ކުޅުދުއްފުށީ ޒިގްޒެގް އޮފީސް ފުޓްސަލް ކަޕް: ތަށި އުފުލާލީ އުރީދޫން

Mar 1, 2022, 10:39 AM
މުބާރާތް ކާމިޔާބުކޮށް, އުރީދޫއިން އުފާ ފާޅުކުރަނީ --

މުބާރާތް ކާމިޔާބުކޮށް, އުރީދޫއިން އުފާ ފާޅުކުރަނީ --

ކުޅުދުއްފުށީ ސިޓީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ 'ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް'ގެ ފައިނަލްގައި 5-1 އިން ދިރާގު ބަލިކޮށް, އުރީދޫއިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކުޅުދުއްފުށީ ފުޓްސަލް ދަނޑުގައި އޮތް ފައިނަލް މެޗްގައި އުރީދޫ އިން ދިރާގުގެ މައްޗަށް ކާމިޔާބު ހޯދީ 1-5 ލަނޑުގެ ނަތީޖާ އަކުންނެވެ. ފައިނަލްގެ މެޗްގެ މޮޅު ކުޅުންތެރިޔާއަކީ އުރީދޫގެ މުހައްމަދު ރިފްޝާނެވެ. މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭ ވެސް އޭނާ ހިމެނެ އެވެ.

މޮޅު ކުޅުންތެރިންގެ ތެރޭ ދެން ހިމެނެނީ އުރީދޫ ޓީމްގެ ކީޕަރު ސައްމޫން މުހައްމަދާއި އެ ޓީމުގެ ޖުމައިލް ޖަމީލް އަދި ދިރާގު ޓީމްގެ ޔާމިން މުހައްމަދު (ޔާންޓެ) އާއި ހަމްދޫން އަހުމަދު (ހަމްދު) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް އުރީދޫގެ ޖުމައިލް ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ކަސްޓަމްސް އާރްސީގެ ހަސަން ނޫރިޝް އެވެ. އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ.

ފައިނަލް މެޗް ޝަރަފުވެރިކޮށް ދެއްވީ މުބާރާތުގެ ޕްރިމިއަމް ސްޕޮންސަރު ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. މި މަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތުގައި ކުޅުދުއްފުށީގެ އެކި އޮފީސްތަކާއި މުއައްސަސާތަކުން ޖުމްލަ 12 ޓީމެއް ބައިވެރިވި އެވެ.

"މިއީ މި ސިޓީގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް, މި މުބާރާތަށް އޮފީސްތަކުން ވަރަށް ބޮޑު ހޭދައެއްކޮށް ދުރާލާ ތައްޔާރުވޭ," ޒިގްޒެގްގެ އޮފިޝަލަކު ބުންޏެވެ.

ޒިގްޒެގް ޖަމިއްޔާއިން ގެންދަނީ ކުޅުދުއްފުށީގައި މި މުބާރާތުގެ އިތުރުން ވެސް ކުޅިވަރުގެ ގިނަ މުބާރާތަކެއް ބާއްވަމުންނެވެ. އެގޮތުން, މި އަހަރަށް ވެސް އިތުރު މުބާރާތްތަކެއް އެ ޖަމިއްޔާއިން ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox