ވޯލްޑް ބޭންކުން އަފްގާނިސްތާނަށް އެއް ބިލިއަން ޑޮލަރުގެ އެހީ އިއުލާންކޮށްފި

ވޯލްޑް ބޭންކުން ބުނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާ ތާލިބާނުންގެ އަތަށް ނާރާނެ ކަމަށް.

ވޯލްޑް ބޭންކުން ބުނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާ ތާލިބާނުންގެ އަތަށް ނާރާނެ ކަމަށް.

ވޮޝިންޓަން، އެމެރިކާ (މާޗް 2) - އަފްގާނިސްތާނަށް އިންސާނީ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ފޯރުކޮށްދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް އަފްގާނިސްތާން ރީކޮންސްޓްރަކްޝަން ޓްރަސްޓް ފަންޑްގެ ދަށުން 280 މިލިއަން ޑޮލަރު ދޫކުރި އެވެ.

ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފަންޑު ބޭނުން ކުރާނީ "އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ނާޒުކު ހާލަތްތަކުގައި ތިބި ރައްޔިތުން ރައްކާތެރި" ކުރުމަށެވެ.

މިދިޔަ އޯގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު ވޯލްޑް ބޭންކުން އަފްގާނިސްތާނަށް އެހީ ފޯރުކޮށްދިނުން މެދުކަނޑާލި އެވެ.

އަފްގާނިސްތާން ރީކޮންސްޓްރަކްޝަން ޓްރަސްޓް ފަންޑަކީ ގިނަ ޑޯނަރުންތަކެއްގެ އެހީއިން ހިންގާ ފަންޑެކެވެ. އޭގެ އަމާޒަކީ އަފްގާން ރައްޔިތުން ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމެވެ.

ތާލިބާނުން ވެރިކަމަށް އައުމާ ހަމައަށް އަފްގާނިސްތާނުގެ ތަރައްގީއަށް އެންމެ ގިނައިން ފައިސާ ފޯރުކޮށްދެމުން ދިޔައީ އެ ފަންޑުންނެވެ. އަފްގާނިސްތާނުގެ ބަޖެޓުގެ 30 ޕަސެންޓަކީ އެ ފަންޑުން ލިބޭ ފައިސާ އެވެ.

ބައިނަލްއަގްވާމީ މުޖުތަމައިން ތާލިބާން ސަރުކާރު ބަލައިގެންފައި ނުވާތީ ވޯލްޑް ބޭންކުން ތާލިބާނުންގެ އަތަށޤ އެހީގެ ގޮތުގައި ފައިސާ ނުދޭނެ އެވެ.

އޭގެ ބަދަލުގައި ފައިސާ ފޯރުކޮށްދޭނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އދ. ގެ އެޖެންސީތަކަށެވެ. އޭގެ ތެރޭގައި ޔުނިސެފް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox