ޔޫކްރެއިންގައި ތާށިވެފައި ތިބި ކުޅުންތެރިން އެހެން ގައުމުތަކަށް

Mar 2, 2022, 3:09 AM
ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ކުޅުންތެރިން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ކުޅުންތެރިން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ކިޔޭވް، ޔޫކްރެއިން (މާޗް 2) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގައި ތާށިވެފައިތިބި ކުޅުންތެރިން އެހެން ގައުމުތަކަށް ފޮނުވުުގެ މަސައްކަތް އެ ކްލަބްތަކުން ކުރަމުން އެބަދެ އެވެ.

އެ ގޮތުން މިހާތަނަށް ޔޫކްރެއިންގެ އެއް ކްލަބް ކަމަށްވާ ޝަހުތަރު ޑޮނެސްކުން ވަނީ އެ ކްލަބްގައި ހިމެނޭ 12 ކުޅުންތެރިއަކު ރޫމޭނިއާ އަށް ފޮނުވާލައިފަ އެވެ. މީގެ އިތުރުން ޔޫކްރެއިންގެ ޑިނިޕްރޯ އަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިން ވެސް ރޫމޭނިއާ މަގުން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ޔޫކްރެއިންގައި ތިބި ކުޅުންތެރިންތައް ސަލާމަތްކުރުމުގެ މަސައްކަތުގައި ޔުއެފާ އާއި ރުމޭނިއާ އަދި މޮލްޑޯވާ އިން އަންނަނީ އެކުއެކީގައި މަސައްކަތްތަކެއް ކުރަމުންނެވެ.

ޔޫކްރެއިން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެކަމަށްޓަކައި ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން އާއި މޮލްޑޯވާ ފުޓްބޯޅަ ރައީސް ލިއޯނިޑް އޮލެއިނިޗެންކޯ އަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާ އިން ޔޫކްރެއިނަށް ގަދަބާރުން އަރައިގަނެގެން، ހަނގުރާމައެއް ފެށުމާ އެކު ޔޫކްރެއިންގައި ތިބި ފުޓްބޯޅަ ކުޅުންތެރިންތައް އަވަހަށް އެ ގައުމު ދޫކޮށްދާން ބޭނުންވި އެވެ. އެކަމަކު، އެހާ އަވަހަށް އެކަން ކުރެވޭނެ ގޮތެއް ހަމަނުޖެހި، ޔޫކްރެއިންގެ އެކި ސިޓީތަކުގައި ކުޅުންތެރިން ތާށިވި އެވެ. ވަކިވަކި ތަންތަނުގައި ކުޅުންތެރިން ބޭތިއްބުމުގެ ބަދަލުގައި ކްލަބްތަކުން އަވަސްވެގަތީ ހުރިހާ ކުޅުންތެރިން އެއްތަނަކަށް ޖަމާކޮށް، ޔޫކްރެއިނުން އެކުއެކީގައި އެ ކުޅުންތެރިން ފޮނުވާލެވޭނެ ގޮތްތަކެއް ހަމަޖައްސާށެެވެ. އެކަންކަން ކުރުމުގައި ޔޫކްރެއިންގެ ކްލަބްތަކުން ވަނީ އެކި ކުޅުންތެރިން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާ ވާހަކަ ދައްކައި، ހައްލުތަކެއް ހޯދައިފަ އެވެ.

ޔޫކްރެއިނާ މެދު ރަޝިއާ އިން އަަމަލުކުރަމުން އަންނަ ގޮތާ ހެދި ފީފާ އާއި ޔުއެފާ އިން ވަނީ ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ. އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ފިޔަވަޅު އަޅަން އެކިއެކި ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox