން ނިންމާފައި ވަނީ އެ ސަރަހައްދުން-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ހުޅުމާލެ ފޭސް ޓޫ: ސަރުކާރުން ބިން ދޫކުރަން ނިންމާފައި ވަނީ އެ ސަރަހައްދުން-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ދޫކުރަން ސަރުކާރުން ނިންމާފައިވާ 1،000 ގޯތި ހިލޭ ދެއްވުމަށް އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

މާލޭން ގޯތި ދޫކުރުން ރައީސް އިއުލާން ކުރައްވާފައި ވަނީ މާލެއާ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް ފެށުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 1,000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މުއއިްޒު ވިދާޅުވީ ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ސަރުކާރުން ދޭން ކަނޑައަޅާފައިވާ ކަމަށް ބުނާ 1،000 ގޯތީގެ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށެވެ.

އެއީ ހަގީގަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހިލޭ ގޯތި ދޭ އުސޫލުން ހުޅުމާލެ އިން ދޭ ގޯތިތައް މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ނިންމާފައިވާއިރު މާލެ ސިޓީ ކައުންސިލުން ވަނީ މާލެއިން ގޯތި ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ނިންމައިފަ އެވެ. ސަބަބަކީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅޭ ދަފުތަރެއް އެކުލަވައިލެވިފައި އޮތުމުން ކަންކަން ތަންފީޒުކުރަން ސަރުކާރަށް ވެސް ފަސޭހަވާނެތީ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރަން ނިންމާފައިވާ ނަމަވެސް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ އިދާރާތަކުން ސިޓީ ކައުންސިލާ ނުކުރާ ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް މުއިއްޒު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox