ނަސްރު ޓީމެއް ގޮވައިގެން ބޮޑު އުންމީދަކާ އެކު ތުރުކީ މެރަތަން އަށް

Mar 1, 2022, 4:30 AM
ރަންތާލިޔާގައި ބާއްވާ އިވެންޓްގައި ވާދަކުރާ ދިވެހި ދުވުންތެރިންގެ ޓީމު.

ރަންތާލިޔާގައި ބާއްވާ އިވެންޓްގައި ވާދަކުރާ ދިވެހި ދުވުންތެރިންގެ ޓީމު.

އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު) އަންނަ އާދިއްތަ ދުވަހު ތުރުކީގައި ބާއްވާ މެރަތަން އަކަށް މިއަދު ބޮޑު އުންމީދަކާ އެކު ފުރައިފި އެވެ.

ނަސްރު، އޭނާގެ 79 ވަނަ މެރަތަން ދުވަން ނިންމާފައިވަނީ އޭނާ ކޯޗުކޮށްދޭ ހަތަރު ދުވުންތެރިން ވެސް ވާދަކުރާ އިވެންޓެއް ކަމަށްވާ, ތުރުކީގެ ރަންތާލިޔާ އިވެންޓްގަ އެވެ. އަންނަ އާދިއްތަ ދުވަހަށް ޝެޑިއުލްކޮށްފައިވާ މި އިވެންޓްގައި ނަސްރާއި މުހައްމަދު އިރުފާން ފުލް މެރަތަން ދުވަން ނިންމާފައިވާއިރު، ދެން ވާދަކުރަނީ ހާފް މެރަތަން ދުވަން ނިންމާފައިވާ، އަހުމަދު ޒިޔާން، ރިޒާން ރަޝީދު، ޔޫސުފް އިބްރާހިމް އަދި އަހުމަދު ޒިޔާން މުހައްމަދު އެވެ.

ނަސްރު ކޯޗުކޮށްދެމުން އަންނަ ބައެއް ދުވުންތެރިންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.

މިއީ ނަސްރު ތުރުކީގައި ދުވާ ހަތަރު ވަނަ ފަަހަރެވެ.

ސިފައިންގޭގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގަ އެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ.

އެ ގޮތުން އެ މުބާރާތުގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނައިގައި އޮވެ، އެ ރޭހުގެ އެންމެ ފަހު 400 މީޓަރުގައި ތަފާތު ހިތްވަރެއް ނެރެ، ކުރިއަށް ޖެހިލި ގޮތަށް ގޮސް ރޭހުގެ ތިން ވަނަ ނިންމާލި އެވެ. އެއީ އޭނާގެ ވިސްނުން ދިގު ދުވުންތަކާ ދިމާލަށް ދިޔަ ސަބަބެވެ. އެ ވިސްނުމުގައި ކުރިއަށް ޖެހި، 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި، ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ.

އިންޓަނޭޝަނަލް މެރަތަންއެއްގެ ތެރެއިން މޯޑު (ކ) އާއި ނަސްރު ދުވަނީ.

މިހާރު ނަސްރު އަމާޒަކަށް ހަދައިގެން ހުރީ މެރަތަން ދުވެގެން ސަރަަހައްދުގެ ނޫނީ ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވުމެވެ. އެ ދަތުރުގައި އޭނާ އަމާޒަކީ އަމިއްލަ ކުރިއެރުން އެކަންޏެއް ނޫނެވެ. ދުވުންތެރިން އުފައްދައި، ކޯޗުކޮށްދީ އިންޓަނޭޝަނަލް އިވެންޓްތަކަށް ގެންދަން ވެސް އޭނާ އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

އެ ގޮތުން މި ފަހަރުގެ ތުރުކީ އިވެންޓަށް ނަސްރު ދިޔައީ އާ ދެ ދުވުންތެރިން ގޮވައިގެންނެވެ. ދެން ހިމެނެނީ ގައުމީ ލެވަލްގެ ދެ އެތުލީޓުންނެވެ.

ނަސްރު، "އަދަދު" އަށް ބުނީ އެކަށީގެންވާ ކާމިޔާބެއް މި ދުވުންތެރިންގެ ފަރާތުން ވެސް އުންމީދުކުރާ ކަމަށާއި ބޭނުމަކީ ރަނގަޅު ޓައިމިން އެއް ކަމަށެވެ.

"މީގެ ކުރިން ވެސް ނަަސްރުގެ އެތުލީޓަކު ވަނީ ރަންތަލިޔާ އިވެންޓުން އެއް ވަނަ ހޯދާފައި. އެއީ މުހައްމަދު ރަޝީދު (މޯޑު). އެހެންވެ، އުންމީދު އެބައޮތް ކާމިޔާބެއް ހޯދިދާނެ ކަމުގެ ވެސް. ކޯޗެއްގެ ގޮތުގައި ހުރެ، މި އިވެންޓްގައި މި ދުވާ ދުވުންތެރިން ވެސް ގައުމީ ލެވަލަށް ބަލާއިރު، ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމުގެ އުންމީދު އެބައޮތް،" ނަސްރު ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ދެ ދުވުންތެރިއަކު ޑާކާ މެރަތަންގައި ވާދަކުރިއިރު، ޓީމުގެ ކޯޗަަކަށް ހުރީ ނަސްރު އެވެ.

ނަސްރު ވަނީ ބައިނަލްއަގުވާމީ އިވެންޓްތަކުން ދުވުންތެރިންނަށް ފުރުސަތު ފަހިކޮށްދޭން ރާއްޖޭގެ އެތުލެޓިކް އެސޯސިއޭޝަނުން ކޮށްދޭ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox