ޔޫކްރެއިންގެ ވެރިރަށުގައި ތާށިވި ދިވެހި އާއިލާ ސަލާމަތުން ހަންގޭރީއަށް ފޯރައިފި

ޔޫކްރެއިންގެ ރަށެއްގައި ޗެކްޕޮއިންޓެއް.

ޔޫކްރެއިންގެ ރަށެއްގައި ޗެކްޕޮއިންޓެއް.

ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިންގެ ވެރިރަށް ކީވްގައި ތާށިވި ދިވެހި އާއިލާއެއް ސަލާމަތުން ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެއްޖެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކީވްގައި ދިރިއުޅެމުންދިޔަ ދިވެހި އާއިލާ މިހާރު ތިބީ ހަންގޭރީގައި ކަމަށެވެ. އެމީހުން ހަންގޭރީއަށް ދަތުރުކޮށްފައިވަނީ އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

ހަންގޭރީއަށް ފޯރުމާއެކު ފޮރިން މިނިސްޓްރީން އެމީހުން އެދޭނަމަ އެނބުރި ރާއްޖެ އައުމަށް އެހީތެރިވެދޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ކީވްގައި ތާށިވި ދިވެހި އާއިލާއަކީ ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ އާއިލާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތުއްތު ދެ ކުދިންނާއި ޔޫކްރެއިންއަށް ނިސްބަތްވާ އަންހެނަކާއި ދިވެހި ފިރިހެނެކެވެ. އެމީހުން ހަންގޭރީއަށް އެތެރެވެފައިވުމާއެކު ވަރަށް އަވަހަށް އެމީހުން ރާއްޖެ ގެނެވިދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއަދު ވެސް ސަރުކާރުގެ އެހީތެރިކަމާއެކު ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ އިވަނޯވް-ފްރޭންކްވިސްކްގައި ތާށިވި ދިވެހި 15 މީހަކު ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ.

އެމީހުން މިހާރު ރައްކާތެރިކަމާއެކު ޔޫކްރެއިނުން ބޭރުވުމާއެކު މިހާރު ޔޫކްރެއިންގައި ބާކީ ތިބީ ނުވަ ދިވެހިންނެވެ. އެއީ ހަނގުރާމަ އެންމެ ވަރުގަދަޔަށް ހިނގާ ހާރްކީވްގައި ތާށިވެފައިތިބި އަށް ދިވެހިންނާއި ޑްނީޕްރޯގައި ހުރި އެއް ދިވެއްސެކެވެ.

އެމީހުން ޔޫކްރެއިނުން ނެރުމަށް މަސައްކަތް ކުރި ނަމަވެސް އެމީހުން ހަންގޭރީއަށް ދިޔުމަށް ކުރަން ޖެހޭ ދަތުރަކީ ދިގު އަދި ނުރައްކާތެރި ދަތުރެއްކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ރާއްޖެ ސަރުކާރުން ދަނީ އެމީހުންނަށް މާލީ އެހީތެރިކަމާއި ސައިކޯސޯޝަލް ސަޕޯޓު މިހާރު ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox