ތިން އިރު ރާ އަރައިގެން ބައިލައްކަ ރުފިޔާ ހޯދިދާނެ!

އދ. އޮމަދޫ އަބްދުއް ސައްތާރު އެތުގައި ބަދި ލައްވަނީ: އޭނާ ތިން އިރު 12 ކުރަށް އަރާ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

އދ. އޮމަދޫ އަބްދުއް ސައްތާރު އެތުގައި ބަދި ލައްވަނީ: އޭނާ ތިން އިރު 12 ކުރަށް އަރާ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ދެ ފޫޓެއްހާ ދުރުދުރުގައި ކާލި ބަނދެފައި ހުރި، ދެ މީހުންގެ އިސްކޮޅު ހުންނަ ވަރުގެ ރުކަކަށް ރާ ބާލަން އަރާ ފައިބަން އޭނާ އަށް ނަގަނީ ދިހަ ވަރަކަށް މިނިޓެވެ. ބަޅު ކަންފައްޗަކާއި ފުޅި ބުރިތައް ހިފައިގެން ރާ އަރަަން އޭނާ ދަނީ ބައިސްކަލުގަ ހަލުވި ކަމާއެކު ދުއްވާލައިފަ އެވެ.

އދ. އޮމަދޫ، މޫންލައިޓް އަބްދުއް ސައްތާރު، 62، ކޮންމެ ދުވަހަކު ހެނދުނާއި މެންދުރާއި ހަވީރު 12 ރުކަށް ރާ ބާލަން އަރަ އެވެ. ނާށިން ހަދާފައި ހުންނަ ބަދީގެ ބަދަލުގައި މިހާރު ބޭނުންކުރާ ފުޅި ބުރީގައި، ލިޓަރެއްހާ ރާ ކޮންމެ ރުކަކުން އޭނާ ބާލަ އެވެ. ފެން ހުސްކޮށްފައި ހުންނަ 1.5 ލިޓަރުގެ ފުޅިއެއްގެ ރާ ވިއްކަނީ 75ރ. އަށެވެ.

ދދދ
ދދދ

އަބްދުއް ސައްތާރު ރުކަކުން ރާ ހިފައިގެން ފައިބަނީ: ރާ ލިޓަރެއް ވިއްކަނީ 50ރ. އަށް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"އެކި ކުރުން އެކި ދުވަހު އެކި ވަރަށް ރާ ލިބެނީ، ރާ ވިއްކާފައި ނުވިކޭ ބައި ހަކުރަށް ހަދަނީ،" ސައްތާރު ބުންޏެވެ. "ވިއްކަ ދޭނެ މީހަކު ނުހުންނާތީ މާލެ އަކަށް ނުފޮނުވަން، މާލެ ފޮނުވައިގެން ވިއްކާ ދެ މީހަކު މިރަށުގަ އުޅޭ."

ސައްތާރުގެ ގެ އަށް ގެންދާ ރާ، ގަންނާނެ މީހަކު ވެއްޖިއްޔާ ފުރާނާފައި ވިއްކަނީ އެވެ. ނުވިކޭ ރާ ތާހަކަށް އަޅައިގެން ދިޔާ ހަކުރަށް ވަންދެން، ފޮނު ނަގަމުން، ދަރު ޖައްސައިގެން ކައްކައި ދެނީ އޭނާގެ އަންހެނުންނެވެ. ދެ ލިޓަރު ހުންނަ ވަރުގެ ހަކުރު ފުޅިއެއް ވިއްކަނީ 400ރ. އަށެވެ.

ސައްތާރުގެ ދިން މައުލޫމާތަށް ބަލާއިރު، ރާ އެރުމަކީ ދޫކޮށްލަން ވާވަރުގެ މަސައްކަތެއް ނޫނެވެ. ސައްތާރުގެ ކުރާ މަސައްކަތަށް ބަލާއިރު، ރަނގަޅު ދުވަހެއް ނަމަ، 12 ރުކުން، އޭނާ އަށް ދުވާލަކު 36 ލިޓަރުގެ ރާ ލިބުން ގާތެެވެ. ރާ ލިޓަރެއް 50ރ. އަށް ވިއްކައިގެން 1،800ރ. ގެ އާމްދަނީ އެއް ދުވާލެއްގެ މައްޗަށް ހޯދޭނެ އެވެ. މަހެއްގެ މައްޗަށް ބަލާނަމަ އެއީ 54،000ރ. އެވެ.

ސސ
ސސ

މީހަކަށް ރާ ވިއްކުމަށްޓަކައި ރާ ފުރާނަނީ: ނުވިކޭ ރަލުން ކައްކަކީ ދިޔާ ހަކުރު -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"މިއީ ބުރަ ކަމެއް، ބަލި ވިއަސް ވިއްސާރަ ވިއަސް ތިން އިރަށް ރުކަން އަރަން ޖެހޭނެ، ލިބޭ އެއްޗެއްގެ ދެބައި ކުޅަ އެއްބައި އޮންނާނީ ރުކުގެ ވެރި ފަރާތަށް، އެއީ ވަރަށް ބޮޑު އެއްޗެއް،" ސައްތާރު ބުންޏެވެ.

ތޭރާ ގެސްޓު ހައުސް ހުންނަ، 1،156 މީހުންގެ އާބާދީއެއް އޮންނަ އޮމަދޫގަ ފަސް މީހުން ރާވެރިކަން ކުރެ އެވެ. އޭގެ ތެރޭގައި މުސާރަ އަށް ރާވެރިކަން ކުރުވަން ގެނެސްފައި ހުންނަ ބިދޭސީއެއް ވެސް ހިމެނެވެ. ކޮންމެ ދުވަކު ވެސް އެރަށުން ބާލާ ތާޒާ ރާ މާލެ އަށް ފޮނުވައިގެން ވިއްކަ އެވެ.

"އެއީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް، އިތުރަށް ފުޅާ ކުރަން ވެސް ބޭނުންވާ ކަމެއް، މިހާރު ކުރިއަށްވުރެ ރަށުގައި ރުއް ވެސް ގިނަ ވާނެ،" އޮމަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި އެވެ.

އޮމަދޫ ކައުސިލް ވަނީ ރާ އަރާ މީހުންނަށް 15 ވަރަކަށް ރުއް މަހަކު 100ރ. ގެ ކުއްޔަކަށް ކުއްޔަށް ދޫކޮށްފަ އެވެ. އަމިއްލަ މީހުންގެ ރުއްތަކުގެ ތެރެއިން ވަރަށް ގިނަ ރުއްތައް ވެސް ދޫކޮށްފައި ވަނީ ރާ އެރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox