ގައްދޫގެ ސާފިން ރަސްގެފާނު ސްމައިލީގެ ވިދުން ފަނޑެއް ނުކުރެވުނު!

ގައްދޫގެ ސާފިން ރަސްގެފާނު ސްމައިލީގެ ވިދުން ފަނޑެއް ނުކުރެވުނު!

ރާއްޖޭގެ ސާފިންގެ އެންމެ އަލިގަދަ ތަރިން މި ވަގުތު ތިބީ ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫގަ އެވެ. އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ރާޅުގަނޑަކީ އެރަށުގެ ޒުވާނުންގެ ހިތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ރާޅުގަނޑުން ނެގި ވަރުގަދަ ރާޅުތަކުގެ ފޮނުގަނޑުން ނިކުމެގެން އައިސް ގައްދޫގެ އިސްމާއިލް ރަޝީދު (ސްމައިލީ) ރާއްޖޭގެ ސާފިންގެ ރަސްކަމަށް އެރީ 2019 ވަނަ އަހަރެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އިން ކުރިއަށް ގެންދިޔަ "ދަ ޓްރަޔަލްސް"ގެ އެއް ވަނަ ހޯދައި ރާއްޖޭގެ އެއް ވަނަ ސާފަރުގެ މަގާމް ހޯދި އެވެ. އޭގެ ފަހުން 2020 ގައި އެ ރަށުގައި ބޭއްވި ގައްދޫ ޕްރޯ މުބާރާތުގެ އެއް ވަނަ ހޯދައި މަގާމު ދިފާއުކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރު މާލޭގައި ބޭއްވި ރަންނަމާރި ޗެލެންޖުގެ ކުއާޓާ ފައިނަލުން ކެޓުމާ އެކު ސްމައިލީ އަށް މަގާމު ގެއްލުނެވެ. އޭނާގެ ތަރި އޮއްސިއްޖެ ކަމަށް ބުނި އެންމެންނަށް އަނެއްކާ ވެސް ސްމައިލީ މިވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ.

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތްކަމަށްވާ "ކަޅެގަލެކޮޑާ 2022" ގެ ޗެމްޕިއަންކަން ސްމައިލީ މި ވަނީ ހޯދައިފަ އެވެ. ސްމައިލީ މި މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކުރިއިރު ސްކޯއިން ކައިރިކޮށްލެވޭ ވަރުގެ ވާދައެއް ކޮށްލެވޭވަރުގެ ސާފަރެއް ނެތެވެ.

"ކަޅެގަލެކޮޑާ 2022" އިވެންޓްގައި ސްމައިލީ ވާދަކުރަނީ.-- ފޮޓޯ: ސްމައިލީ/ފޭސްބުކް

ސްމައިލީ އަށް އެންމެ ވާދަވެރި، އަދި ޕްރެޝަރެއް ކުރިމަތިވި މެޗަކީ މެޗަކީ ފައިނަލް މެޗެވެ. ފައިނަލް މެޗުގައި ގައްދޫއަށް ނިސްބަތްވާ އެކުވެރި ނަޖާހު މުހައްމަދު (ކަނބޯ) އާ ވާދަކޮށް ސްމައިލީއަށް ކުރި ލިބުނީ 0.79 ގެ ތަފާތުންނެވެ.

ފައިނަލް މެޗާއި ހަމައަށް އައުމަށް ސްމައިލީ ވަނީ މުބާރާތުގައި ވަރުގަދަ ނަންތަކެއް ފަހަތަށް ޖައްސާލައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައި ރޭންކިންގެ އެއް ވަނައިގައި ކުރިން އޮތް ހޫދު އަހުމަދު (ހޯޖާ) އާއި މުހައްމަދު ފަޔާޒް ގެ އިތުރުން މަސްހޫދު މުހައްމަދު ފާހަގަކޮށްލެވެ އެވެ.

ސްމައިލީގެ މި ކާމިޔާބީއަކީ އޭނާ ގަބޫލުކުރާ ގޮތުގައި ކެރިއަރުގައި ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ. ސަބަބަކީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ކުއާޓާ ފައިނަލުން ބަލިވުމާ އެކު ލިބުނު މާޔޫސްކަމުން އަރައިގަނެ އަނެއްކާ ވެސް ރާއްޖޭގެ ޗެމްޕިއަނެއްގެ ދަރަޖައަށް ކުރަން ޖެހުނު މަސައްކަތެވެ.

މީގެ އިތުރުން އަމިއްލަ ރަށުގައި އާއިލާގެ އެންމެންގެ ކުރިމަތީގައި ތަށި ދިފާއުކުރަން ބޭނުންވެފައި ހުރުމަކީ ވެސް އޭނާ ގަބޫލުކުރާ ގޮތުގައި މި މުބާރާތް ކާމިޔާބުކުރަން ލިބުނު އިތުރު ހިތްވަރެކެވެ.

"އަސްލު ފެމިލީ ކުރިމަތީގައި މި ކާމިޔާބީ ހޯދުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުން. އާއިލާގެ އެންމެންވެސް ތިބީ ސަޕޯޓުކުރަން. މަންމައާއި ބައްޕައާއި އެންމެން. އެހެންވެ މި ކާމިޔާބީ ވަރަށް ހާއްސައޭ ބުނެވޭނީ،" ސްމައިލީ ބުންޏެވެ.

ސްމައިލީގެ އުއްމީދަކީ ގައުމީ ސާފް ލީގުގައި ކުރިއަށް ތިން މުބާރާތް ކާމިޔާބުކޮށް ގައުމީ ރޭންކިންގެ އެއް ވަނަ ދެމެހެއްޓުމެވެ.

ސްމައިލީ މަންމަ އާއި އަންހެނުންނާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ޕެރިހުގައި 2024 ގައި ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ރާއްޖޭގެ ފަސް އެތުލީޓުންގެ ތެރޭ ސްމައިލީ ހިމެނެ އެވެ. ސްމައިލީ އަށް މި ސްކޮލާޝިޕް ލިބުމަށް އެންމެ ބޮޑަށް މަގުފަހިވި އެއް ސަބަބަކީ 2019 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް އެ މުބާރާތުގެ ޝޯޓް ބޯޑް ކެޓަގަރީގެ ފައިނަލް ހީޓުން ޖާގަ ހޯދުމެވެ.

ގައްދޫގައި ކުރިއަށްދިޔަ ގައުމީ ސާފް ލީގުގެ "ކަޅެގަލެކޮޑާ 2022"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފިރިހެން އޯޕަން ޑިވިޝަނުގައި 37 ސާފަރުން، ޖޫނިއާ ޑިވިޝަނުގައި 18 ސާފަރުން އަދި އަންހެން ޑިވިޝަން ތިން ސާފަރުން ވާދަކުރި އެވެ.

މުބާރާތުގެ ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޝަރޫފް ޝާއިރު އެވެ. ދެވަނައަށް ދިޔައީ މުހައްމަދު ޒަޔާން އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގައުމީ ޗެމްޕިއަން އާޔާ ނަސީމް އެވެ. ދެވަނަ ހޯދީ ރިޝްތާ ސުޖާއު އެވެ.

އެމްއެސްއޭގެ ގައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވާން ވަނީ ނިންމާފައިވާއިރު ދެ ވަނަ މުބާރާތް އޮންނާނީ މެއި މަހުގެ 10-18 އަށް މ.މުލީގަ އެވެ. އޭގެ ފަހުން ކޮނޮޅަސް މުބާރާތް ޖުލައި މަހުގެ 5-9 އަށް ބާއްވާއިރު، ހިންމަފުށި މުބާރާތް އޮންނާނީ އޮކްޓޯބަރު 4-8 އަށެވެ. އަދި ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭގައި އޮންނާނީ ނޮވެމްބަރު މަހުގެ 18-25 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox