އެވަޓަން އިން ރަޝިއާގެ ވިޔަފާރިތަކާ ގުޅުން ކަނޑާލައިފި

Mar 2, 2022, 7:25 PM
އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (މާޗް 3) - ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރަޝިއާ އަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ވިސްނުމުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އިން ރަޝިއާގެ ވިޔަފާރިތަކާ ގުޅުން ކަނޑާލައިފި އެވެ.

އެވަޓަންގެ ރަޝިއަން ކޮމާޝަލް ޕާޓްނަރަކީ ޔޫއެސްއެމް އެވެ. އެވަޓަންގެ ޕާޓްނަރުންގެ ގޮތުގައި ޔޫއެސްއެމް އާއި މެގަފޯން އަދި ޔޮޓާ ގުޅިފައި އޮތްއިރު، މި ކުންފުނިތަކަކީ ރަޝިއާ އާއި އުޒްބެކިސްތާންގެ ރަށްވެހިކަން އޮންނަ ވިޔަފާރިވެރިޔާ އަލީޝާ އުސްމާނޯފްގެ ހިއްސާ އޮންނަ ކުންފުނިތަކެކެވެ. ކުރިން އާސެނަލްގެ މައިނޯރިޓީ ހިއްސާދާރަކަށް ހުރި އުސްމާނޯފްގެ ހިއްސާ އެވަޓަންގައި އެބައޮތެވެ.

އުސްމާނޯފަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަރިސް މީހަކަށް ވާތީ އެވަޓަން އިން ނިންމީ އުސްމާނޯފްގެ ވިޔަފާރިތަކާ ގުޅުން ކަނޑާލާށެވެ.

ޕުޓިންގެ އަރިސް މީހެއް ކަމަަަށްވާ ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗް ވެސް ވަނީ އިނގިރޭސި ސަރުކާރުގެ ފިއްތުންތަކާ ހެދި ޗެލްސީ ވިއްކާލަން ނިންމައިފަ އެވެ. އިނގިރޭސި ސަރުކާރުން ރަޝިއާ ވިޔަފާރިތަކަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގިނަ ކްލަބްތަކުން އަންނަނީ ބޯލަނބަމުންނެވެ.

ރަޝިއާގެ ގައުމީ އެއާލައިން "އެއިރޯފްލޮޓް"އާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް މެންޗެސްޓާ ޔުނައިޓަޑުން ވަނީ ނިންމައިފަ އެވެ.

އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ކްލަބް ހިންގުމުގެ ކަންކަމުގައި ނިންމާ ނިންމުންތަކަކީ އޭނާގެ ކޮންޓްރޯލުން ބޭރުގެ ކަންކަން ކަމަށެވެ. އަދި އުންމީދަކީ އަބަދުވެސް ކްލަބްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މަސްލަހަތަށް ބަލާފައި ކްލަބުގެ މެނޭޖްމަންޓުން ކަންކަން ނިންމުން ކަމަށް ލަމްޕާޑް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox