މަގު ބަންދުކޮށްގެން މާލޭގައި މާހެފުން ބޭއްވުމުގެ ހުއްދަ ދެނީ

ހުޅުމާލެ ފޭސް ޓޫގެ މަގުމަތީ ހެދިކާ ވިއްކަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ހުޅުމާލެ ފޭސް ޓޫގެ މަގުމަތީ ހެދިކާ ވިއްކަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭގެ ބޮޑެތި މަގުތައް ފިޔަވާ ހުރިހާ މަގެއްގައި މާހެފުން ބޭއްވުމަށް ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޒަމާނުއްސުރެ މާފެހުމަކީ ރޯދަމަސް ކައިރިވުމުން އާއިލީ އަދި އަވައްޓެރިން ޝާމިލްވެގެން ބާއްވާ ކެއުމެކެވެ.

ސިޓީ ކައުންސިލުން ބުނީ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ވެސް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މި މަހުގެ 25، 26، 29 އަދި 30 މިހަތަރު ދުވަހު މާލޭގެ ބޮޑެތި މަގުތައް ފިޔަވާ އެހެނިހެން މަގުތަކުގައި ހާއްސަ ކުރާނެ ކަމަށެވެ.

އަދި އެ ހަރަކާތް ބޭއްވުމަށް އެދި ސިޓީ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ވެސް ރޯދަމަހާ ދިމާކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ސީޓީ ކައުންސިލުން ނިންމާފައިވެ އެވެ. އެގޮތުން ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށަށް ހާއްސަކޮށް ސިޓީ ކައުންސިލުން ރާވައިގެން މަދަހަ މުބާރާތެއް ކުރިއަށް ގެންދިއުމާއި، ހެޔޮ އެދޭ ފަރާތްތަކާ މަޝްވަރާކޮށްގެން ގުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އަސުރު ނަމާދަށްފަހު މާލޭގެ ހުރިހާ މިސްކިތެއްގައި ދަރުސް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އަމިއްލަ ޖަމާޢަތްތަކުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ރޯދަ ވީއްލުމަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox