މަރުގެ ތުހުމަތުވާ ކުއްޖެއް ޖަލަށް ބަދަލު ނުކޮށްދިނުމުގެ ކަންބޮޑުވުމާއެކު ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓު: ކުއްޖާ ޖަލަށް ބަދަލުނުކުރާ މައްސަލަ އެ ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސުޕްރީމް ކޯޓު: ކުއްޖާ ޖަލަށް ބަދަލުނުކުރާ މައްސަލަ އެ ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފަނޑިޔާރުންނަށް ލިބޭ ބާރުގެ ދަށުން ގަތުލުގެ ތުހުމަތުވާ ކުއްޖެއް އެނބުރި ޖަލަށް ބަދަލުކޮށްދިނުމަށް ހައިކޯޓުން ވެސް ދެކޮޅު ހެދުމުން، އެ ކަންބޮޑުވުމާ އެކު ދައުލަތުން ސުޕްރީމް ކޯޓަށް ގޮސްފި އެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުދިން ބަންދުކުރުމަށް ހެދި ޑިޓެންޝަރު ސެންޓަރު ނިމުނު ނަމަވެސް ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު، އަނިޔާވެރިގޮތަކަށް މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާކުރި 17 އަހަރުގެ ކުއްޖާ އެނބުރި ޖަލަށް ބަދަލުކުރުމުގެ އަމުރު ނެރެދިނުމަށް ހައިކޯޓުން ދެކޮޅު ހެދީ އެ ކުއްޖާ ގޭބަންދަށް ބަދަލު ކުރިއިރު ކުރި އެއްވެސް ޝަރުތަކާ ހިލާފު ވެފައި ނުވާތީ އެވެ. އަދި ގޭބަންދުގައި ހުރެ، ޝަރީއަތަށް އެއްބާރުލުން ދޭތީ އެވެ.

އެ ކުއްޖާ ގޭބަންދަށް ބަދަލުކުރީ، އޭރު ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިން ބަހައްޓާފައި ތިބީ، ކުޑަކުދިން ބެހެއްޓުމަށް އެކަށީގެންނުވާ ޖަލެއްގައި ކަމަށް އެޗްއާރްސީއެމުން އޮކްޓޯބަރު، 2021 ގައި ކަނޑައަޅާފައިވާތީ އެވެ. ނަމަވެސް އެ ކުދިންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ޑިޓެންޝަން ސެންޓަރެއް ހެދުމަށްފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހޯމް މިނިސްޓްރީއިން އެތަން ރަސްމީކޮށް ހުޅުވާ، ޖަލެއްގެ ހައިސިއްޔަތު ދިނުމާ އެކު މިހާރު ވަނީ އެ ހާލަތު ބަދަލުވެފަ އެވެ.

އެހެންވެ އެ ކުއްޖާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ދައުލަތަށް ފެންނާތީ، ޖަލަށް ބަދަލުުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދުނެވެ. އެ ކޯޓުން އެ އަމުރު ނުނެރެދިނުމުން ހައިކޯޓަށް ގޮސްގެން ވެސް ދައުލަތަށް ކާމިޔާބެއް ނުލިބުނެވެ.

"ފަނޑިޔާރުންނަށް ލިބިދޭ ބާރާއި އިހްތިޔާރު އެކަލަ [ކުޑަކުދިންނާ ގުޅުންހުރި] މައްސަލަތަކުގައި ބޭނުންކުރެވޭނެ މިންވަރު ކަނޑައަޅާ ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދިޔައީ،" ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބޭ ބާރާއި އިހްތިޔާރުގެ ބޭނުންކޮށް، ހައިކޯޓުން އެ ކުއްޖާ އެނބުރި ޖަލަށް ބަދަލުކޮށް ނުދިނުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާކަން ފާހަގަކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގާނޫނެއްގެ ދަރަޖަ ލިބޭއިރު، އެ އިސްތިއުނާފީ މައްސަލާއާ ގުޅިގެން ކުޑަކުދިންގެ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލިބޭ ބާރާއި އިހްތިޔާރު ބޭނުންކުރެވޭނެ އިމެއް ކަނޑައެޅިގެން ދާނެ ކަމުގައި އުންމީދު ކުރާ ކަމަށެވެ.

އެ ކުއްޖާ އެނބުރި ޖަލަށް ބަދަލުކޮށްނުދިމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޗިލްޑްރެންސް އޮޕްބޮޑްސް އޮފީހުގެވެސް ކަންބޮޑުވުމެކެވެ. އެއީ ގަތުލުގެ ތުހުމަތުވާ ކުއްޖެއް ގޭބަންދުގައި ބެހެއްޓުމަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިހުމާލު އޮތް ކަމަކަށް ވާތީ އެވެ.

"މި އޮފީހުން ދަނީ ހައިކޯޓުގެ ހުކުމް ދިރާސާކޮށް ބަލަމުން، އެ މައްސަލަ ހިނގަމުންދާ ގޮތް ގާތުން މޮނީޓާ ކުރަމުން (ބަލަމުން) ދަނީ،" ޗިލްޑްރެންސް އޮޕްބޮޑްސް އޮފީހުން ބުންޏެވެ.

އެ ކުއްޖާއަށް މިދިޔަ ނޮވެމްބަރު މަހު 18 އަހަރު ފުރިފައި ވީނަމަވެސް، ޕީޖީން ބުނީ މި ކުށަށް އޭނާ އަރައިގަނެފައި ވަނީ ކުޑަކުއްޖެގެ ގޮތުގައި ހުރެ ކަމަށްވުމުން، ދައުވާ ކުރާނީވެސް ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް މި މައްސަލާގައި ޝަރީއަތް ކުރާއިރު، ކުޑަކުދިންނަށް ލިބޭ ހައްގުތައް ލިބޭނެ ކަމަށެވެ.

ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާ

- ގަސްތުގައި މީހަކު މެރުން

- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

- މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން

އަލަށް އިމާރާތް ކުރި ސެންޓަރު ފަރުމާކޮށްފައި ވަނީ އެ ކުދިންނަށް ތައުލީމް އުނގަންނަވައިދެވޭނެ ގޮތަށް ކްލާސްރޫމާއި ތަމްރީން ކޮޓަރިތަކާއި ވެސް އެކު އެވެ. ގިނަ ހިދުމަތްތަކާ އެކު އެ ޖަލު ހަދާފައި ވަނީ ބައިނަލްއަގްވާމީ ފެންވަރަށެވެ.

ނަމަވެސް, އެ ސެންޓަރު ހެދެންދެން ގެއަށް ބަދަލުކުރި އެއްވެސް ކުއްޖެއް އެނބުރި ސެންޓަރަށް ބަދަލުކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox