ރަޝިއާގެ ހެލިކޮޕްޓަރެއް ޖަޕާނުގެ ސަރަހައްދަށް ވަނުމުން ނުރުހުން ފާޅުކޮށްފި

ޖަޕާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ދެ ޖެޓު. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ދެ ޖެޓު. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (މާޗް 2) - ޝައްކު ކުރެވޭ ރަޝިއާގެ ހެލިކޮޕްޓަރެއް ޖަޕާނުގެ ވައިގެ ސަރަހައްދަށް ވަނުމުން ދިފާއުގައި ހަނގުރާމަ މަތީ ޖެޓުތައް ފޮނުވައި ޖަޕާން ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޖަޕާނާއި އަވައްޓެރި ޗައިނާ، ރަޝިއާ އަދި ދެކުނު ކޮރެއާއާ ދެމެދު ބޯޑަރު މައްސަލަތައް ވަރަށް ގިނައިން ޖެހެ އެވެ. އަދި ވައިގެ ސަރަހައްދުގެ ދިފާއުގައި ގަވާއިދުން ޖެޓުތައް ދުއްވަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ނޮވެމްބަރު މަހު 127 ފަހަރު، ޑިސެމްބަރު މަހު 142 ފަހަރު އަދި ޖެނުއަރޫ މަހު 49 ފަހަރު ވައިގެ ސަރަހައްދުގެ ދިފާއުގައި ޖެޓުތައް ފޮނުވަން ޖެހުނެވެ.

އެންމެ ގިނައިން ޖެޓުތައް ފޮނުވަން ޖެހެނީ ޗައިނާގެ އުޅަނދުތައް ޖަޕާނުގެ ވައިގެ ސަރަހައްދާ ކައިރި ވާތީ އެވެ. ދެ ވަނައަށް އެންމެ ގިނައިން މައްސަލަ ޖެހެނީ ރަޝިއާއާ އެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނީ އުތުރު ހޮއްކައިޑޯ ރަށާ ދިމާލުން ބުދަ ދުވަހު ރަޝިއާގެ ހެލިކޮޕްޓަރެއް ވައިގެ ސަރަހައްދަށް އެތެރެވި ކަމަށެވެ.

ޖަޕާން އެއާ ސެލްފް ޑިފެންސް ފައުޖުން ވަގުތުން އެލާޓަށް އައިސް، ގިނަ އަދަދެއްގެ ޖެޓުތައް އެ ހިސާބަށް ފޮނުވި އެވެ. އަދި ހެލިކޮޕްޓަރު ދިޔުމަށް އިންޒާރު ދިނެވެ.

"ޑިޕްލޮމެޓިކް ވަސީލަތެއް މެދުވެރިކޮށް މިއަދު އަޅުގަނޑުމެން ވާނީ ރަޝިއާ ސަރުކާރަށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފައި. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ދެންނެވިން،" ސަރުކާރުގެ ތަރުޖަމާނު ހިރޯކަޒޫ މަޓްސޫނޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި އަދި އެ ސަރަހައްދާ ކައިރި ހިސާބުގައި ރަޝިއާގެ ހަރަކާތްތައް އިތުރުވުމަކީ ކަންބޮޑުވާ ކަމެއް."

ޑިފެންސް މިނިސްޓްރީން ބުނީ ބުދަ ދުވަހު ފެނުނު ހެލިކޮޕްޓަރު ވައިގެ ސަރަހައްދަށް އެތެރެވި ސަބަބުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ޔޫކްރެއިން ހަނގުރާމައާ ގުޅުން ހުރި ކަމެއްތޯ ވެސް ބަލާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox